ސީޕްލޭން ޓާމިނަލް ކައިރިއަށް ޓީއެމްއޭގެ ސީޕްލޭނެއް ވެއްޓިއްޖެ — ހާދިސާ ހިނގި ސަބަބު ތަހުގީގުކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ކައިރިން ނައްޓާލަން އުޅުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ކަނޑަށް ވެއްޓި ހާދިސާއެއް ހިނގައިފިއެވެ.
🚨#Breaking: Park kohfai oi Seaplane eh adiyah dhanee! Ithuru mauloomaathu: https://t.co/HLQSYWTaYC https://t.co/iDIurdbRDv
— #MvCrisis (@MvCrisis) November 11, 2026
މިއަދު ހިނގި މި ހާދިސާގައި ބޯޓު ނައްޓާލަން އުޅުނު ވަގުތު އޭގައި ފަތުރުވެރިން ހިމެނޭހެން ފަސިންޖަރުން ތިބި ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ. މީޑިއާތަކާއި ސޯޝަލް މީޑިއާ ގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓު ކަނޑަށް އަޑިއަށް ގޮސްފައިވާއިރު އޭގެ އެއް ފްލޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ހާދިސާ ހިނގި ސަރަހައްދަށް އެމާޖެންސީ އޮފިޝަލުން ގޮސް ފަސިންޖަރުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް އަދި ކަށަވަރެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ސާފެއް ނުވެއެވެ. މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައެވެ.
BREAKING: A TMA seaplane has crashed into the sea near the seaplane terminal. Eyewitnesses report that one of its floats broke during takeoff, forcing the plane into the water. Guests were on board. https://t.co/p6zsHtYTLn
— Adhadhu (@AdhadhuMV) November 11, 2026
