News Featured

އުޑުމަތިން ވެއްޓުނު މަހެއް ޖެހި ޓެސްލާ ކާރެއްގެ ބިއްލޫރިގަނޑު ތެޅިއްޖެ

Advertisement
އުޑުމަތިން ވެއްޓުނު މަހެއް ޖެހި ޓެސްލާ ކާރެއްގެ ބިއްލޫރިގަނޑު ތެޅިއްޖެ
ތަފްޞީލް

އެމެރިކާގެ ނިއު ޖާސީގައި ގޭގެ ގޯތިތެރޭގައި ޕާކުކޮށްފައި އޮތް އިލެކްޓްރިކް "ޓެސްލާ" ކާރެއްގެ ބިއްލޫރިގަނޑަށް އުޑުމަތިން މަހެއް ވެއްޓި، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ހާދިސާއެއް ހިނގައިފިއެވެ.

 

މި ހާދިސާ ހިނގާފައިވަނީ ނިއު ޖާސީގެ އެޓްލާންޓިކް ހައިލޭންޑްސްގައި ދިރިއުޅޭ ޖެފް އަދި ސިންތިއާ ލެވީންގެ ގޭގެ ގޯތިތެރޭގައެވެ. ގޭގައި ތިއްބާ ކާރުގެ އެލާމް އަޑުއިވުމުން ނުކުމެ ބެލިއިރު، ކާރުގެ ކުރީގެ ބިއްލޫރިގަނޑު އޮތީ މުޅިން ތެޅި، ކުދިކުދިވެފައެވެ. އަދި ބިއްލޫރިގަނޑުމަތީގައި މަހުގެ ކަށިތަކާއި ލޭ ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

 

ކާރުގެ ކެމެރާ ފޫޓޭޖްތައް ބެލުމުން، އުޑުމަތިން މަހެއް ވެއްޓި ސީދާ ކާރުގެ ބިއްލޫރިގަނޑުގައި ޖެހޭ ތަން ވަނީ ރެކޯޑުވެފައެވެ. ގެއާ ކައިރީގައި ކަނޑުގެ އައްސޭރިފަށެއް އޮންނާތީއާއި، އެ ސަރަހައްދުގައި ބާޒު (Eagle) އުޅޭތީ، މާހިރުންނާއި ކާރުގެ ވެރިފަރާތުން ގަބޫލުކުރާ ގޮތުގައި މިއީ ބާޒެއް ހިފައިގެން އުދުނު މަހެއް އޭގެ އަނގަޔަށް ނުކަތައިގެން ދޫވެގެން ވެއްޓުނު މަހެކެވެ.

 

މި ހާދިސާއަށްފަހު، ކާރުގެ އިކްއިޕްމަންޓް އިންޝުއަރެންސް ކުންފުންޏަށް ގުޅައި "އުޑުމަތިން ވެއްޓުނު މަހަކުން ގެއްލުންވީ" ކަމަށް ބުނެ ރިޕޯޓުކުރަން ޖެހުމުން، އެއީ އިންޝުއަރެންސް ކުންފުންޏަށްވެސް ކުރިމަތިވި އެންމެ އާދަޔާޚިލާފު އެއް މައްސަލައަށް ވަނީ ވެފައެވެ. ކާރުގެ ވެރިފަރާތުން ވަނީ ސަމާސާ މޭރުމަކުން، ދެން އިތުރު ބާޒަކުން މަހެއް ނުވައްޓާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles