Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ސިޔާސީ ވާދަވެރިންގެ ރޭގެ އެއްވުމަކީ 2028 ގެ ކެމްޕެއިން؛ 2040 ގައި ރާއްޖެ ތަރައްޤީކުރުން ސަރުކާރުގެ އަމާޒެއް: ޝިޔާމް

ސިޔާސީ ވާދަވެރިންގެ ރޭގެ އެއްވުމަކީ 2028 ގެ ކެމްޕެއިން؛ 2040 ގައި ރާއްޖެ ތަރައްޤީކުރުން ސަރުކާރުގެ އަމާޒެއް: ޝިޔާމް
ތަފްޞީލް

ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި "ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ބޭއްވި އެއްވުމަކީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން 2028 ވަނަ އަހަރުގެ ކެމްޕެއިން ލޯންޗުކުރި މަންޒަރު ކަމަށާއި، އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކަންކަން ކުރާ އުސޫލެއް ނޫން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.


ސޯޝަލް މީޑިއާގައި ޚާއްޞަ ޕޯސްޓެއް ހިއްސާކުރައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ޤައުމީ ކަމެއް ދިމާވާ ކޮންމެ ވަގުތަކު އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ 5 އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ޤައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ ވެރިކަމެއް ކުރައްވަމުން ގެންދަވާ ރައީސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ވެރިކަން މީގެ ކުރިން ކުރެއްވި އެހެން ގިނަ ވެރިންނާ ޚިލާފަށް، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި ކެރިގެން އެންމެ ބާރަށް ވަކާލާތުކުރައްވަމުން އަދި މޢުނަވީ ގޮތެއްގައި އެންމެ ބޮޑު އިޙުތިޖާޖެއް ކުރައްވަމުން ގެންދަވަނީ ރައީސް ޑރ. މުޢިއްޒު ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.


ރައްޔިތުން އިލްތިޒާމު އުފުލަންޖެހޭ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅުންހުރި މުހިންމު ކަންކަން މީގެކުރިން ރައްޔިތުން ކައިރިން އަހާނުލައި އަދި ކުޑަމިނުން ރައްޔިތުންގެ މަޖިލީހަށްވެސް އަންގާނުލައި ނިންމަވާފައި ތިއްބެވި ބޭފުޅުން މިއަދު ޤައުމާއި، މިނިވަންކަމާއި، ސިޔާދަތާއި އަދި ދީނާ ބެހޭގޮތުން ވާހަކަދެއްކެވި ނަމަވެސް، އެ ބޭފުޅުންގެ ސިޔާސީ ފަތިފުށާއި ނިޔަތް ރައްޔިތުންނަށް ވަރަށް ސާފު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ބޭފުޅުން ހާސިލުކުރަން ބޭނުންފުޅުވަނީ ހަމައެކަނި ސިޔާސީ މަޤްޞަދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ދިވެހީންގެ ދީނަށާއި ސިޔާދަތަށާއި މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރުވާ އެކަންކަން ދިފާޢުކޮށް ހިމާޔަތްކޮށް ދަމަހައްޓާނީ މި ސަރުކާރުން ކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އޭގެ އެންމެ ފުރިހަމަ މިސާލަކީ ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި، ޤައުމާއި ރައްޔިތުން ދަރަނީގެ ނުރައްކާތެރި ދަންތުރައިން ސަލާމަތްކުރުން ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށްފައިވާކަން ފާހަގަކުރައްވަމުން، އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ބިލިއަން ޑޮލަރުގެ ބިޔަ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް މިސްރާބުޖަހާފައިވާ ކަމަށް ވިދާޅުވިއެވެ.


ވަޒީރު ވިދާޅުވި ގޮތުގައި، މަޝްރޫއުތައް ކިތަންމެ ބިޔަވެފައި އަގު ކިތަންމެ ބޮޑުވިޔަސް، މި ސަރުކާރަކީ ދިވެހީންގެ ދީނާއި، ސަގާފަތާއި، ޤައުމުގެ ސިޔާދަތާއި، މިނިވަންކަމާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް އިޙުތިރާމު ނުކުރާ އެއްވެސް ފަރާތަކަށް ނުވަތަ އިންވެސްޓްމަންޓަކަށް މަރުޙަބާ ކިޔާނެ ސަރުކާރެއް ނޫނެވެ. ވާދަވެރިން ބޭނުންވަނީ ރާއްޖެއަކީ އަބަދުވެސް ނާށިގަނޑު ހިފައިގެން އަވަށްޓެރިންނާއި ދުނިޔޭގެ ކުރިމަތީގައި ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޢިއްޒު އަމާޒުހިއްޕަވައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، ޢަބުރުވެރި އަދި ތަހުޒީބު ދިރިއުޅުމެއް އުޅޭ ބައެއްގެ ގޮތުގައި ހައްދަވައި، 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ކަމަށް ވިދާޅުވިއެވެ.


ނިންމާލަމުން ޝިޔާމް ވިދާޅުވީ، އީގަލް ހިލްސް (Eagle Hills) އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫއަކީ ދިވެހި ތާރީޚު ޒަމާންތަކަކަށް ދެކޭނެ އެންމެ ބިޔަ މަޝްރޫއު ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ ނާރެސް ބަދަލުކޮށްދީ، ދިވެހިންގެ ދިރިއުޅުންތަކަށް އުޖާލާކަމާއި އުއްމީދު ގެނުވާނެ އެންމެ މުހިންމު އުއްމީދީ މަޝްރޫއު ކަމަށެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all