އީރާނުގެ ގޭޝްމް އައިލެންޑަށް އެމެރިކާއިން ވައިގެ ހަމަލާތަކެއް ދީފި – އީރާނުން ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރުދީފި!
އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް އީރާނުން މިސައިލުން ހަމަލާދޭން މަސައްކަތްކުރުމާ ގުޅިގެން، ދިފާއީ ފިޔަވަޅެއްގެ ގޮތުން އެމެރިކާއިން ވަނީ އީރާނުގެ ގޭޝްމް ރަށަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯރްމުޒް ކަނޑުއޮޅި ކައިރީގައިވާ ގޭޝްމް ރަށުގައި އީރާނުން ގާއިމުކޮށްފައިވާ ވައިގެ ދިފާއީ ނިޒާމުތަކަށާއި މިސައިލް އުއްގާޑިތަކަށް އެމެރިކާއިން ވަނީ ހަމަލާދީ ހަލާކުކޮށްލާފައެވެ. އެމެރިކާގެ ކަމާބެހޭ އޮފިޝަލުން ބުނެފައިވަނީ މިއީ ބޮޑު ހަނގުރާމައެއް އަލުން ފެށުން ނޫން ކަމަށާއި، މިއީ އެމެރިކާގެ އުޅަނދުތަކުގެ ދިފާއުގައި ދިން މަހްދޫދު ހަމަލާއެއް ކަމަށެވެ.
❗️ US OFFICIALS CONFIRMED WASHINGTON BOMBED IRAN'S QESHM ISLAND FEW HOURS AGO IN A SERIES OF 'LIMITED STRIKES' — WSJ https://t.co/Yy3C0ysWPQ
— RT (@RT_com) November 3, 2026
މި ހަމަލާއާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އީރާނުން ބުނެފައިވަނީ އެމެރިކާއިން އިތުރު އަސްކަރީ ހަމަލާއެއް ދީފިނަމަ، އެކަމަށް ވަގުތުން ވަރުގަދަ ރައްދެއް ދިނުމަށް އެންމެ މަތީ ދިފާއީ ރޭވުމުގެ ދަށުން ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ހަމައެކަނި ތެޔޮ ގުދަންތަކަށް ނޫން ގޮތަށް، އެމެރިކާގެ އެހެނިހެން މުހިންމު ވަސީލަތްތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސް އޮފިޝަލުން ވަނީ ދީފައެވެ.
މި ހަމަލާތައް ދީފައިވަނީ ދެފަރާތުގެ މެދުގައި ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.