ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގައި ނުރައްކާތެރި ފައުލެއްކޮށް ފޯވަޑް މަރުވުމާ ގުޅިގެން، އެންޑޯރާގެ ކީޕަރު އޮވޯނޯ 12 މެޗަށް ސަސްޕެންޑްކޮށްފި
ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި އެންޑޯރާއާއި ޓެނެރީފް ބައްދަލުކުރި މެޗުގެ ފަހު ވަގުތު، ޓެނެރީފްގެ ފޯވަޑް ޖީސަސް ޑި މިގުއެލްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އެންޑޯރާގެ ގޯލްކީޕަރު ޖީސަސް އޮވޯނޯ 12 މެޗަށް ސަސްޕެންޑް ކުރުމަށް ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފިއެވެ.
މި މަހުގެ 2 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި، ބޯޅަ ދައުރުވަމުންދަނިކޮށް އުމުރުން 25 އަހަރުގެ ކީޕަރު އޮވޯނޯ ވަނީ ހައްދުފަހަނައެޅި ބާރެއް ބޭނުންކޮށް، އުމުރުން 30 އަހަރުގެ ފޯވަޑް ޑި މިގުއެލްގެ މޭމަތީގައި ފައިން އަނިޔާވެރިކޮށް ޖަހާފައެވެ. ރެފްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ފައުލްކުރި އިރު އޮވޯނޯގެ ފައިގެ މިސްރާބުހުރި ގޮތުން އެއީ ސީރިއަސް އަނިޔާއެއް ލިބޭނެ ފައުލެއްކަން އޭނާއަށް އެނގޭނެއެވެ. މި ނުރައްކާތެރި އަމަލާ ގުޅިގެން އޭނާއަށް ވަގުތުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައިވެއެވެ. މި ކުރިމަތިލުމުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ހޮސްޕިޓަލަށް ގެންދާ މަގުމަތީގައި ޑި މިގުއެލްއަށް ހާޓް އެޓޭކެއްޖެހި، އަނެއް ދުވަހު ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ.
ސްޕެއިންގެ ފުޓުބޯޅަ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 102 ވަނަ މާއްދާގެ (އިހުމާލެއްގެ ސަބަބުން ސީރިއަސް ގެއްލުމެއް ލިބުން) ދަށުން އޮވޯނޯއަށް ފިޔަވަޅު އަޅާފައިވަނީ ހާލަތުގެ ގޮތުން އެ ކަމަށް ދެވޭނެ އެންމެ ބޮޑު އަދަބު ކަމަށެވެ. ކޮމިޓީން ނިންމީ 12 މެޗުގެ ސަސްޕެންޝަނަކީ އެންމެ އިންސާފުވެރި ނިންމުން ކަމަށެވެ.
Spanish police have opened a manslaughter investigation after soccer player Jesus de Miguel died following an on-field collision. De Miguel was running down the field when he collided with goalkeeper Jesús Owono. The soccer player was rushed to the hospital before he was pronounced dead. "Broken with pain, with a lump in our throat and unable to believe that this is true, from CD Tenerife we announce the tragic passing of Jesús de Miguel Alameda this Tuesday, November 3, 2026, at 8 am," the club said. "We stand with his devastated family, with his loved ones, and with the entire Tenerife football community, who today mourn this cruel turn of events..." De Miguel was 30 years old. He reportedly died from cardiac arrest. According to Reuters, which spoke with authorities in the Canary Islands, the investigation is routine procedure.
— Collin Rugg (@CollinRugg) November 3, 2026
ނޮވެމްބަރު 4 ވަނަ ދުވަހު އޮވޯނޯގެ ކްލަބު މެދުވެރިކޮށް ނެރުނު ބަޔާނެއްގައި، މިއީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ އުނދަގޫ އަދި ހިތްދަތި ދުވަސް ކަމަށް ބުނެފައިވެއެވެ. އަދި މި ހާދިސާއާ ގުޅިގެން ހިންގާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ބުންޏެވެ.
އެންޑޯރާގެ ކީޕަރުގެ ގާތް ފަރާތެއް ކަމަށްވާ، އެކުއެޓޯރިއަލް ގީނީ ފުޓުބޯޅަ އިދާރާގެ ކޯޑިނޭޓަރު އަނާ މަޔޭ ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، އޮވޯނޯ ހުރީ ނުހަނު އުނދަގޫ ހާލަތެއްގައި ކަމަށެވެ. އަދި ޑި މިގުއެލްގެ އަންހެނުންނާއި އެއް އަހަރާ ބައިގެ ދަރިފުޅަށް ލިބުނު ހިތާމައިގެ ސަބަބުން އޮވޯނޯ ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި، އޭނާ އަންނަނީ އެ އާއިލާގެ ކަންކަން ގާތުން ބަލަމުން ކަމަށެވެ. މީގެއިތުރުން، މި ހާދިސާއާ ގުޅިގެން އޮވޯނޯގެ އާއިލާއަށް، ޚާއްޞަކޮށް ވެލެންސިއާގައި ކިޔަވަމުންދާ އޭނާގެ ކޮއްކޮއަށް ވެސް ބަޔަކު ފުރައްސާރަކޮށް ދިމާކުރަމުންދާ ކަމަށާއި އެ އާއިލާއަށް އެ ފުރައްސާރަ ހައްގު ނޫން ކަމަށް އޭނާ ބުންޏެވެ.

