🚨 ފަސިންޖަރެއްގެ ހެދުމުގައި ލޭ — ފޮޓޯ ލީކްވެއްޖެ! ފްލައިދުބާއީގެ މި ފްލައިޓުގައި އަސްލު ހިނގީ ކޮންކަމެއް؟ ހައިޖެކް އެލާޓެއް ނޫނީ އެހެން ކަމެއްތަ؟ ސިއްރު އިތުރަށް ބޮޑުވެއްޖެ... ފްލައިދުބާއީ އިން ހަގީގަތް ފޮރުވަނީތަ؟
ކޮކްޕިޓް ތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިނގާ، ހަޅޭއްލަވާ އަޑު އިވުނުކަމަށް ފަސިންޖަރުން ބުނެފައިވެއެވެ. ބައެއް ފަސިންޖަރުންނަށް ލޭ ފެނިފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު، މި ހާދިސާގެ ތެރޭގައި އެއް ޕައިލެޓަކަށް އަނިޔާވެފައިވާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. މިއީ ފަސިންޖަރުންނާއި މީޑިއާތަކުން ހާމަކުރަމުންދާ މަޢުލޫމާތުތަކަކަށް ވާއިރު، މިއީ އަދި ތަޙުޤީޤުކުރެވެމުންދާ ކަންކަމެވެ.
މިއީ އާންމުކޮށް ހިނގާފަދަ ހައިޖެކް ކުރުމެއް ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް، އިސްރާއީލުގެ ސަލާމަތީ މަސްދަރުތަކުން ފަހުން ވަނީ އެކަން ދޮގުކޮށްފައެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ކުއްލި ޙާލަތު މެދުވެރިވިކަމަށް ބެލެވެނީ ޕައިލެޓުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުންނެވެ. ފްލައިޓުގައި ހާދިސާއެއް ހިނގާފައިވާކަން ފްލައިދުބާއީ އިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މިކަމާ ގުޅޭގޮތުން އާންމުންނަށް މިހާތަނަށް ހިއްސާކޮށްފައިވަނީ ވަރަށް މަދު މަޢުލޫމާތެކެވެ
- ހައިޖެކް ކޯޑު ޓްރާންސްމިޓްކުރީ (ފޮނުވީ) ކީއްވެގެން ހެއްޔެވެ؟
- ކޮކްޕިޓް ތެރޭގައި އަސްލު ހިނގީ ކޮންކަމެއް ހެއްޔެވެ؟
- މަތިންދާބޯޓު ކުއްލިއަކަށް އެހާ ބޮޑަށް ތިރިކުރީ ކީއްވެގެން ހެއްޔެވެ؟
- ފަސިންޖަރުންނަށް ފެނުނު ލެޔާއި، ލިބިފައިވާކަމަށް ބުނާ އަނިޔާތައް ލިބެން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟
މިކަމުގެ ތަޙުޤީޤު މިހާރުވެސް ކުރިއަށްދާއިރު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގިނަ މަޢުލޫމާތުތަކަކީ އަދި މިނިވަން ފަރާތަކުން ކަށަވަރުކުރެވިފައިވާ މަޢުލޫމާތުތަކެއް ނޫނެވެ.
ކަމާބެހޭ ފަރާތްތަކުން މި ހާދިސާ ތަޙުޤީޤު ކުރަމުންދާ ވަރަކަށް، މިކަމުގެ އިތުރު ތަފްޞީލުތައް ލިބިގެންދާނެކަމަށް ބެލެވެއެވެ. މިކަމުގެ އިތުރު މަޢުލޫމާތާއި އަދާހަމަ ހޯއްދެވުމަށް އެޓޯލްޕްރެސް ނިއުސް ކިޔުމުގައި ކުރިއަށް ވަޑައިގަންނަވާށެވެ.