ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ކާނިވާ 44" މިއަދު ހަވީރު ހުޅުމާލޭގައި ފަށަނީ.
ދިވެހިރާއްޖޭގެ ޤައުމީ ބޭންކު، ބޭންކް އޮފް މާލްޑިވްސް (ބީއެމްއެލް) އުފެދުނުތާ 44 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ކާނިވަލް "ކާނިވާ 44" މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށާނެއެވެ. މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ (14 ނޮވެމްބަރު) ނިޔަލަށް ކުރިއަށްދާ މި ކާނިވަލް އޮންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.
މި ކާނިވަލުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްޞަ ތަފާތު ކުޅިވަރުތަކާއި، ގޭމްތަކުގެ އިތުރުން މީރު ކާބޯތަކެއްޗާއި އުފެއްދުންތައް ވިއްކާ، ކުޅޭ ސްޓޯލްތަކާއި ލައިވް މިއުޒިކް ހުށަހެޅުންތައް އޮންނާނެއެވެ. މީގެ އިތުރުން، ކާނިވަލުގެ ސްޓޯލްތަކުން ވިޔަފާރިކޮށް ބީއެމްއެލް ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބޭ ޚާއްޞަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.
މެކްބުކް ނިއޯ ލަކީޑްރޯ:
ކާނިވަލުގެ ސްޓޯލްތަކުން މަދުވެގެން 50 ރުފިޔާގެ 5 މުޢާމަލާތް ބީއެމްއެލް ޑިޖިޓަލް ޕޭމަންޓް ބޭނުންކޮށްގެން ފުރިހަމަކުރުމުން، 5 މެކްބުކް ނިއޯގެ ތެރެއިން މެކްބުކެއް ހޯދުމުގެ 1 ފުރުޞަތު ލިބޭނެއެވެ.
އިލެކްޓްރިކް ސައިކަލް ލަކީޑްރޯ:
މަދުވެގެން 50 ރުފިޔާގެ 8 މުޢާމަލާތް ފުރިހަމަކުރާ ފަރާތްތަކަށް ކަރަންޓު ސައިކަލް ނަސީބުވެރިންނަށް ލިބޭ ޚާއްޞަ ގުރައެއްގައި ބައިވެރިވެވޭނެއެވެ.
