Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ސްޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި

ސްޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި
ޖޭއެސްސީގެ ރައިސް ހުސްނީ މުބާރަކު ފޮޓޯ: މަޖިލިސް އިދާރާ
ތަފްޞީލް

ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްކޮށް އޮންނަތާ ދެ މަސްވެފައި ވަނިކޮށް، ސުޕްރީމް ކޯޓުން އަންނަ މަހު ހުސްވާން އޮތް މަގާމަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.


ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން، ޖޭއެސްސީން މިއަދު އިއުލާން ކުރީ، އަންނަ މަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު، ރިޓަޔާކޮށްދޭން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.


އެކަމަކު، މިދިޔަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔާ ކުރެއްވިއިރުއްސުރެ ހައިކޯޓުގެ އެއް ފަނޑިޔާރުގެ މަގާމު އޮތީ ހުސްކޮށެވެ. އެކަމަކު އެ މަގާމަށް މީހަކު ހޯދަން އިއުލާނެއް އަދިވެސް ޖޭއެސްސީއަކުން ނުކުރެއެވެ.


ހައިކޯޓުގެ ބެންޗުގައި ޖުމްލަ 11 ފަނޑިޔާރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، 10 ފަނޑިޔާރުންނާއެކު ހައިކޯޓު ހިނގަމުންދާތާ ދެ މަސްދުވަސް ވެއްޖެއެވެ. ހައިކޯޓަކީ ނިސްބަތުން ސުޕްރީމް ކޯޓަށްވުރެ އެތައް ގުނައެއް އިތުރަށް މައްސަލަ ހުށަހެޅޭ ކޯޓެކެވެ.


ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްކޮށް އޮއްވައި، ސުޕްރީމް ކޯޓުން ހުސްވާން އޮތް މަގާމަށް ޖޭއެސްސީން ކުރި އިއުލާނުގައި ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހުޅުވައިލާ ކަމަށެވެ.


ޖޭއެސްސީން ބުނި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، އެޕްލިކޭޝަން ހުށަހަޅުއްވާނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 59,700.00 ރުފިޔާ އެވެ. އަދި ލިވިން އެލަވަންސަށް މަހަކު 25,000.00 ރުފިޔާ އަދި ރިސްކް އެލަވަންސް (މަހަކު) 3,300.00 ރުފިޔާ ލިބޭނެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all