ހަރުފަ ކުއްޖާ ދިރުވާލީ؟ ސޯޝަލް މީޑިއާގައި ދައުރުވާ "ބިރުވެރި" ވީޑިއޯގެ އަސްލު ހަގީގަތް އެނގުމުން އެންމެން ހައިރާންވެއްޖެ!
ސޯޝަލް މީޑިއާއަކީ އަޖައިބުން ފުރިގެންވާ ތަނެކެވެ. އިއްޔެއަކު އަދި މިއަދަކު ނޫނެވެ؛ ކޮންމެ ދުވަހަކުވެސް މީހުން ސިއްސައިގެންދާ ފަދަ ވާހަކަތަކާއި ވީޑިއޯތައް އިންޓަނެޓުގައި ދައުރުވެއެވެ. އެގޮތުން އެންމެ ފަހުން އާންމުންގެ ސަމާލުކަން ހޯދައިގެން މިއުޅެނީ ކުޑަކުއްޖަކާއި ބޮޑު ހަރުފައެއްގެ "ނުރައްކާތެރި" ވާހަކައެކެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ އަންހެން ކުއްޖަކު ވަރަށް އުފާވެލާފައި، އެއްވެސް ބިރެއްނެތި ބޮޑު ހަރުފައަކާއެކު ކުޅެން އޮވެއެވެ. ނަމަވެސް އެ މަންޒަރަށްފަހު ދެން ފެންނަ ފޮޓޯއަކުން ދައްކުވައިދެނީ، އެ ހަރުފަ ބޮޑުވެގެންގޮސް އެ ކުޑަކުއްޖާ އެއްކޮށް ދިރުވާލާފައިވާ ތަނެވެ! މި ވީޑިއޯ ހިއްސާކުރި ފަރާތްތަކުން ވަނީ "ކޮންމެފަދަ ގެއްލުމެއްވެސް ލިބިދާނެތީ، ވަައިލްޑް އެނިމަލްސް ނުވަތަ ނުރައްކާތެރި ސޫފާސޫފި ގޭގައި އެކުވެރިންގެ ގޮތުގައި ނުގެންގުޅުމަށާއި، ބެލެނިވެރިން ސަމާލުވުމަށް" ބުނެ ވަރަށް ސީރިއަސް އިންޒާރުތަކެއްވެސް ދީފައެވެ. މި ވާހަކަ ފެތުރިގެން ދިޔައީ އެ ކުއްޖާގެ ފުރާނަ ގެއްލުނީ ކަމަށް ބުނެއެވެ.
This Viral Video circulating online claims this little girl who was swallowed by a Huge Rattle snake after several minutes seen playing with it Reminding Parents not to Pet any wild animals no matter how familiar they are with it 😭😭💔This little Girl’s life was gone in vain😭 https://t.co/zJr80BPe8S
— Haber (@tumukundeabel4) October 23, 2026
ނަމަވެސް، ހަގީގަތަކީ ކޮބާ؟
ފެކްޓް-ޗެކް ކުރާ ބައިނަލްއަގުވާމީ މީޑިއާ އޭޖެންސީތަކުން މައްސަލަ ތަހުގީގުކުރުމުން އެނގުނު ގޮތުގައި މިއީ މީހުން ބިރުގަންނަވާލައި "ލައިކް" ހޯދަން ހަދާފައިވާ މުޅިން ދޮގު ވާހަކައެކެވެ!
އަންހެން ކުއްޖާ ސަލާމަތުން: މި ވީޑިއޯގެ އަސްލަކީ އިންޑޮނޭޝިއާގެ އާއިލާއަކުން އެމީހުން ގެންގުޅޭ އޮޅު ހަރުފައަކާއެކު ދަރިފުޅު ކުޅޭ މަންޒަރު ރެކޯޑުކޮށްފައިވާ ވީޑިއޯއެކެވެ. އެ ކުޑަކުއްޖާއަށް އެއްވެސް ނުރައްކަލެއް ނުވެއެވެ.
ދިރުވާލި މަންޒަރަކީ AI!: ހަރުފަ މީހަކު ދިރުވާލައިގެން އޮތްކަމަށް ދައްކާ ފޮޓޯއަކީ AI ބޭނުންކޮށްގެން ހަދާފައިވާ ފޭކު ފޮޓޯއެކެވެ.
ނުރައްކާތެރި "ރެޓްލްސްނޭކް" އެއް ނޫން: އިންޓަނެޓުގައި ވިހަގަދަ ރެޓްލްސްނޭކެއް ކަމަށް ބުނި ނަމަވެސް، ވީޑިއޯއިން ފެންނަނީ އާދައިގެ ޕައިތަން (Python) ހަރުފައެކެވެ.
އިންޓަނެޓުގައި ދައުރުވާ ދޮގު ޚަބަރުތަކާ ޚިލާފަށް، އޮޅުކޮށްގެން ނުވަތަ ގޭގޭގައި ބޮޑެތި ހަރުފަ ގެންގުޅުމުގެ ތެރޭގައި ކުޑަކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ ހަގީގީ ހާދިސާތައް ދުނިޔޭގައި ހިނގާފައިވެއެވެ. އެގޮތުން 2013 ވަނަ އަހަރު ކެނެޑާގައި ގޭގައި ބަންދުކޮށްފައި ހުރި 100 ޕައުންޑްގެ އެފްރިކަން ރޮކް ޕައިތަންއެއް ސަލާމަތްވެގެން ގޮސް، ނިދާފައި ތިބި ދެ ކުޑަކުދިންގެ ގައިގައި އޮޅި ނޭވާހުއްޓުވައިގެން މަރާލާފައިވާ ހާދިސާއަކާއި، އިންޑޮނޭޝިއާގައިވެސް ބޮޑެތި ޕައިތަން ހަރުފަ ކުޑަކުދިންނަށާއި މީހުންނަށް ހަމަލާދީ ދިރުވާލާފައިވާ ހަގީގީ ނުރައްކާތެރި ހާދިސާތައް ހިނގާފައިވެއެވެ.
ވީމާ، ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ ބިރުވެރި ނުވަތަ "އަޖައިބު" ވާހަކައަކަށް ކުއްލިއަކަށް ހައްލެވިގެން ގަބޫލުނުކުރާށެވެ! އެ ކުޑަކުއްޖާ ހުރީ ސަލާމަތުން، ގޭގައި އުފަލުންނެވެ.

