Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ރަސްމާލެ ފަރަށް އެރި "ކީސާ" ދޯނީގެ ފަޅުވެރިން އެމްއެންޑީއެފުން ސަލާމަތްކޮށްފި

ރަސްމާލެ ފަރަށް އެރި "ކީސާ" ދޯނީގެ ފަޅުވެރިން އެމްއެންޑީއެފުން ސަލާމަތްކޮށްފި
Photo: MNDF
ތަފްޞީލް

ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރި "ކީސާ" ނަމަކަށް ކިޔާ ދޯންޏެއް ރަސްމާލޭގެ އިރުމަތީ ފަރާތު ފަރަށް އެރުމާ ގުޅިގެން، އޭގައި ތިބި ފަޅުވެރިން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.


މި ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 11:51 (23:51) ހާއިރު އެމްއެންޑީއެފަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޓީމެއް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

Photo: MNDF


އެމްއެންޑީއެފްގެ ޑައިވަރުން ރޭ ދަންވަރު 2:37 ހާއިރު ދޯނި އޮތް ސަރަހައްދަށް ގޮސް، އޭގައި ތިބި 4 ފަޅުވެރިން (ދިވެއްސަކާއި 3 ބިދޭސީން) ވަނީ ސަލާމަތްކޮށް ކޯސްޓްގާޑް ހާބަރކްރާފްޓަށް ނަގާފައެވެ. މި ހާދިސާގައި ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާވެފައިވާތީ، އިތުރު ފަރުވާއަށް އޭނާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.


ދޯނީގެ ވެރިފަރާތުން ފޮނުވި "އޯސަން ރައިޑް" ނަމަކަށް ކިޔާ ދޯންޏެއް ރޭ ދަންވަރު 3:37 ހާއިރު އެ ސަރަހައްދަށް ދިއުމުން، ކޯސްޓްގާޑުން ސަލާމަތްކުރި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.

Photo: MNDF


މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all