Latest News
އެންމެ ފަހުގެ ޚަބަރު
639 articles
ހުޅުމާޅޭގައި ބަޑިއެއް ގެންގުޅޭ ވީޑިއޯއެއްގެ މަސައްލަ ބަލައި ކުޅޭކުޅޭ ބަޑިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް
ރާއްޖޭގައި ބަޑިއެއް ގެންގުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމާ ގުޅިގެން އެ މައްސަލަ ބަލައި، އެ ވީޑިއޯގައި ބޭނުންކުރީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކޮށް، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބިމާއި 25 ބިލިއަން ކިލޯމީޓަރު ދުރުގައި: އިންސާނުން އުފެއްދި އެންމެ ދުރަށް ދިޔަ އުޅަނދު "ވޮޔޭޖަރ 1" ގެ ހައިރާންކުރުވަނިވި ހަގީގަތްތައް!
މިހާރު ދުނިޔެއާ 25 ބިލިއަން ކިލޯމީޓަރަށްވުރެ ދުރުގައި ދުއްވަމުންދާ މި އުޅަނދަކީ، އިންސާނިއްޔަތުގެ ތާރީޚުގައިވެސް އެންމެ ދުރަށް ދަތުރުކޮށްފައިވާ އިންސާނުން އުފެއްދި ފުރަތަމަ އުޅަނދެވެ.
ސިޓީ ކައުންސިލްގެ ދަށުގައިވާ މާލޭގެ މުހިންމު 14 ބިމެއް ސަރުކާރަށް ނަގަން ނިންމައިފި!
މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައި ހުރި އެންމެ މުހިންމު އަދި އާންމުންގެ ބޭނުންތަކާ ގުޅިފައިވާ 14 ބިމެއް މާލެ ސިޓީ ކައުންސިލްގެ އަތުން ވަކިކޮށް، ސަރުކާރުގެ ސީދާ ބެލުމުގެ ދަށަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.
ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހޫޘީން ދިން މިސައިލް ހަމަލާއެއްގައި 5 މީހުން މަރުވެ، 16 މީހުން ޒަޚަމްވެއްޖެ!
ޔަމަނުގެ ވަގުތީ ވެރިރަށް އޭޑަންގައި ހުންނަ "އަލް-މައާޝިޤް" ރިޔާސީ ގަނޑުވަރުގެ ކޮމްޕައުންޑަށް، އިރާނާ ގުޅުންހުރި ހޫޘީ ހަނގުރާމަވެރިން ދިން ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއްގައި މަދުވެގެން 5 މީހުން މަރުވެ، 16 މީހުން ޒަޚަމްވެއްޖެއެވެ.
ރައީސް ގެ ވައުދު: ހއ.ދިގުފަރު ޕްރޮޖެކްޓަށް މިނިސްޓަރ ސައީދު ދެއްވީ ޔަގީކަން
މިއީ ހިލައެއްތައް ނުވަތަ ޖަނަވާރެއްތަ؟ މިފަދަ ހުނަރެއް ފެނިއްޖެނަމަ ބުއްދި ފިލައިގެން ހިނގައިދާނެ!
މަގުމަތިން ހިނގާފައި ދާއިރު ފެންނަ އާދައިގެ ހިލަކޮޅުތަކަކީ ގިނަ މީހުންނަށް އެއްވެސް އަގެއް ނެތް، ފައިދޮންނަ ހިލަގަނޑުތަކެކެވެ. ނަމަވެސް ޖަޕާނުގެ ހުނަރުވެރި އާޓިސްޓެއް ކަމަށްވާ "އަކީ ނަކާޓާ" އަކީ އޭނާގެ "ކުޑަކުޑަ ޖަނަވާރު ރަހްމަތްތެރިން" ގެރިއަށް ފެންނަ ޖާދޫއެކެވެ.
ފެނަކަ އެމްޑީ އަފީފު މަޤާމުން ވަކިކުރެއްވީ ސްޓެލްކޯއާ އެއްކޮށްލުމުގެ ޕްލޭނާ ގުޅިގެން!
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު ކަމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން ކުއްލގޮތަކަށް މަޤާމުން ވަކިކުރެއްވީ، ޔުޓިލިޓީ ދާއިރާ ހިންގުން ހަރުދަނާކުރުމުގެ މަޤުޞަދުގައި ފެނަކަ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އާ އެއްކޮށްލުމަށް (Merger) ސަރުކާރުން ގެންގުޅޭ ޕްލޭނާ ގުޅިގެން ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ކަށަވަރުކޮށްދީފިއެވެ.
އީރާނަށް ހަމަލާ ދިނުމަށް މަދަރ އޮފް އޯލް ބޮމްސް ބޭނުންކުރަން އެމެރިކާއިން ތައްޔާރުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިޑްޓަރމް އިންތިޚާބުގެ ކުރިން ނުވަތަ ފަހުން ވިޔަސް އަސްކަރީ ޙަރަކާތްތައް އަލުން ފެށުމަށް އަމުރުކުރައްވައިފިނަމަ، އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރާއި، ނިއުކްލިއަރ ސައިޓުތަކަށް އަމާޒުކޮށް "މަދަރ އޮފް އޯލް ބޮމްސް" (އެންމެ ބާރުގަދަ ބޮން) ބޭނުންކުރުން ހިމެނޭ ގޮތަށް އެމެރިކާގެ އަސްކަރިއްޔާއިން އާ ޙަމަލާދިނުމުގެ ރޭވުންތަކެއް އެކުލަވާލާފައިވާ ކަމަށް، މިކަމުގެ މަޢުލޫމާތު އެނގޭ އެމެރިކާގެ ގިނަ އޮފިޝަލުންތަކަކާ ޙަވާލާދީ ބުނެފިއެވެ.
އުތުރު ކޮރެޔާއިން ކަނޑުއަޑީގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އައު މިސައިލް ޓެސްޓުތަކެއް ފަށައިފި!
އުތުރު ކޮރެޔާގެ އަސްކަރީ ބާރުގަދަކަން ދުނިޔެއަށް ދެއްކުމުގެ ގޮތުން، ސަބްމެރީނު ބޭނުންކޮށްގެން ސްޓްރެޓީޖިކް ކްރޫޒް މިސައިލްތަކެއްގެ އައު ޓެސްޓުތަކެއް ކާމިޔާބުކަމާއެކު ހިންގާފައިވާ ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
ހައުސް އޮފް ސައުދު، ތިންވަނަބައި؛ ދީނާއި ސިޔާސަތުގެ ތެރެއިން ސައުދީ އަރަބިޔާ ބަދަލުކުރި ގުޅުން | 18 ވަނަ ޤަރުނުގެ މެދުތެރެ
ސަޢޫދީ ޢަރަބިއްޔާގެ ތާރީޚުގައި ހިނގި އެންމެ މުހިއްމު ޙާދިސާތަކުގެ ތެރޭގައި ހިމެނޭ އެއް ޙާދިސާއަކީ، 18 ވަނަ ޤަރުނުގެ މެދުތެރޭގައި އިމާމް މުޙައްމަދު ބިން ސަޢުދާއި ދީނީ ޢިލްމުވެރިޔާ މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ދެމެދު އުފެދުނު ސިޔާސީ އަދި ދީނީ ގުޅުމެވެ. މި ގުޅުމަކީ ހަމައެކަނި ދެ މީހުންގެ ދެމެދުގައި އޮތް އެއްބަސްވުމެއް ނޫނެވެ. އެއީ ފަހުގެ އަހަރުތަކުގައި މުޅި އަރަބި ޕެނިންސިއުލާގެ ސިޔާސީ އަދި ދީނީ ތާރީޚަށް ބޮޑު އަސަރެއް ކުރި މުހިއްމު ބަދަލެކެވެ.
ބޭނުންކުރެވޭ ރިޒާވް ފުރަތަމަ ފަހަރަށް 200 މިލިއަން ޑޮލަރުން ދަށަށް
ބޭރު ފައިސާގެ ރިޒާވު ދަށްވަމުންގޮސް ނުވަ މަސް ތެރޭގައި ފުރަތަމަ ފަހަރަށް 200 މިލިއަން ޑޮލަރުން ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
'އުދުހޭ ޓެކްސީ' އަށް ކާރުގެ މަޤާމު ހޯދިދާނެތަ؟
ކޮންމެ ދުވަހަކު މަގުމަތީގެ ތޮއްޖެހުމާއި، ޓްރެފިކް ޖޭމުގައި އޮންނަންޖެހޭ އުނދަގޫ ތަޖުރިބާއަށް ނިމުމެއް އައިސް، ވައިގެ ތެރޭގައި އުދުހޭ އުޅަނދެއްގައި އޮފީހަށް ނުވަތަ ގެއަށް ދެވޭނެ ދުވަހަކަށް އިންތިޒާރުކުރެވޭހެއްޔެވެ؟