އެންމެ 1 ރުފިޔާއަށް ބޯބާ ލިބޭ ދިރާގުޕޭގެ ޚާއްޞަ ޕްރޮމޯޝަނެއް އިއުލާނުކޮށްފި.
މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ކުރިއަށްދާ މި އޮފާގެ ދަށުން ބޯބާ ލިބޭނީ ޗާންދަނީމަގުގައި ހުންނަ ވިކްޓޯރިއަސް ކެފޭ-އިންޑިގޯ އަދި ވިކްޓޯރިއަސް އެވެނިއު އިންނެވެ. މިއީ ހަމައެކަނި ޓޭކް-އަވޭ ޚިދުމަތަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މުޅިއެކު 1,000 ކަސްޓަމަރުންނަށް މި ފުރުޞަތު ހުޅުވާލެވިފައިވާއިރު، ފުރަތަމަ އަންނަ 1,000 މީހުން ހަމަވުމުން ޕްރޮމޯޝަން ނިމޭނެއެވެ.
މި ޕްރޮމޯޝަނުގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންގެ އިތުރުން އަލަށް އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވާ އާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެއެވެ.
ދިރާގުން ހާމަކުރި ގޮތުގައި، މީގެ ކުރިންވެސް ބާއްވާފައިވާ މިފަދަ އޮފާތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މިއީ ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންގެ އަގުވަޒަންކުރުމާއެކު، ރާއްޖޭގައި ޑިޖިޓަލް މާލީ މުޢާމަލާތްތަކަށް އާންމުން އަހުލުވެރިކުރުވައި، ލުއިފަސޭހަ ފިންޓެކް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި މިއީ ރާއްޖޭގެ އެކި ވިޔަފާރިތަކާއި މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނަށް ފައިދާހުރި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ދިރާގުން ބުނެއެވެ.
