Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

މުޖުތަމަޢުގައި އިޙްތިރާމްގެ ރިވެތި އާދަ އާލާކުރުމަށް ފަސް އަހަރުގެ ޤައުމީ މަޝްރޫޢެއް ރައީސް ފައްޓަވައިދެއްވައިފި.

މުޖުތަމަޢުގައި އިޙްތިރާމްގެ ރިވެތި އާދަ އާލާކުރުމަށް ފަސް އަހަރުގެ ޤައުމީ މަޝްރޫޢެއް ރައީސް ފައްޓަވައިދެއްވައިފި.
Photo: Presidents office
ތަފްޞީލް

މި މަޝްރޫޢު ފެށުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މި ކެމްޕެއިން ފައްޓަވައިދެއްވީ ޚާއްޞަ މޮނިއުމެންޓެއްގެ މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވައިގެންނެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަދަނީ ޖަމްޢިއްޔާތަކާއި، ސްކޫލް، ކޮލެޖު އަދި ޔުނިވަސިޓީތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.


މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިޙްތިރާމްކުރުމަކީ ލޮލަށް ނުފެންނަ ގަހެއް އިންދުން ފަދަ ކަމެއް ކަމަށާއި، އޭގެ ސަބަބުން މުޅި މުޖުތަމަޢަށް ފެތުރިގެންދާ ހިޔަލާއި މޭވާއަކީ ހިތްތަކަށް ލިބޭ ފުން ހިތްހަމަޖެހުމަކާއި ރޫޙަށް ލިބޭ ފޮނިކާނާ އެއް ކަމަށެވެ. އަދި ޒަމާނީ ނަފްސާނީ ޢިލްމުގެ ހޯދުންތަކުންވެސް އެނގޭ ގޮތުގައި، އެކަކު އަނެކެއްގެ ޙައިޞިއްޔަތަށް އިޙްތިރާމްކުރުމަކީ މުޖުތަމަޢުގައި ކުލުނާއި ގާތްކަން އިތުރުވެ، ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.މީގެ އިތުރުން، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާ އެއްގޮތަށް އުޅުންތަކާއި ގުޅުންތައް އިޞްލާޙުކޮށް، ތަހުޒީބު މުޖުތަމަޢަކަށް ވާޞިލުވުމަށް އަޒުމު ކަނޑައެޅުމަށް ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.


މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިޢުލާންކުރެއްވި މި މަޝްރޫޢަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ހިފެހެއްޓުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ފެއްޓެވި 5 އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިސްކޮށް ހިންގާ މި މަޝްރޫޢުގެ ދަށުން، ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ގަދަރާއި އިޙްތިރާމްކުރުމުގެ ސިފަ އަށަގެންނެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all