News Featured

ވިލިމާލޭގެ ޑްރަގް އޮޕަރޭޝަނެއްގައި ފިލްމީ ދާއިރާގެ 3 މީހަކު ހައްޔަރުކޮށްފި

Advertisement
ވިލިމާލޭގެ ޑްރަގް އޮޕަރޭޝަނެއްގައި ފިލްމީ ދާއިރާގެ 3 މީހަކު ހައްޔަރުކޮށްފި
ތަފްޞީލް

ވިލިމާލޭގައި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ވިލިމާލެ ޕޮލިސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތިން ފަންނާނުން ހިމެނޭހެން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

 

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ވިލިމާލޭގެ ގޭގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. އެގޭގެ ކޮޓަރިއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވެއެވެ.


މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ސޮބާހް އާއި އީސާ އަދި ހަސަން އާދަމް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މައްސަލައިގައި ހިމެނޭ އަންހެން މީހާގެ ބަންދަށް 5 ދުވަސް ކޯޓުން ވަނީ ދީފައެވެ.

 

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް