Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ހުޅުމާލެ ހޮސްޕިޓަލަށް 250 އެނދާއި ޒަމާނީ އޮޕަރޭޝަން ތިއޭޓަރެއް އިތުރުކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި.

ހުޅުމާލެ ހޮސްޕިޓަލަށް 250 އެނދާއި ޒަމާނީ އޮޕަރޭޝަން ތިއޭޓަރެއް އިތުރުކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި.
photo:Mihaaru
ތަފްޞީލް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އަޅާ އާ އިމާރާތް ބިނާކުރާނީ މިހާރު ހުރި ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި ކަމަށެވެ. އަދި އެ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.


މިނިސްޓަރު ވިދާޅުވި ގޮތުގައި، 250 އެނދުގެ މި އާ އިމާރާތުގެ މަސައްކަތް ނިމުމުން، ހުޅުމާލެ ހޮސްޕިޓަލުން އިތުރު ސްޕެޝަލިޓީތަކުގެ ޚިދުމަތާއި ޒަމާނީ އޮޕަރޭޝަން ތިއޭޓަރެއްގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ.


ހުޅުމާލޭގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ނެތުމަކީ އެ ސިޓީގެ ރައްޔިތުން އުފުލަމުންދާ ބޮޑު ތަކުލީފެއް ކަމަށް ވިދާޅުވެ މެންބަރު ޝަމްހީދު ކުރެއްވި ސުވާލާ ގުޅިގެން، ހުޅުމާލެއިން ލިބޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް މިނިސްޓަރު މަޖިލީހާ ހިއްސާކުރެއްވިއެވެ.


ހުޅުމާލެ ހޮސްޕިޓަލަށް އަލަށް ތައާރަފުކޮށްފައިވާ ޚިދުމަތްތައް:

  • ކެންސަރުގެ އޮޕަރޭޝަންތައް ކުރާ އޮންކޯ ސާޖަންއެއްގެ ޚިދުމަތް.
  • ފުލްޓައިމް އޮންކޮލޮޖިސްޓެއްގެ ޚިދުމަތް.
  • ގްލޯކޯމާ ސްޕެޝަލިސްޓެއްގެ ޚިދުމަތް.
  • ނާރުގެ ބަލިތަކާއި، ގެސްޓްރޯ އެންޓްރޮލޮޖީ އަދި ޔޫރޮލޮޖީގެ ޚާއްޞަ އޯޕީޑީ ޚިދުމަތްތައް (މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން).


މި ޚިދުމަތްތަކާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ފަރުވާ ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބެމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all