News
ޚަބަރު
ޚަލީލު އިސްތިއުފާ ދެއްވީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުން.
ދިވެހިރާއްޖޭގެ ރިސޯޓް ޗެއިންއެއް ކަމުގައިވާ ޕަލްސް ހޮޓެލްސް އާއި މަންތާ އެއަރގެ ހިއްސާދާރެއްގެ ގޮތުއިވެސް ހިމެނިވަޑައިގަންނަވާ ޚަލީލް އިސްތިއުފައި ދެއްވާފައިވަނީ ބޭފުފައިސާ އާއިބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙް ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ މަދު ވަގުތު ކޮޅެއް ތެރޭގައެވެ.
Thayyib Aug 27, 2026 0 0
ގެދޮރުވެރިކަން ނެތުމަކީ ކުޅުދުއްފުށީ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ: މޭޔަރު އާތިފް
އާތިފް ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ ސަރުކާރުން އިމާރާތްކުރަން ފެށި 400 ހައުސިން ޔުނިޓުގެ މަސައްކަތް ސަރުކާރު ބަދަލުވުމާ އެކު ވަނީ ހުއްޓިފައެވެ. އަދި 1 ސެޕްޓެމްބަރު 2023 ގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުޅުދުއްފުށީގައި އެޅުމަށް ސޮއިކުރި 1000 ހައުސިން ޔުނިޓުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ވެސް އެނގެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Shahamath Haneef Aug 27, 2026 0 0
ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު އެންމެ އުސް ފެންތާނގީ އަންނަ އަހަރު ބޭނުން ކުރެވޭނެ - ފަހުމީ
ދިވެހިރާއްޖެގައި މިހާތަނަށް ޤާއިމް ކުރާ އެންމެ ބޮޑު އަދި އެންމެ އުސް ފެންތާނގީ 2026 ވަނަ އަހަރު ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަސްތެރޭ ބޭނުން ކުރެވެން ފެށޭނެ ކަމަށް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ (އެމް.ޑަބްލިޔޫ.އެސް.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
Nathasha Aug 26, 2026 0 0
އާއްމުކޮށް ބޭނުން ކުރާ ފޯނާއި ކޮންޕިއުޓަރު އެޕްލިކޭޝަންތައް ސަބްސްކްރިޕްޝަން ދައްކަންވެސް ޑޮލަރެއް ނުލިބޭ
އާއްމުކޮށް ބޭނުން ކުރާ ފޯން ކޮންޕިއުޓަރ އެޕްލިކޭޝަންތައް ސަބްސްކްރިޕްޝަން ދައްކަންވެސް ޑޮލަރެއް ނުލިބޭ ކަމުގެ ޝަކުވާތައް އިތުރުވާން ފަށައިފިއެވެ. މިގޮތުން އިންޓަނެޓްން ބޭނުން ކުރާ ބައެއް ވެބްސައިޓް ތަކާއި ބައެއް އެޕްލިކޭޝަން ތަކަކީ ފައިސާ ދައްކާއިގެން ބޭނުން ކުރާ ވަޞީލަތް ތަކެއް ކަމުން މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް ދައްކަންޖޭ ފައިސާ ދެއްކުމަށް ޑޮލަރު ނުލިބުމުގެ ޝަކުވާތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
Thayyib Aug 25, 2026 0 0
ބައްދަލު ވުމަށް ހަފްތާއެއް ނުވަނީސް ނިންމުން ބަދަލު ކުރުމަކީ ކަންބޮޑު ވާކަމެއް – މަޓީ
އެ ޖަމުއިއްޔާއިން ފާހަގަ ކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމުގައިވެސް %20 ން %40 އަށް މާރުކުރަން ޖެހޭ ގޮތް ބަދަލު ކުރަން މަޝްވަރާއެއް ހޯދާފައި ނުވާކަމަށެވެ. އަދި އެ ޖަމުއިއްޔާގެ ސްޓޭންޑަކީ މަރުކަޒީ ބޭންކަށް މާރު ކުރަންޖެހޭ މިންވަރު އާމްދަނީގެ %10 އަށްވުރެ ބޮޑު ނުވާނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ.
Thayyib Aug 25, 2026 0 0
ލިބޭ އަމްދަނީގެ %40 މާރު ކުރުމަކީ ބޮޑު ބުރައެއް - މަޓީ
މިކަމާއި ގުޅިގެން މަޓީގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަރުކަޒީން ބޭންކް ހުށަހަޅާ އިސްލާޙްގައިވާ %40 އަކީ ފަތުރުވެރި ކަމުގެ ސިނާޢަތުގައި ރާއްޖޭގައި އޮޕަރޭޓް ކުރާ ރިސޯޓްތަކަށް އުލޭނެވަރުގެ ބުރައެއް ނޫން ކަމަށާއި މިހާރުވެސް ރިސޯޓްތަކުން ހިންގާ މައިގަނޑު ހުރިހާ މުޢާމަލާތެއް ކުރަމުންދަނީ ޑޮލަރުން ކަމަށް ވާތީއެވެ.
Thayyib Aug 25, 2026 2 0
އުރީދޫ މަސްރޭސް މިފަހަރު ކުރިއަށް ދާނީ މާފުށީފައި
މި މަސްރޭހުގައި އެއްވަނަ އަންނަ ޓީމަށް 25 ހާސް ރުފިޔާ އިނާމު ކަނޑައަޅާފައި ވާއިރު ދެވަނަ އަށް އަންނަ ޓީމަށް 10 ހާސް ރުފިޔާ އަދި 3 ވަނަ އަށް އަންނަ ޓީމަށް 5 ހާސް ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
Thayyib Aug 25, 2026 1 0
މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެ އައި ފަތުރުވެރިންގެ %3.8 މަދު ވެއްޖެ.
މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެ އައި ފަތުރުވެރިންގެ %3.8 މަދު ވެއްޖެކަމަށް ފަތުރުވެރި ކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރު މިހާތަނަށް ދިވެހިރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ 1،405،082 ފަތުރުވެރިން ނެވެ.
Thayyib Aug 24, 2026 2 0
މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި 4 މީހަކަށް އަނިޔާ ވެއްޖެ.
ރޭ ފަތިހުގެ ވަގުތުގައި މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި ހަތަރު މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
Nathasha Aug 24, 2026 1 0
ސިޓީކައުންސިލް އަށް އިނގިރޭސި ލިޔުންތައް ލިޔުމަށް ހަވާލު ކުރި މައްސަލަ އޭސީސީން އަށް ހުށަހެޅުމަށް ފާސްކޮށްފި.
މާލޭ ސިޓީކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވީ މާލޭ ސިޓީގެ މޭޔަރަކަށް ރައީސް ޑރ. މުއްއިއްޒު ހުންނެވި ދުވަސްވަރު "ކިންގްސް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލުން ލިޔަންޖެހޭ ލިޔުންތަށް ލިޔުމުގެ މަސައްކަތަށް 561000 ރުފިޔާ އަށް ހަވާލުކޮށްފައިވާ މަސައްކަތެއްގެ މައްސަލަ ކަމަށެވެ.
Nathasha Aug 23, 2026 1 0
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުށަހެޅި ފޯމްތައް ވެރިފައި ކުރަން ފަށައިފި.
ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ޞައްޙަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްޞީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް އެޕްލިކަންޓަށް ދޭނެއެވެ.
Nathasha Aug 22, 2026 1 0
ދިވެހިރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުން އަންނަ މަހު - ވަޒީރު ޝަހީމް
ވަޒީރު ފާހަގަ ކުރެއްވިގޮތުގައި އެ މިސްކިތް ވެގެންދާނީ ދިވެހިރާއްޖޭގައި 900 އަހަރުވީ އިސްލާމީ ތާރީޚާއި ޢިމާން ތެރިކަމާއި ޢިލްމާއި ޚިދުމަތް އަންނަން އޮތް ޖީލުތަކަށް ވާޞިލްކޮށްދޭ ރަތިކައަކަށް ކަމަށެވެ.
Thayyib Aug 22, 2026 0 0