ކޯސްޓްގާޑުން މިދިޔަ ހަފުތާގައި ބަލިމީހުން މާލެގެނައުމުގެ 63 މެޑިކަލް ދަތުރުކޮށްފި
މިދިޔަ ހަފްތާގައި ކޯސްޓްގާޑުން ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 63 މެޑިކަލް ކަނޑުދަތުރު ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ކޯސްޓްގާޑުން މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިމަހުގެ 12 އާ ހަމައަށް ކުރިއަށް ގެންގޮސްފައިވާ މެޑިކަލް ދަތުރުތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ގިނަ ދަތުރުތައް ކުރިއަށް ގެންގޮސްފައި ވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ. އެގޮތުން ފަސްޓް ސްކޮޑްރަންއިން ވަނީ 44 މެޑިކަލް ދަތުރުތައް ކުރިއަށް ގެންގޮސްފަ އެވެ. ސެކަންޑް ސްކޮޑްރަންއިން 5 ދަތުރު ކުރިއަށް ގެންގޮސްފައި ވާއިރު، ތާޑް ސްކޮޑްރަންއިން 10 ކަނޑުދަތުރު ކުރިއަށް ގެންގޮސްފައެވެ. އަދި ފޯތު ސްކުއަޑްރަންއިން 4 ކަނޑުދަތުރު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިމާވާ ކުއްލި ހާލަތްތަކުގަޔާއި، އެއް ރަށުން އަނެއް ރަށަށް ބަލިމީހުން އުފުލުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

