News
ޚަބަރު
ލައިސަންސް ދޫކުރުމުގައި ނުރަނގަޅު އެތައް ކަމެއް! ބޮޑެތި ތުހުމަތު ތަކެއް؟
ގައްދޫ ކައުންސިލް އިދާރާއިން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ 05 ވަނަ ދައުރުގެ ކައުންސިލަރުން މަސައްކަތަށް ނުކުތުމުގެ ފަހުން ވެސް ލައިސަންސްގެ ކަންކަމުގައި ގިނަ ޝަކުވާތަކެއް ލިބުނު ކަމަށާއި މިގޮތުން 6 ސެޕްޓެމްބަރ 2026 ވަނަ ދުވަހު ގައްދޫ ކައުންސިލްގެ ރައީސަށް ލިބުނު ވަރަށް އިތުބާރުހުރި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް، ބެލިބެލުމުން ލައިސަންސް ނެގިމީހާ މާލޭގައިހުރެ 30 އޮގަސްޓް 2026 ގައި ލައިސަންސަށް އެޕްލައިކޮށް 31 އޮގަސްޓް 2026 ގައި ގައްދޫ ކައުންސިލް އިދާރާއިން ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ.
Nathasha Sep 21, 2026 0 0
ފިއުލް ސަޕްލައި މޯލްޑިވްސްއަށް ތެޔޮބާޖެއް ވިއްކަން ބީލަމުގައި ރަޖިސްޓްރީ ވުމަށާއި ހުށަހެޅުމަށް 6 ދުވަސް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ޕްރައިވެޓް ލިމިޓެގެ ބޭނުމަށް ތެޔޮ އުފުލާ ބާޖެއް ގަތުމަށް ކުރެވުނު އިއުލާނަށް އެކަށީގެންވާ އަދަދަށް ބައިވެރިން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެފްއެސްއެމް އަށް ތެޔޮ އުފުލާ ބާޖު ވިއްކުމަށް ޝައުޤް ވެރިވާ ފަރާތްތަކުން އަލުން ބީލަށް ހުށަހެޅުމަށް އެކުންފުނިން ހުޅުވާލައިފިއެވެ.
Nathasha Sep 21, 2026 0 0
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ ޢާއިލާއާ ބައްދަލުކުރައްވައިފި
ކާށިދޫއަށް ކުރެއްވި ޒިޔާރަތުގައި ކޮމިޝަނަރ ވަނީ ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި ވަގުތު ހޭދަކުރައްވާފައެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
Nathasha Sep 21, 2026 0 0
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެމެރިކާގެ އެފްބީއައި ގައި 10 ހަފްތާގެ ޓްރެއިނިންގ ފުރިހަމަ ކުރައްވައިފި
އެމެރިކާގެ ވާޖީނިއާގެ ކުއަންޓިކޯގައި ހުންނަ އެފްބީއައި ޓްރެއިނިންގ އެކެޑަމީގައި 10 ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ސެޕްޓެމްބަރު 17 ގައެވެ. މި ސެޝަންގައި އެމެރިކާގެ 44 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ އިތުރުން، ދުނިޔޭގެ 28 ގައުމަކުން 29 އޮފިސަރުންނާއި، އަސްކަރިއްޔާގެ ފަސް އިދާރާއަކާއި ފެޑެރަލް ސިވިލިއަން ހަތަރު އިދާރާއެއް ހިމެނޭހެން ޖުމްލަ ގާނޫނު ތަންފީޒުކުރާ 265 އޮފިސަރުން ދަސްވެނިވިއެވެ. މި ރަސްމިއްޔާތުގައި އެފްބީއައިގެ ޑިރެކްޓަރ ކަޝްޔަޕް ޕީ. ޕަޓޭލް ވާހަކަފުޅު ދެއްކެވިއިރު، ދަސްވެނިވި އޮފިސަރުންގެ ފަރާތުން ކްލާސް ސްޕޯކްސްޕަރސަންގެ ގޮތުގައި ވާހަކަދެއްކެވީ ވޮޝިންގޓަން ޑީސީގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުގެ ޑާނެލް ރޮބިންސަންއެވެ.
Nathasha Sep 21, 2026 0 0
ރޭ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 3 މީހަކަށް ބޮޑެތި އަނިޔާތަކެއްވެ އެކަކު ހާލު ސީރިއަސް
އެކްސިޑެންޓްތްގައި އަނިޔާވި ދެ ފިރިހެންނުން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މިދެމީހުންގެ މޫނު މަތީގެ ކަށިތައްވެސް ބިނދި ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
Nathasha Sep 21, 2026 0 0
ތިނަދޫން ބިންތަކެއް ދޫކޮށްގެން ކައުންސިލްގެ ކުރީގެ ރައީސް އާދި 3 މެންބަރުންނަށް ދަޢުވާ ކޮށްދިނުމަށް އެދެން ނިންމައިފި
މި މައްސަލައިގައި އޭސީސީން ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީއަށް ފޮނުވާފައިވަނީ ފޮނުވުމަށް ނިންމާފައިވަނީ، ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސްގެ މަޤާމުގައި ހުރި ސަޢުދު ޢަލީ، ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމް، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ. މި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން އެދެނީ ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތު) 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.
Nathasha Sep 20, 2026 0 0
ވެލާނާ އެއާޕޯޓްގައި ބިރުވެރިކަން އުފެއްދި މިޞްރު މީހަކު ހައްޔަރުކޮށް ބަންދުކޮށްފި
މިހާދިސާ އާއިގުޅިގެން ފުލުހުން މިހާދިސާ އިތުރަށް ތަޙްޤީޤް ކުރުމަށް މި މީހާ ބަންދު ކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓްގައި ފުލުހުންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ މި ހާދިސާ ހިނގާފައިވަނީ ވެލާނާ އެއާޕޯޓްގެ ޑިޕާޗާ ސްކްރީން ސައްހައްދުގައި ކަމަށާއި އެވަގުތު އޭނާގެ އާއިއެކު ހުރިއޭނަގެ ދައްތަގެ ޗެކް ކުރަމުން ދިއައިރު އެ ދަބަހުގައި ބޮމެއް އޮތްކަމަށް އޭނާ ބުނެފައިވާ ކަމަށް އެއާޕޯޓް ސެކިއުރިޓީ އާއި ހަވާލާދީ ފާހަގަ ކުރިއެވެ.
Nathasha Sep 20, 2026 0 0
ރޭސް ސައިކަލު ކޮންޓްރޯލުން ނުވެގެން ހިނގި ހާދިސާގައި ޒުވާނަކު އައިސީޔޫގައި
ހައްދުންމަތީ ގަމުގައި ރާސް ޗެންޕިއަންޝިޕް ލާމު އެޑިޝަން ނަމުގައި ކުރިއަށް ގެންދިއަ ރޭސް ޖެހުމުގެ މުބާރާތުގައި ސައިކަލު ކޮންޓްރޯލުން ނުވެގެން މޫދަށް ވެއްޓި ދުއްވަން އިން ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
Nathasha Sep 20, 2026 1 0
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ 3 ވަނަ ބުރު ނިމިއްޖެ
މާފިލާފުށީ ޓްރެއިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ޢަޒުމް ލައިދެއްވީ ނޭޝަނަލް ސަރވިސް ޓްރެއިނިންގ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ. އަދި ރަސްމިއްޔާތުގެ ކޮމްޕެނީ ކޮމާންޑަރ ގޮތުގައި ހުންނެވީ ބްރާވޯ ކޮމްޕެނީ ކޮމާންޑަރ، ކެޕްޓަން އިބްރާހީމް ނަޒީޙެވެ. 14 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގައި 115 ރަށަކުން 352 ފަރާތަކުން ބައިވެރިވެ 62 އަންހެން ބައިވެރިންނާއި 279 ފިރިހެން ބައިވެރިން ވަނީ ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓް 3 ޙާޞިލް ކޮށްފައެވެ.
Thayyib Sep 20, 2026 0 0
މާތޮޑާ އަވަށު ކުރީގެ އޮފީސް ޢިމާރާތް ހުރި ބިން 25 އަހަރަށް ކުއްޔަށް ދެނީ
ފަރެސްމާތޮޑާ މާތޮޑާ އަވަށު ކުރީގެ އޮފީސް ޢިމާރާތް ހުރި ބިން 25 (ފަންސަވީސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފަރެސްމާތޮޑާ ކައުންސިލު އިދާރާއިން އިއުލާން ކޮށްފިއެވެ.
Nathasha Sep 20, 2026 0 0
މިސަރުކާރު ފެށުމާއެކު އަމީނީ މަގުގެ ބައެއްގައި އެޅިތާރު ނަގާ އަލުން މިއަދު ތާރު އަޅަން ފަށައިފި
އަމީނީ މަގުގައި މި ސަރުކާރު އައިފަހުން އެޅިތާރު ގަނޑު ހަލާކުވެ ދުއްވާ އެއްޗިސަށް އުނދަގޫ ތަކާއި ކުރިމަތިވަމުން ދާތީ އެތާ ނަގައި އަލުން މިއަދު ތާރު އަޅަން ފަށައިފިއެވެ.
Nathasha Sep 19, 2026 0 0
ގިނަ ފައިސާތަކެއް ހިފައިގެން ރާއްޖެއިން ފުރަން އުޅުނު 6 ބިދޭސީއެއް ހިފަހައްޓައިފި
މި މީހުންހިފަހައްޓާ ބަލާ ފާސްކުރުމުން މި މީހުންގެ އަތުން 18 ޤައުމެއްގެ ފައިސާ މި މީހުން އަތުން ފެނިފައިވާ ކަމަށާއި އޭގެތެރޭގައި 174161 އެމެރިކާ ޑޮލަރާއި 56760 ޔޫރޯ އާއި 1815 ސްޓާލިންގ ޕައުންޑް ހިމެނޭކަމަށް މައުލޫމާތު ދެއްވައެވެ.
Nathaha Sep 19, 2026 0 0