Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Technology Featured

ނާސާއިން މާލީ އެހީތެރިކަންދީގެން ޕްލާސްޓިކް ކުނި ކެވޭ ބިސްކޯދައް ބަދަލުކުރާ ނިޒާމެއް ސައިންސްވެރިން ތަރައްޤީކޮށްފި

ނާސާއިން މާލީ އެހީތެރިކަންދީގެން ޕްލާސްޓިކް ކުނި ކެވޭ ބިސްކޯދައް ބަދަލުކުރާ ނިޒާމެއް ސައިންސްވެރިން ތަރައްޤީކޮށްފި
The Guardian, Bakery and Snacks
ތަފްޞީލް

އެމެރިކާގެ ނޭޝަނަލް އެއަރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) ގެ "ޑީޕް ސްޕޭސް ފުޑް ޗެލެންޖް" އަދި ނޭޝަނަލް ސްޕޭސް ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ސައިންސްވެރިން ވަނީ ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅިއާއި ދަނޑުވެރިކަމުގެ ކުނި ބޭނުންކޮށްގެން ކެވޭ ބިސްކޯދު އުފެއްދުމުގެ ކާމިޔާބު ނިޒާމެއް އިޖާދުކޮށްފައެވެ.


 ސަދަން އިލިނޯއީ ޔުނިވަރސިޓީ ކާބޮންޑޭލް ގެ ރިސާޗަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި، ޖެނެޓިކަލް އިންޖިނިއަރިންގ މެދުވެރިކޮށް ބަދަލުކޮށްފައިވާ އީސްޓް  ބޭނުންކޮށްގެން، ޕްލާސްޓިކްގައި ހުންނަ ކާބަން، އިންސާނުންނަށް ކެވޭފަދަ ނިއުޓްރިޝަނަލް މާއްދާތަކަށް ބަދަލުކޮށްދެއެވެ. މި ޓެކްނޮލޮޖީގެ ދަށުން މައިކްރޯބައިޓްސްގެ ނަމުން ނަންދީފައިވާ މި ބިސްކޯދު އުފައްދަނީ މުހިންމު ދެ މަރުޙަލާއެއް ކަޑައްތުކުރުމަށްފަހުގައެވެ.


އެންމެ ފުރަތަމަ ޕްލާސްޓިކް ފުޅިއާއި ގަސްގަހާގެއްސާއި ދަނޑުވެރިކަމުގެ ކުނި، ފެނާއި އޮކްސިޖަން ބޭނުންކޮށްގެން މަތީ ފިނިހޫނުމިނާއި ޕްރެޝަރުގައި ކެމިކަލީ ރޫޅާލައެވެ. މީގެ ސަބަބުން ކުދި މޮލިކިއުލްތަކެއް އުފެދި، މައިކްރޯބްސް (ޖަރާސީމު) ތަކަށް އެ ބޭނުންކުރެވޭނެ މަގުފަހިވެއެވެ. ޖެނެޓިކްސް ބަދަލުކޮށްފައިވާ ޚާއްޞަ ޔީސްޓް ސްޓްރެއިންތަކަކުން މި މޮލިކިއުލްތައް ކައިގެން، އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން، ފެޓްސް އަދި އެސިޑްތައް އުފައްދައެވެ.


މިގޮތަށް އުފެއްދޭ ޕްރޮޓީން މާއްދާތަކުގެ ތެރެއަށް ފައިބަރ، ސްޓާޗް އަދި ފޮނިކުރާ މާއްދާތައް އެއްކުރުމަށްފަހު، ޕްރިންޓަރެއް ބޭނުންކޮށްގެން ބިސްކޯދު ބައްޓަމަށް ޕްރިންޓްކުރެއެވެ. މީގެ އިތުރުން، ޔީސްޓް ބޭނުންކޮށްގެން ވެނީލާ ރަހަ އާއި، ހަށިގަނޑުން ވިޓަމިން އޭ އަށް ބަދަލުކޮށްދޭ ބީޓާ-ކެރޮޓީން ވެސް މިއަށް އިތުރުކުރެވޭނެ ގޮތް ސައިންސްވެރިން ވަނީ ހޯދާފައެވެ.


އެސޯސިއޭޓް ޕްރޮފެސަރު ލާހިރޫ ޖަޔަކޮޑީ ވިދާޅުވި ގޮތުގައި، ޕްލާސްޓިކަކީވެސް ކާބަންއަށްވެފައި، ކާނާއަކީވެސް ކާބަން ކަމަށްވާތީ، ކުނި ބޭނުންކޮށްގެން އަގުހުރި އެއްޗެއް އުފެއްދުމަށް ކުރެވުނު މަސައްކަތުން މި ނަތީޖާ ހާސިލުވިއެވެ.


މި އީޖާދަކީ އާދައިގެ ބާޒާރުގައި ވިއްކާ ބިސްކޯދުގެ ބަދަލުގައި ބޭނުންކުރަން އުފެއްދި އެއްޗެއް ނޫންނަމަވެސް، މީގެ މުހިންމުކަން ބޮޑީ، މާސް ނުވަތަ ކާއިނާތުގެ ދުރު ހިސާބުތަކަށް ކުރާ ދިގު ދަތުރުތަކުގައި، ޖާޒީގައި ހުންނަ ކުނިބޭނުންކޮށްގެން އެސްޓްރޯނޯޓުންނަށް ކާނާ ތައްޔާރުކުރެވޭތީވެ. އަދި، ޠަބީޢީ ކާރިސާތަކުގެ ސަބަބުން ކާބޯތަކެތި ލިބުން ދަތިވާ ސަރަޙައްދުތަކަށާއި ސަބްމެރިންތަކަށް ކާނާ ފޯރުކޮށްދެވޭނެތީއެވެ. ހަމަ އެއާއެކު، ދުނިޔޭގައި އިތުރުވަމުންދާ ޕްލާސްޓިކް ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަށެވެ.


މި ސައިންސްވެރިންގެ ހޯދުންތަކަށް ބަލާއިރު މި ބިސްކޯދުތަކަކީ ކެއުމަށް ރައްކާތެރި އެއްޗެކެވެ. ނަމަވެސް، އާންމުކޮށް މީހުންނަށް ކާންދީގެން ރަހަ ބެލުމުގެ  ތަޖުރިބާތައް ކުރިއަށްގެންދިއުމަށްޓަކައި އަދިވެސް ކަމާބެހޭ އިދާރާތަކުގެ ރަސްމީ ހުއްދަތައް ހޯދުމުގެ މަސައްކަތް ސައިންސްވެރިން ދަނީ ކުރަމުންނެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all