Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Health Featured

ގޯތިތެރޭގެ ސުޕަރފޫޑް: މުރުނގަ ފަތުގެ ގުދުރަތީ ޚަޒާނާ

ގޯތިތެރޭގެ ސުޕަރފޫޑް: މުރުނގަ ފަތުގެ ގުދުރަތީ ޚަޒާނާ
ތަފްޞީލް

ދުނިޔޭގެ މާކެޓުތަކުގައި "ސުޕަރފޫޑް" ގެ ނަމުގައި އަގުބޮޑުކޮށް ބަންދުކޮށްފައިވާ ސަޕްލިމެންޓްތައް އާންމުވުމުގެ މާ ކުރިންވެސް، ދިވެހިންގެ ކެއިންބުއިމުގެ ތެރޭގައި މުރަނގަ ފަތަކީ ޚާއްޞަ ޤަދަރެއް ދެވިފައިވާ ފަތެކެވެ. މުރަނގަ ފަތްތައް ވަކިކޮށް، ކާށިކިރުގެ މީރު ރިހައަށް އެޅުމުން ނުވަތަ ގިތެޔޮމިރުހާއި ކަނޑުމަހާއެކު މީރުކޮށް މޮޑެލުމުން ލިބޭ މީރުކަމުގެ އިތުރުން، މިއީ ހަށިގަނޑަށް ބޭނުންވާ އެތައް ފައިދާއެއް އެކުލެވިގެންވާ ގުދުރަތީ ޚަޒާނާއެކެވެ. ސައިންސްގެ އަލީގައި މިއަދު ސާބިތުވަނީ ދިވެހިންގެ ކާބަފާއިންގެ ފަރާތުން މުރަނގަ ފަތަށް ދީފައިވާ މުހިންމުކަމުގެ ހަގީގަތެވެ.


ނިއުޓްރިޝަންގެ ގޮތުން މުއްސަނދި ފަތެއް

މުރަނގަ ފަތަކީ އެހެން ގަސްގަހުގެ ފަތްތަކާ އަޅާބަލާއިރު ތަފާތު ގިނަ ނިއުޓްރިއެންޓްތަކެއް އެކުލެވިގެންވާ ފަތެކެވެ. މީގެ ތެރޭގައި:

  • ވިޓަމިން ސީ: އޮރެންޖުގައި އެކުލެވޭ މިންވަރަށްވުރެ ގިނައިން ވިޓަމިން ސީ އެކުލެވިގެންވާތީ، ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ހަންގަނޑުގެ ސިއްހަތް ރަނގަޅުކޮށްދެއެވެ.
  • ވިޓަމިން އޭ: ލޮލުގެ ފެނުން ސާފުކޮށްދިނުމަށާއި، ހަށިގަނޑުގެ ސެލްތައް ރައްކާތެރިކުރުމަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދެއެވެ.
  • ކެލްސިއަމް އާއި އަޔަން: ކަށިތައް ވަރުގަދަކޮށްދިނުމަށާއި، ލޭގެ ރަތް ސެލްތައް އުފެއްދުމަށް ބޭނުންވާ އަޔަން މުރަނގަ ފަތުން އެކަށީގެންވާ މިންވަރަކަށް ލިބިގެންދެއެވެ.
  • ޕްރޮޓީން އާއި އެމިނޯ އެސިޑް: އާންމުކޮށް ފަތްޕިލާވެލީގެ ބާވަތްތަކުން ނުލިބޭ އެސެންޝަލް އެމިނޯ އެސިޑްތައް މުރަނގަ ފަތުގައި ހިމެނެއެވެ.

 

ސިއްހީ ގޮތުން ލިބޭ އިތުރު ފައިދާތައް

މުރަނގަ ފަތުގައި އެންޓިއޮކްސިޑެންޓްތައް ކަމަށްވާ ކުއާސެޓިން (ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައިދިނުމަށް އެހީތެރިވެދޭ މާއްދާއެއް) އާއި ކްލޯރޯޖެނިކް އެސިޑް (ކެއުމަށްފަހު ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށްދޭ މާއްދާއެއް) އެކުލެވިގެންވެއެވެ. ގަވާއިދުން މުރަނގަ ފަތް ކެއުމުގައި ބޭނުންކުރުމަކީ ހަށިގަނޑުގެ ދުޅަހެޔޮކަން މަގުފަހިވެ، ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ހަރުދަނާކޮށްދޭ ކަމެކެވެ.

 

މުރަނގަ ފަތުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސް ގެ ސަބަބުން ހިތުގެ ސިއްހަތު ރައްކާތެރިކޮށްދޭއިރު، އެ މާއްދާގެ ފުރިހަމަ ފައިދާ ލިބިގަތުމަށް މުރަނގަ ފަތް ސަޓަނި ހަދައިގެން ބޭނުންކުރެވިދާނެއެވެ . މީގެއިތުރުން، މުރަނގަ ފަތުގައި ހިމެނޭ އަޔަން އާއި ކެލްސިއަމް އަކީ ކަށިތަކާއި ލޭގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ މުހިންމު މާއްދާތަކަކަށްވާއިރު، މުރަނގަ ފަތް ރިހަ ނުވަތަ ކިރުގުދި ކައްކައިގެން ކެއުމުން މި މާއްދާތައް ހަށިގަނޑަށް ފސޭހައިން ލިބިގެންދެއެވެ. އަދި ޑައިޓަރީ ފައިބަރ އިން މުއްސަނދިވެފައިވާ މުރަނގަ ފަތަކީ ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ހަރުދަނާކޮށްދޭ އެއްޗަކަށްވާތީ، ގަރުދިޔަ ނުވަތަ ސޫޕްގެ ތެރެއަށް އަޅައިގެން ބޭނުންކުރުމަކީވެސް ސިއްހަތަށް ނުހަނު ފައިދާހުރި ގޮތެކެވެ..

ކެއުމުގައި ތައްޔާރުކުރާނެ ގޮތް

މުރަނގަ ފަތުގެ އެންމެ މީރު ރަހަ ލިބެނީ، ގަހުގެ މައިގަނޑު ތަނޑިތަކުން ފަތްތައް ވަކިކޮށް، ހަމައެކަނި ފަތްކޮޅުތައް ބޭނުންކުރުމުންނެވެ. ބޮޑެތި ތަނޑިތައް އެކުވެއްޖެނަމަ ކެއުމުގައި ހިތި ރަހައެއް ނުކުމެދާނެއެވެ.


ގާނާފައިވާ ކާއްޓާއި ވަޅޯމަހާއެކު މުރުނގަ ފަތް ސަޓަނި މޮޑުނަސް، ނުވަތަ ގަރުދިޔަ ކައްކައި ނިމެން އުޅެނިކޮށް ފަތްތައް އަޅައިގެން ބޭނުންކުރިޔަސް، މިއީ އަގުބޮޑު ސަޕްލިމެންޓްތަކާ ނުލައި ހަށިގަނޑަށް ބޭނުންވާ ފައިދާތައް ލިބިދޭނެ އެންމެ ރަނގަޅު އެއް އެކުލެވުމެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all