News
ޚަބަރު
ފުއްގިރި މައްސަލާގައި ޔާމީނު ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި
ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއް އަޑު އެހެން ކްރިމިނަލް ކޯޓްގައި ތާވަލް ކޮށްފިއެވެ.
Nathasha Sep 17, 2026 0 0
ދާންދޫ އިން ދިރިއުޅުމަށް 30 ގޯތި ދޫކުރަނީ
ދާންދޫ ކައުންސިލުން އާއްމު ކޮށްފައިވާ ގޮތުގައި އެރަށުން ދޫކުރަނީ 1600 އަކަފޫޓްގެ 30 ގޯއްޗެވެ. ދާންދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ފަހުގެ އުޞޫލުގައިވާގޮތުން ދާންދޫއިން ބިމެއް ނުވަތަ ބިމުގެ ބައެއް (600 އަކަފޫޓަށްވުރެ ބޮޑުނުވާ) ލިބިފައިނުވާ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހިރައްޔިތަކަށް އެދެވޭނެއެވެ.
Nathasha Sep 17, 2026 0 0
އެކްސިޑެންޓްވެ ފަރުވާ ދެމުންދިޔަ މުއްދަރިސް އަފީފު ނިޔާވެއްޖެ
ހުޅުމާލެ ފިޔަވަހި ދޭއްގައި މިދިޔަ އޮގަސްޓް މަހު 31 ވަނަ ދުވަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސްޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދިވެހި މުދައްރިސް (މުޙައްމަދު އަފީފް، މާޖެހިގެ، ޅ. ކުރެންދޫ) ޓްރީޓޮޕް ހޮސްޕިޓަކުގައި ވެންޓިލޭޓަރުގައިފަރުވާ ދެމުން ދަނިކޮށް 2026 ސެޕްޓެމްބަރު 15 ވަނަ ދުވަހު ނިޔާވެއްޖެއެވެ.
Nathasha Sep 16, 2026 1 0
މަނަދޫ ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެންގޮސް ވިއްކުމަށް ޝައުޤްވެރިވާ ފަރާތްތަތަކުން އެކަން ހުށަހެޅުމަށް އިއުލާން ކޮށްފި
މަނަދޫ ކައުންސިލުގެ ޢިޢުލާނުގައިވާ ގޮތުން ރަމަޟާންމަހަށް ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެންގޮސް ވިއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް 1448 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް މާލެ ސަރަޙައްދުގައި ޤާއިމުކުރާ މާރުކޭޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އަންގަވާފައިވާ ކަމަށެވެ.
Nathasha Sep 15, 2026 2 0
އޮންނަ އުޞޫލުގެ ބޭރުން ވިއަސް 100 މިލިއަން ޑޮލަރު ރާއްޖެއަށް ހަމަޖެއްސުމަށް ބޮޑުވަޒީރު އަންވަރު އަންގަވައިފި
ދިވެހިރާއްޖެއިން "އާދޭސް" ދެންނެވުމުން އޮންނަ އުޞޫލުން ބޭރުން ލޯނު ހަމަޖެއްސުމަށް ބޮޑުވަޒީރު އަންވަރު އިބްރާހިމް އަންގަވައިފާ ވާނެ ކަމަށެވެ. މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު މިހެން ވިދާޅުވީ މެލޭޝިއާ ސަރުކާރުގެ އިސްވެރިންނާއި ދިވެހިސަރުކާރުގެ އިސްވެރިން މިއަދު ދިވެހިރާއްޖޭގައި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
Nathasha Sep 15, 2026 1 0
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެންމެ ބޮޑު ކޮންގްރެސް މާދަމާ ފަށަނީ
ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ބާއްވާ އެންމެ ބޮޑު ކޮންގްރެސް މާދަމާ ފެށޭނެއެވެ. ސަރުކަރު ހިންގާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީގެ) ފުރަތަމަ ރަސްމީ ގޮންގްރެސް ބޭއްވުމަށް ތައްޔާރު ވަމުންދާއިރު މިއީ ދިވެހިރާއްޖޭގައި ސިޔަސީ ޕާޓީތައް އުފައްދާ ހިންގަން ފެށިފަހުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންގްރެސް ބޭއްވުމަށެވެ.
Nathasha Sep 14, 2026 1 0
މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި
ހާދިސާ ހިނގައިދިޔަ ގޮތުގެ ސައްހަ މަޢުލޫމާތު މިހާތަނަށްވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް ހާމަކޮށްދީފައެއް ނުވާ ކަމަށާއި މި ދެ އުޅަނދާބެހޭގޮތުން މީސްމީޑިއާގައި ފެތުރެމުންދާ މަޢުލޫމާތަށް ބަލާއިރު، އެއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީގޮތުން ޒިންމާވާންޖެހޭ އެތައްކަމެއްގައި އެޒިންމާ އަދާކުރެވިފައިނުވާތީ ހިނގާފައިވާކަމެއްކަމަށް ރިޕޯޓްކޮށްފައިވާތީ މިއީ މާލެ ސިޓީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއްކަމުގައި ނޫސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
Nathasha Sep 14, 2026 3 0
ދާލު އެއަރޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަނީ
ދާލު އެއަރޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ބޭއްވުމަށް އައިލެންޑެ އޭވިއޭޝަން ސަރިސް (އައިއޭއެސް) އިން ތައްޔާރު ވެއްޖެއެވެ.
Nathasha Sep 14, 2026 2 0
އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތަކަށް އިސްލާމިކް ބޭންކިންގ އުސޫލު ފޯރުކޮށްދޭނަން – ބީއެމްއެލް
އާންމު ފަރުދުން ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ޝަރުޢީ ހަމަތަކާ އެއްގޮތް ޚިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ. އަދި މީގެ އިތުރުން މިއަދުން ފެށިގެން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ބޭންކަށް އެދި ހުށަހަޅާ ޕާސަނަލް ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީވެސް އިސްލާމިކް ބޭންކިންގ އުސޫލުން ކަމަށް ވަނީ ހާމަކޮށްފިއެވެ.
Thayyib Sep 13, 2026 0 0
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
އިސްލާމީ އައު ޤަރުނަކާ ބައްދަލުވާހިނދު ދީނާ ޤައުމިއްޔަތު ދިރުވައި ނަގަހައްޓަން ޒުވާނުންގެ ދައުރު ފުޅާކުރުމަކީ ބޭނުންތެރި ކަމެއްކަމުގައިވާތީ މިރޮނގުން ހިތްވަރު ދިނުމަށް ސަރުކާރުން އެންމެ މަތީ ލެވެލްގައި ދެމިތިބޭނެކަން ޒުވާން ޖީލަށް ކަށަވަރުކޮށްދިނުމަކީ މި މަހާސިންތާގެ މުހިއްމު މަޤުސަދެކެވެ. އަދި ޒުވާން ޚަޠީބުން މަޝްރޫއުގެ ބައިވެރިން އެއްތަންވެ، ތަޖުރިބާ އާއި ހުނަރު ބަދަލުކޮށް، ގުޅުން ބަދަހިކުރުމަށާއި، މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި މި މަޝްރޫއުގެ މުސްތަޤުބަލާމެދު މަޝްވަރާކުރާނެ ޤައުމީ މަންސައެއް ބޭއްވުމަކީ މި މަހާސިންތާގެ މަޤުސަދެކެވެ.
Nathasha Sep 13, 2026 1 0
ބޮޑު މިސްކިތުގެ ބިން އައްރާޖިޙީ ކުންފުންޏާއި ހަވާލުކޮށްފި
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އައްރާޖިޙީ ކުންފުނިން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ.
Nathasha Sep 13, 2026 2 0
143 ތަމްރީނު ޕްރޮގްރާމް ހިންގާދޭނެ ފަރާތްތަކެއް ހޯދަނީ
ތަފާތު ދާއިރާއަކުން 143 ތަމްރީނު ޕްރޮގްރާމް ހިންގުމަށް ކޮންމެ ދާއިރާއަކުން 3 އިންސިޓިއުޓު ހޮވުމަށް ބޭނުންވާ ކަމަށާއި މި ޕްރޮގްރާމް ތަކުގެ ބޭނުމަކީ މަސައްކަތުގެ މާޙައުލުގައި ތިބެގެން، އެމަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތް ދަސްކޮށް، ޤައުމީ ފެންވަރުގައި ތަމްރީނާއި ތަޖުރިބާ ހޯދުމަށް ފުރުޞަތު ހުޅުވާލުން ކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މި ޕްރޮގްރާގެ ދަށުން ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގެ މުއްދަތަކީ 6 މަސްދުވަސް ކަމަށާއި ސެޓްފިކެޓް ލެވެލް 4 ގެ ކޯހުގެ މުއްދަތަކީ 12 މަސްދުވަސް ކަމަށެވެ.
Thayyib Sep 12, 2026 4 0