Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Politics Featured

އާފަލާއި އޮރެންޖް ހިލޭ ބަހާނެކަމަށް ހުޅުދޫ ދާއިރާގެ މެންބަރު ޝާޑު ވިދާޅުވެއްޖެ

އާފަލާއި އޮރެންޖް ހިލޭ ބަހާނެކަމަށް ހުޅުދޫ ދާއިރާގެ މެންބަރު ޝާޑު ވިދާޅުވެއްޖެ
ތަފްޞީލް

ކުރިއަށް އޮތް ތަނުގައި އާފަލާއި އޮރެންޖު ހިލޭ ބަހާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) މިއަދު ވިދާޅުވެއްޖެ އެވެ.


އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ މި ސަރުކާރަކީ ވަރުގަދަ، ގާބިލު ސަރުކާރެއް ކަމަށާއި މި ސަރުކާރުގައި ތިބި ވަޒީރުންގެ ދިފާއުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރަންވެސް މަޖިލިސް އޮތީ ތައްޔާރަށް ކަމަށެވެ.


"މި ސަރުކާރުން ރާއްޖެއަށް ޑޮލަރު ވެސް ތިޔާގިވާނެ. މި ރާއްޖެއަށް ބޯހިޔާވަހިކަން ވެސް ގެންނާނެ. މި ރާއްޖެއަށް އާފަލާއި އޮރެންޖު ވެސް ގެންނާނެ. ހިލޭވެސް ބަހާނެ. ކުރިއަށް އޮތް ތަނުގައި ހިލޭވެސް ބަހާނެ. އެހާވެސް އަގޮހެޔޮވާނެ،" ޝާޑު ވިދާޅުވި އެވެ. މިއީ އެއްވެސް ޒިންމާދާރުކަމެއް ނެތި ޝާހިދު ދައްކަވާފައިވާ ވާހަކަތަކެކެވެ. މި ނޮވެންބަރމަސް ފެށުނުއިރު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ވަނީ އުފުލިފައެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވިއްކާ ކުކިންއޮއިލް ތެލުގެ އަގުވެސްވަނީ ބޮޑުވެފައެވެ.


ޝާޑު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެއްވެސް ކަހަލަ އަސާސެއް ނެތް މައްސަލަތަކުގައި ވަގުތު ނަގާލުމުގެ ބޭނުމެއް ނެތް ކަމަށާއި މިނިސްޓަރު ސައީދުގެ މަސައްކަތްތަކާއި މެދު ފަހުރުވެރިވާ ކަމަށެވެ. ޝާހިދު މިގޮތަށް ވިދާޅުވިއިރު މުޅި މަޖިލީހުގެ ކޮންޓްރޯލް އޮތީ ވެރިކަން ހިންގާ ޕީއެންސީ އަތުގައެވެ.


ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ހުށަހެޅި މައްސަލައިގައި ސަޢީދަށް އިތުބާރު އޮތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ 54 މެންބަރުން ވޯޓު ދިން އިރު، އިތުބާރު ނެތް ކަމަށް ވޯޓު ދިނީ 10 މެންބަރުންނެވެ.


Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all