Technology Featured

ކޮންމެ އިންސާނަކަށް އޭނާގެ އޭއައި (AI) ވާޝަނެއް އުފެއްދުމަށް ލޮސް އެންޖެލިސްގެ ކުންފުންޏަކުން އާ ޓެކްނޮލޮޖީއެއް ތަޢާރަފުކޮށްފި

Advertisement
ކޮންމެ އިންސާނަކަށް އޭނާގެ އޭއައި (AI) ވާޝަނެއް އުފެއްދުމަށް ލޮސް އެންޖެލިސްގެ ކުންފުންޏަކުން އާ ޓެކްނޮލޮޖީއެއް ތަޢާރަފުކޮށްފި
Photo: Kling.ai
ތަފްޞީލް

 ކުރިއަށް އޮތް ތަނުގައި ކޮންމެ އިންސާނެއްގެވެސް އަމިއްލަ ސިފައާއި އަޑާއި ޝަޚްޞިއްޔަތު ރަމްޒުކޮށްދޭ އާޓިފިޝަލް އިންޓެލިޖެންސް (AI) "އޭއައި ވާޝަނެއް" އޮންނާނެކަމަށް ބުނެ، އެކަމަށް ޓެކްނޮލޮޖީއެއް އެމެރިކާގެ ލޮސް އެންޖެލިސްއަށް ނިސްބަތްވާ 'ޖީނީސް' (ސްޓާޓްއަޕް) ކުންފުނިން އާ ޓެކްނޮލޮޖީއެއް ތަރައްޤީކޮށްފިއެވެ.

 

ސީއެންއެންގެ ނޫސްވެރިޔާ ބީޖަން ހުސައިނީ ވަނީ "ޖީނީސް" (Genies) ނަމަކަށް ކިޔާ މި ކުންފުންޏަށް ޒިޔާރަތްކޮށް، މި އީޖާދީ ޓެކްނޮލޮޖީ މަސައްކަތްކުރާ ގޮތުގެ ޚާއްޞަ ރިޕޯޓެއް ތައްޔާރުކޮށްފައެވެ.

 

ޚަބަރުގެ މުހިންމު ތަފްޞީލުތައް:


  • ނިދުމެއް ނެތި 24 ގަޑިއިރު އޮންލައިންކޮށް: މި ޓެކްނޮލޮޖީގެ އެންމެ ޚާއްޞަ ކަމަކީ އިންސާނާ ނިދާފައި ނުވަތަ އޮފްލައިންކޮށް ހުންނަ ވަގުތުތަކުގައިވެސް، އޭނާގެ "އޭއައި އަވަޓަރ" ނުވަތަ ޑިޖިޓަލް ކްލޯން އޮންލައިންކޮށް ހަރަކާތްތެރިވަމުން ދިއުމެވެ.

 

  • މަޝްހޫރު ފަރާތްތަކުގެ އަވަޓަރ: މި ކުންފުނީގެ ސީއީއޯ އާކާޝް ނިގާމް (Akash Nigam) މައުލޫމާތު ދިންގޮތުގައި، ކުޅިވަރު ތަރިންނާއި، މަޝްހޫރު ސެލެބްރިޓީންގެ އަވަޓަރުތައް މިހާރުވެސް ވަނީ އުފައްދާފައެވެ. މީގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކެންޑޭސް ޕާކާ (Candace Parker) ފަދަ ތަރިންގެ އަވާތާރުތައް ހިމެނެއެވެ.

 

  • މުއާމަލާތްކުރުމުގެ ޤާބިލުކަން: މި އޭއައި އަވަޓަރުތަކަކީ އެމީހެއްގެ އަސްލު އަޑާއި، ވާހަކަދައްކާ އުޞޫލާއި، މިޒާޖު ދެނެގަނެގެން އަމިއްލައަށް ސޯޝަލް މީޑިއާގައާއި އެހެނިހެން މަންސަތަކުގައި ސޭފްކޮށް މުއާމަލާތްކުރުމުގެ ޤާބިލުކަން ލިބިގެންވާ އެއްޗެކެވެ.

 

މާހިރުންގެ ކަންބޮޑުވުންތައް:

 

މިފަދަ އޭއައި ޓެކްނޮލޮޖީތައް ކުރިއަރަމުންދާއިރު، އެމް.އައި.ޓީ (MIT) ފަދަ ދުނިޔޭގެ އެންމެ މަތީ އިދާރާތަކުގެ ރިސާޗަރުން ވަނީ ބައެއް ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އެގޮތުން އިންސާނާގެ ޑިޖިޓަލް އައިޑެންޓިޓީ ނުވަތަ އަމިއްލަ މައުލޫމާތު އޮޅުވާލުމާއި، އޮންލައިންކޮށް މީހުންގެ ނަމުގައި އޮޅުވާލައިގެން މުއާމަލާތްކުރުމުގެ ނުރައްކާ ބޮޑުވެގެންދާނެކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް