News
ޚަބަރު
ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޓެކްސް ނަގަންފަށައިފި
ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 8 ވަނަ ބަދަލު
Thayyib Aug 31, 2026 1 0
މަޖިލީހުން ފާސްކޮށްފައިވާ ގިނަ ބަދަލުތަކެއް ޤާނޫނަކަށް ބަދަލުކޮށްފި
ރައްޔިތުންގެ މަޖިލީހަށް ސަރުކާރާއި ސަރުކާރު ބޭނުންވެގެން ޤާނޫނު ތަކަށް ހުށަހެޅި ބަދަލުތަކެއް ސަރުކާރު ހިންގާ ޕީއެންސީގެ ސްޕަރމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، އެ ބަދަލުތައް 2026 އޮގަސްޓް 31 (މިއަދު) ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރައްވައިފިއެވެ.
Thayyib Aug 31, 2026 1 0
ކުއްލި ޚަބަރު: ހުޅުމާލެ އަމާން އުދަރެސް އިމާރާތަކުން 16 އަހަރުގެ އަންހެން ކުއްޖެ ވެއްޓިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން.
ކުއްލި ޚަބަރު: ހުޅުމާލެ އަމާން އުދަރެސް އިމާރާތަކުން 16 އަަހރުގެ އަންހެން ކުއްޖެ ވެއްޓިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން.
Nathasha Aug 31, 2026 0 0
"ގައްޑާ ބީޗް" 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަނީ
މާބައިދޫ ކައުންސިލުން އިޢުލާން ކޮށްފައިވާ ގޮތުގައި މި ބީޗަކީ އަމިއްލަ ތަކެތީގައި ތަރައްޤީކޮށް އާއްމުންނަށް ޚިދުމަތް ދެވޭނެ ތަނެއް ކަމަށެވެ. އަދި މިތަން ތަރައްޤީ ކުރާ ފަރާތުން މިތަނަށް ބޭނުންވާ ޚިދުމަތްތަކުގެ ތެރޭގައި ކަރަންޓާއި ފެން އަދި ފާޚާނާ ނިޒާމު ޤާއިމް ކުރަންވާނީ އަމިއްލަ ތަކެތީގައި ކަމަށެވެ.
Nathasha Aug 31, 2026 0 0
އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މަޝްވަރާކޮށްފި.
މިގޮތުން ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމުގައި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި މައިގަނޑު 3 ދާއިރާއަކުން މަސައްކަތް ކުރުމަށް މަޝްވާކުރެވުނެވެ. އެގޮތުން އިންޖިނިއަރިންގ ނުވަތަ ޑިވެލޮޕްމަންޓް ޑިޒައިން، އެންފޯސްމަންޓް ނުވަތަ ތަންފީޒު ކުރުން އަދި މައުލުމާތާއި ހޭލުންތެރިކަން ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެން ދިޔަކަމަށް ފުލުހުން މައުލުމާތު ދެއްވިއެވެ.
Nathasha Aug 31, 2026 0 0
ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
އެޗްއާރުސީއެމް ހާމަކޮށްފައިވާ ގޮތުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރުމަށްޓަކައި "ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމް"ގެ ނަމުގައި ހައްދުންމަތީ ގަމުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހައްދުންމަތީގެ ރަށްތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި އަމިއްލަ ހައިސިއްޔަތުން އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް ޑިފެންޑަރުންނާއި އަދި، އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ހުޅުވާލައިފަ
Nathasha Aug 30, 2026 1 0
ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް – ފުލުހުން
ރޭ ހުޅުމާލޭގެ 2 ވަނަ ފިޔަވހީގެ ވިނަރެސް 7 ވަނަ ފްލެޓް ކައިރީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 9 އަހަރުގެ އަންހެންކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.
Nathasha Aug 30, 2026 1 0
ކޮލަމާފުށީ ފެނަކަ ބްރާންޗްއިން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަކިކޮށްފި
މި މައްސަލައާ ގުޅިގެން އެ ރަށުގެ ރައްޔިތުން ބުނަމުންދަނީ މިއީ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި، އެތައް އަހަރެއް ވަންދެން ފެނަކައިގައި ޚިދުމަތް ކުރި މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ދިން ބޮޑު ނިކަމެތި ކަމެއްގެ ގޮތުގައެވެ. ކުންފުނިތަކުގެ އާދައިގެ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް އެމީހުންގެ އާއިލާތައް ބިކަކުރުމަށްފަހު، ސިޔާސީ ބޮޑެތި މަގާމުތަކަށް މީހުން އައްޔަނުކުރަމުން ދިޔުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށްވެސް ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
Shahamath Haneef Aug 29, 2026 0 0
ދަތުރުކުރަމުންދިޔަ އިންޑިގޯގެ ފްލައިޓެއްގެ ތެރެ ޕާޓީއަކަށް ބަދަލުކޮށްލި މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލް ވެއްޖެ
Shahamath Haneef Aug 29, 2026 0 0
ނޭޕާލަށް އެހީގެ ގޮތުގައި ސްރީލަންކާއިން 1 މިލިއަން ޑޮލަރު ދޭން ނިންމައިފި
ސްރީލަންކާގެ ޚާރިޖީ ވުޒާރާއިން ބުނީ، ނޭޕާލުގައި މިހާރު ކުރިއަށްދާ އިންސާނީ އެހީތެރިކަމާއި ރިލީފް މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން މި މާލީ އެހީ ފޯރުކޮށްދިނުމަށް ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަ ސަރުކާރަށް އަންގަވާފައިވާ ކަމަށެވެ. މި ކާރިސާގެ ސަބަބުން ގެއްލުނު ފުރާނަތަކާއި ރައްޔިތުންނަށް ލިބުނު ހިތާމަތަކާ ގުޅިގެން ރައީސް ދިސާނާޔަކަ ވަނީ ހިތާމަ ފާޅުކުރައްވައި، ސްރީލަންކާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޚާއްޞަކޮށް އާއިލާގެ މެންބަރުން ވަކިވެދިޔަ ފަރާތްތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
Shahamath Haneef Aug 29, 2026 0 0
ގައްދޫ ކައުންސިލުން ދޭ ހިދުމަތްތަކުގެ މައުލޫމާތު ދިނުމަށް ގއ. އަތޮޅުގެ ތިން ރަށަކަށް ކުރި ދަތުރު ނިންމާލައިފި
މި ދަތުރުގައި ގައްދޫ ކައުންސިލުން ޒިޔާރަތްކޮށްފައިވަނީ ގއ. ކޮނޑޭ، ގއ. ގެމަނަފުށި އަދި ގއ. ކަނޑުހުޅުދޫ އަށެވެ.
Shahamath Haneef Aug 27, 2026 0 0
މާލޭގެ ގެއްއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއްގައި މީހަކު ނިޔާވެއްޖެ.
ދެ މީހުންގެ ތެރެއިން 51 އަހަރުގެ ޒާހިދާ ތައުފީޤް (ދަފްތަރު ނަންބަރު ރސ. 6210/ މާލެ،) ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލުމާތު ދެއްވިއެވެ
Thayyib Aug 27, 2026 0 0