Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Sports Featured

ގޯޑަންގެ ދެ ލަނޑާއެކު ސަބާ އަތުން މޮޅުވެ، ބާސެލޯނާ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފި

ގޯޑަންގެ ދެ ލަނޑާއެކު ސަބާ އަތުން މޮޅުވެ، ބާސެލޯނާ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފި
Photo: Yahoo Sport
ތަފްޞީލް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި އަޒަރުބައިޖާންގެ ސަބާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބާސެލޯނާއިން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފި އެވެ.


އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މި މެޗަށް ބާސެލޯނާ ނުކުތްއިރު، އަނިޔާގެ ސަބަބުން ޒުވާން ތަރި ލަމީން ޔަމާލް ޓީމުގައި ނުހިމެނޭއިރު، ރަފީނިއާ އިނީ ބެންޗުގަ އެވެ. އެހެންކަމުން ބާސާގެ ކުރިބަލަހައްޓަން ނުކުތީ އެންތަނީ ގޯޑަން، ކަރީމް އަޑެއެއިމީ އަދި ގެބްރިއަލް ޖިސޫސް އެވެ.

Photo: Barcelona - Instagram


މުޅި މެޗުގައި ވެސް ބޯޅަ ހިފަހައްޓައިގެން ބާސެލޯނާއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން 70 އިންސައްތައަށްވުރެ ގިނަ ވަގުތު ބޯޅަ ގެންގުޅުނެވެ. މެޗުގެ 31 ވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ މިދިޔަ ހޫނު މޫސުމުގައި 70 މިލިއަން ޔޫރޯއަށް އެ ކްލަބާ ގުޅުނު އިނގިރޭސި ފޯވާޑް އެންތަނީ ގޯޑަން އެވެ. މިއީ ބާސާގެ ޖާޒީގައި އޭނާ އެއް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް ފަސް ލަނޑު ޖަހައި، ފަސް ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.


ދެވަނަ ހާފު ފެށިގެން 51 ވަނަ މިނެޓުގައި ގޯޑަން ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފަ އެވެ. އޭގެ ދެ މިނެޓް ފަހުން ކަރީމް އަޑެއެއިމީ ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ހަތަރުވަނަ ލަނޑު 60 ވަނަ މިނެޓުގައި ޖަހައިދިނީ ގެބްރިއަލް ޖިސޫސް އެވެ. މި ސީޒަނުގައި އެންމެ 376 މިނެޓް ކުޅެގެން ޖިސޫސް ވެސް ވަނީ ޖުމްލަ ފަސް ލަނޑު ހަމަކޮށްފަ އެވެ.


ސަބާ އެފްސީއަށް މެޗުގެ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖޯއި ލާންސް މިކެލްސް އެވެ.


މި މޮޅާއެކު ލީގު ބުރުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ބާސެލޯނާ އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. ބާސާއިން އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ އެސްޓަން ވިލާ އަތުން 3-0 އިން މޮޅުވެފަ އެވެ. އަނެއްކޮޅުން، އެންމެ ފަހު މެޗުގައި ނޯވޭގެ ވައިކިން އަތުން 4-1 އިން ބަލިވި ސަބާ އެފްސީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ 32 ވަނައިގަ އެވެ.


މެޗަށްފަހު ވާހަކަދައްކަމުން، މިދިޔަ ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑަށް ކުޅުނުއިރު ވެސް ބަކޫގައި ކަރަބާގް ކޮޅަށް ހަތަރު ލަނޑު ޖެހި އުމުރުން 25 އަހަރުގެ ގޯޑަން ބުނީ، ބަކޫއަކީ އޭނާއަށް ވަރަށް ހާއްސަ ތަނެއް ކަމަށާއި އަނެއްކާވެސް ހެޓްރިކެއް ހެދުމުގެ ރަނގަޅު ފުރުސަތެއް ގެއްލުނު ނަމަވެސް ނަތީޖާއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

Photo: Facebook


މި މެޗުގައި ލަނޑު ޖެހި ޖިސޫސް ބުނީ ލަނޑެއް ޖެހުމުން އުފާވި ނަމަވެސް، އަމިއްލަ ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. ރަފީނިއާ މޮޅު ކުޅުމެއް ދައްކަމުންދާތީ ފުރުސަތު ލިބުން މަދުވި ނަމަވެސް، ކުރިއަށް އޮތްތަނުގައި އިތުރު ފުރުސަތުތަކަށް އުއްމީދުކުރާ ކަމަށް އާސެނަލްގެ ކުރީގެ ފޯވާޑް ބުންޏެވެ.


ބާސެލޯނާގެ ކޯޗު ހާންސީ ފްލިކް ވެސް ވަނީ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އުފާފާޅުކޮށްފަ އެވެ. ނަމަވެސް، ބައިކޮޅަށް ލަނޑު ވަން ގޮތާއި ޓީމުގެ ފަރާތުން ފެނުނު ބައެއް ގޯސްތަކާމެދު ހިތްހަމަނުޖެހޭ ކަމަށާއި، މި ފެންވަރުގެ މުބާރާތެއްގައި އެފަދަ ކަންކަން ރަނގަޅުކުރަން ޖެހޭނެ ކަމަށް ފްލިކް ފާހަގަކުރި އެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all