Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
World Featured

ސައުތު ކޮރެއާގައި ބަހެއް އެތައް ކާރަކާ ޖެހި، 57 މީހަކަށް ގެއްލުން

ސައުތު ކޮރެއާގައި ބަހެއް އެތައް ކާރަކާ ޖެހި، 57 މީހަކަށް ގެއްލުން
https://www.koreaherald.com/article/10933289
ތަފްޞީލް

ދެކުނު ކޮރެއާގެ ސިއޮންގްނަމް ސިޓީގެ ބުންދަން ޑިސްޓްރިކްޓުގައި ސިޓީ ބަހެއް ކޮންޓްރޯލުން ނެއްޓި، މަގުމަތީގައި މަޑުކޮށްގެން ތިބި އެތައް ވެހިކަލްތަކެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 57 މީހަކު ޒަޚަމްވެއްޖެއެވެ.


މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 7:34 ހާއިރު، އޮފީސްތަކަށާއި ސްކޫލްތަކަށް މީހުން ދަތުރުކުރާ ބާރުބޮޑު ގަޑީގައި، ބުންދަން-ގޫ ގެ ޔާތަޕް-ޑޮންގ ސަރަޙައްދުގައި އޮންނަ ބިއޮލްމާލް ކަންމަތީގައެވެ . އެ ސަރަޙައްދުގައި ދުއްވާ ނަންބަރު 340 ސިޓީ ބަސް ކޮންޓްރޯލުން ނެއްޓި، ރަތް ބައްތިއަށް މަގުމަތީގައި މަޑުކޮށްގެން ހުރި ވެހިކަލްތަކުގައި ޖެހިގަތުމަށްފަހު، ގާތްގަނޑަކަށް 100 އާއި 150 މީޓަރުގެ ދުރުމިނަށް އެ އުޅަނދުތައް ކޮއްޕަމުން ކުރިއަށް ގޮސް، މަގުގެ މެދުގައި ހުރި ބެރިއަރގައި ޖެހިފައިވެއެވެ . މި ޗޭން އެކްސިޑެންޓުގައި އެ ބަހުގެ އިތުރުން އިތުރު 4 ބަހާއި، އެއް ކާގޯ ޓްރަކާއި، އަދި 27 ޕަސެންޖަރު ކާރު ހިމެނޭހެން ޖުމްލަ 32 އުޅަނދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ .


ކަމާބެހޭ އިދާރާތަކުން ބަޔާންކުރި ގޮތުގައި، މި ހާދިސާގައި އަނިޔާވި 57 މީހުންގެ ތެރެއިން 9 މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ . މީގެ ތެރޭގައި އެކްސިޑެންޓްވި ބަސް ދުއްވަން އިން ޑްރައިވަރުވެސް ހިމެނެއެވެ . އަދި ބާކީ 48 މީހުންނަށް ކުދި އަނިޔާތައް ލިބިފައިވާއިރު، އަނިޔާވި މީހުން ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސް ވަނީ އަވަސް ފަރުވާ ދީފައެވެ . މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތެއް މެދުވެރިނުވާ ކަމަށާއި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދެއެވެ.


ހާދިސާ ހިނގި ސަރަޙައްދަށް ރެސްކިއު އަދި ފަޔަރ ސާވިސްގެ 88 މުވައްޒަފުންނާއި 33 އެމަޖެންސީ އުޅަނދު ވަގުތުން ފޮނުވައި، މަގުމަތިން ވެހިކަލްތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި އެކްސިޑެންޓާ ގުޅިގެން ހެނދުނުގެ ޓްރެފިކް އެއްކޮށް ތޮއްޖެހިގެން ދިޔަ ނަމަވެސް، މަގު ސާފުކުރުމަށްފަހު ފަހުން ވަނީ ޢާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ .


މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާ ބެހޭގޮތުން ސުވާލުކުރުމުން، އުމުރުން 60 އަހަރުގެ ބަސް ޑްރައިވަރު ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ ބަހުގެ ބްރޭކް މަސައްކަތް ނުކުރުމުގެ ސަބަބުން ކޮންޓްރޯލް ނުކުރެވުނީ ކަމަށެވެ . ޑްރައިވަރު ބަނގުރާ ބޮއެގެން ހުރިތޯ ބެލުމަށް ހެދި ޓެސްޓުން އޭނާ ހުރީ މަސްތުގެ ޙާލަތުގައި ނޫންކަން ވަނީ ސާބިތުވެފައެވެ. ފުލުހުން މިހާރު ދަނީ ޑްރައިވަރު އެއްވެސް މަސްތުވާތަކެއްޗެއް ބޭނުންކޮށްފައިވޭތޯ ބެލުމަށް ޓެސްޓުތައް ހެދުމުގެ އިތުރުން، ވެހިކަލްތަކުގެ ޑޭޝްކޭމް (ބްލެކް ބޮކްސް) ފުޓޭޖްތަކާއި މަގުމަތީގެ ސީސީޓީވީ ކެމެރާތައް ބަލައި، ބަހުގެ މެކޭނިކަލް މައްސަލައެއް ހުރިތޯ ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ތަޙުޤީޤު ހިންގަމުންނެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all