Latest News
އެންމެ ފަހުގެ ޚަބަރު
654 articles
ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން އަގުކޮމިޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލަނީ
އެކޯޓްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ތަނެއް ނުވަތަ އެއްޗެއް އަގުކުރަން އަދި އިންސްޕެކްޓް ކުރަންޖެހިއްޖެ ޙާލަތެއްގައި، ތަނުގެ ބާވަތަށް ބަލައި، އަގުކޮމިޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެތެރެއިން އެންމެ ޤާބިލް 03 މެމްބަރުންގެ މައްޗަށް އެކުވެލޭ އަގުކޮމިޓީއެއް އެކަމަށް ޢައްޔަން ކުރެވޭނެ ކަމަށާއި އަގުކުރުމުގެ މަސައްކަތްކުރައްވާ ކޮމެޓީގެ މެމްބަރުންނަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300.0 ރުފިޔާގެ އުޖޫރައެއް ދޭނެ ކަމަށްވެސް އެކޯޓުން ވަނީ ހާމަކޮށްފައެވެ.
ޅެންވެރިންނާއި ލިޔުންތެރިންގެ ދަފްތަރު އެކުލަވައިލުމަށް ބަހުގެ އެކެޑަމީން މައުލޫމާތު އެއްކުރަނީ
ދިވެހިބަހުގެ އެކަޑަމީން ހާމަކޮށްފައިވާ ގޮތުގައި ޅެންވެރި އާއި ލިޔުންތެރިޔާގެ މައުލޫމާތު ފޮނުވާ އިރު، އެ ފަރާތެއްގެ ކުރު ތައާރަފެއް، ނުވަތަ ވަނަވަރަކާ އެކު، އެ ފަރާތެއްގެ ވީހައި ގިނަ އުފެއްދުންތައް ހިމެނޭ ލިސްޓެއް ހިމެނުމަށް ވަނީ އެދިފައެވެ.
އިއްޔެ: 22 ސެޕްޓެމްބަރު 2026 – ޢާއްމު މަޢުލޫމާތު (ގެޒެޓްން ބައެއް މައުލޫމާތު)
އިއްޔެ: 22 ސެޕްޓެމްބަރު 2026 – ޢާއްމު މަޢުލޫމާތު (ގެޒެޓްން ބައެއް މައުލޫމާތު)
އިއްޔެ: 22 ސެޕްޓެމްބަރު 2026 – ދެންނެވުން (ގެޒެޓްން ބައެއް މައުލޫމާތު)
އިއްޔެ: 22 ސެޕްޓެމްބަރު 2026 – ދެންނެވުން (ގެޒެޓްން ބައެއް މައުލޫމާތު)
އައްޑޫ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވާލައިފި
އައްޑޫ ސިޓީގެ ކައުންސިލް އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ވަނީ އައްޑޫ ސިޓީގެ ތަރައްގީގެ ޕްލޭންގެ ޑްރާފްޓް އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީގޮތުން އެއްބަސްވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (ސަސްޓޭނަބްލް ޑިވެލޮޕްމަންޓް ގޯލްސް) ހާސިލްކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއްދީގެން ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ ޕްލޭންތަކާއި އެއްގޮތްވާގޮތަށް ކަމަށެވެ.
އިއްޔެ: 22 ސެޕްޓެމްބަރު 2026 ބީލަން މަޢުލޫމާތު
ބީލަން ހުށަހެޅުމަށް ހުޅުވާލުން (ގެޒެޓްން ބައެއް މައުލޫމާތު)
ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ސަސްޕެންޑުކޮށްފި
ޝިއުނާ މަގާމުން ސަސްޕެންޑު ދާދިފަހުން އެ އޮފީހަށް ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަޤާމަށް ޔަޒްމީދު މުޙައްމަދު އައްޔަން ކުރިފަހުންނެވެ. ނަމަވެސް ޝިއުނާ ސަސްޕެންޑްކޮށްފައިވަނީ ކޮން ކަމަމާއި ގުޅިގެންކަން އަދި މިހާތަނަށް ވަނީ ސާފުވާގޮތް ނުވެފައެވެ.
ލަންކާގެ މަސައްކަތްތެރިޔަކަށް މަރުގެ ހުކުމް: އާދައިގެ ކޯޓު މައްސަލައަކުން މުޅި ޤައުމު ސިއްސުވާލި ސިޔާސީ ބޮޑު ތޫފާނަކަށް
މި ބޮޑު ހުޅުގަނޑު ފަޅައިގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ ލަންކާގެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަމިއްލަ ފަރާތެއްގެ ލިޔުމެއްގައިވާ ގޮތުން، 2019 ވަނަ އަހަރުން ފެށިގެން އަނޯޖަން އަކީ އެ ފޭސްބުކް ކޮންޓެންޓް އުފައްދާ ފަރާތެކެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި، ޚާއްސަކޮށް ކޮވިޑް-19 ގައި މަރުވި މުސްލިމުން އެންދުމާ ގުޅޭގޮތުން ލަންކާގައި އުފެދުނު ބޮޑު މައްސަލައިގެ ތެރޭގައި އަނޯޖަން ވަނީ މުސްލިމުންނާއި އިސްލާމްދީނާ ދެކޮޅަށް ހިތުގައި ޖެހޭފަދަ ހުތުރު އެތައް ޕޯސްޓެއް ކޮށްފައެވެ. މިއީ ހަމައެކަނި އަމިއްލަ ތުހުމަތުތަކެއް ނަމަވެސް، މިހާރު މި މައްސަލައިގެ އެންމެ ބޮޑު ނާރެހަކީ، ލަންކާގައި ހުރެގެން ސޯޝަލް މީޑިއާގައި ކުރި ކޮމެންޓުތަކެއް ފަހުން ސައުދީގެ ޖިނާއީ މައްސަލައަކަށް ބަދަލުވުމެވެ. މިއާއެކު، ލަންކާގެ މަސައްކަތްތެރިންނަށް މިއަދު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، އަމިއްލަ ގައުމުގައި އޮންނަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ބޭރު ގައުމެއްގެ ގާނޫނުތަކުގެ ދަށުގައި އުޅޭއިރު ދެމިއޮންނާނީ ކިހާ ހިސާބަކަށްތޯއެވެ!
އީސްޓާ ސަންޑޭގެ މޭސްތިރިންނަށް ބޮޑު ހުކުމެއް އިއްވައިފި
ސްރީލަންކާގެ ތާރީޚުދުށް އެންމެ ބޮޑު އަދި އެންމެ ބިރުވެރި ޓެރަރިސްޓް ހަމަލާ ކަމަށްވާ 2019 ގެ "އީސްޓާ ސަންޑޭ" ބޮމުގެ ހަމަލާގެ މޭސްތިރިންނަށް މިއަދު މިވަނީ ހީވެސްނުކުރާ ފަދަ ބޮޑެތި އަދަބުތަކެއް ކަނޑައަޅައި، މުޅި ޤައުމު ސިއްސުވާލާފައެވެ! ކޮލަމްބޯ ޕާމަނަންޓް ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ނަވަރަތުނަ މަރަސިންހަ، ރަމަނާދަން ކަންނަން އަދި ސުޖީވާ ނިއްސަންކަ ހިމެނިވަޑައިގަންނަވާ ބެންޗުން މިއަދު އިއްވި ތާރީޚީ ހުކުމުގައި، ކުށް ސާބިތުވި 15 މީހެއްގެ މައްޗަށް ވަނީ ރެކޯޑު މުއްދަތެއްގެ ޖަލު ހުކުމްތަކެއް އިއްވާފައެވެ. އެގޮތުން 5 މީހަކު 200 އަހަރަށް، އަނެއް 5 މީހަކު 220 އަހަރަށް، 4 މީހަކު 240 އަހަރަށް އަދި އެކަކު 260 އަހަރަށް ބުރަ މަސައްކަތާއެކު ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ހަމައެހެންމެ، މިއެންމެންގެ ނަމުގައިވާ އުފުލޭ އަދި ނުއުފުލޭ ހުރިހާ މުދަލެއް ވަގުތުން ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ ހަރުކަށި އަމުރެއް ނެރެފައެވެ!
ފުށިދިއްގަރު ފަޅު (މިހާރުގެ ރަސްމާލެ) "ޖެންޒީ" އަށްވެސް ނޭނގިދާނެ ބައެއް އުސް އަލިތައް 2011 އިން 2026 އަށް
2011 ވަނަ އަހަރު
- ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދައުލަތުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމުން. އެ ނިންމުމުގައި އޮތީ، މަޝްރޫއަށް ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދު ކުރަން ނުޖެހޭ ގޮތަށް. އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބޭ ގޮތަށް.
ދެ ބޯޓް މައްސަލާގައި ކަސްޓަމްސްގެ އިހްމާލެއް އޮތްތޯ ބަލަނީ
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވާ ވިއްސާރަ ވިލާގަނޑެއްގައި ނަގިލި ކަހަލައިގެން މާލޭގެ އިރު އުތުރު ފަރާތު ފަރަށް އުރުމަށްފަހު ސިނަމާލެ ބްރިޖުގައި ޖެހުނު ދެ ބޯޓުގެ މައްސަލާގައި މޯލްޑިވްސް ކަސްޓަމްސްގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އަމިއްލަ އަށް އިސްނަގައިގެން އެކަން ބަލަށް ފަށައިފިއެވެ.
މިދިޔަ ހަފްތާ ސްކޭމް ކޮށްގެން ގެއްލުނު ފައިސާ އަދަދު ތިންލައްކައިން މައްޗަށް އަރާފައިވޭ - ފުލުހުން
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި މިގޮތުން ހުށަހަޅާފައިވާ 38 މައްސަލައިގެ ތެރެއިން ގެއްލުނު ކަމަށް ރެކޯޑް ކުރެވިފައިވާ ފައިސާގެ ތެރެއިން ފުލުހުން ކުރި މަސައްކަތުން އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދިފައެވެ.