Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ރަސްމާލެ މާސްޓަ ޕްލޭން: ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި

ރަސްމާލެ މާސްޓަ ޕްލޭން: ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި
Photo: The President's Office
ތަފްޞީލް

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދާއިމީ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ "ރަސްމާލެ" މަޝްރޫއުގެ މާސްޓަ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ފަށައިފިއެވެ.


މި މަޝްރޫއުގެ މާސްޓަ ޕްލޭން އެކުލަވާލުމަށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށه‌ހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 2026 ނޮވެމްބަރު 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އިއުލާނުގައިވާ އީމެއިލް މެދުވެރިކޮށް އެކަން ހުށަހަޅަންޖެހެއެވެ. އަދި މި ބީލަމާ ގުޅިގެން ވަކިން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.


މި މަސައްކަތަށް ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޑިސެމްބަރު 2 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ މުހިންމު ތަސައްވުރު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދުރުރާސްތާ އަމާޒަކީ ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި 200,000 ބޯހިޔާވަހިކަމުގެ ފުރުސަތު އެ ބިމުން ތަނަވަސްކޮށްދިނުމެވެ. މިގޮތުން 1000 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ މި ރަށަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެގެންދާނެއެވެ. މިހާރުވެސް މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.


މި ރަށަކީ މޫސުމީ ބަދަލުތަކުގެ ހިރާސްތަކަށް އަހުލުވެރި، ތިމާވެއްޓާ ރައްޓެހި "އީކޯ ސިޓީ" އަކަށް ފަރުމާކުރެވޭ ރަށެކެވެ. އެގޮތުން ރަށަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިންވެސް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.


މީގެއިތުރުން، ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ސަރަހައްދެއް އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޔޫއޭއީގެ އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "އީގަލް ހިލްސް" އާއެކު ކޮމާޝަލް ޓާމް ޝީޓުގައި މިހާރު ވަނީ ސޮއිකޮށްފައެވެ. އަދި މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބޭނުންވާ ގާނޫނީ ބާރުވެރިކަމާއި އޮނިގަނޑު ފޯރުކޮށްދިނުމުގެ ގޮތުން ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލެއް ވެސް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all