Flydubai
10 stories tagged Flydubai
ފްލައި ދުބާއީ ބޯޓު ހައިޖެކް ކުރަން އުޅުނީ ބެން ގޫރިއަން އެއާޕޯޓަށް އަމާޒުކޮށްގެން: ތަހުގީގް
ޔޫއޭއީގެ ބަޖެޓް އެއާލައިން "ފްލައި ދުބާއީ" (Flydubai) ގެ ފްލައިޓަކަށް އަމާޒުކޮށް މިދިޔަ ހަފުތާގައި ހިންގަން އުޅުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާ މައިގަނޑު މަގުސަދަކީ، އިސްރާއީލުގެ ޓެލްއަވީވްގައި އޮންނަ ބެން ގޫރިއަން ބައިނަލްއަގްވާމީ އެއާޕޯޓަށް ނުވަތަ އެ ސަރަހައްދުގެ މުހިންމު އިމާރާތަކަށް ބޯޓު ވައްޓާލުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
Ajay
2 days ago
ފްލައިދުބާއީ ބޯޓުގެ ހާދިސާއާއެކު ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ
ފްލައިދުބާއީގެ ފްލައިޓެއްގެ ކޯ-ޕައިލެޓް، ބޯޓުގެ ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން ކުރި މަސައްކަތާއެކު، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ސެކިއުރިޓީ ނިޒާމުގައި ހުރި ބޮޑެތި ހީނަރުކަންތައްތައް ފެންމަތިވެއްޖެއެވެ.
Abdulla
2 days ago
ފްލައިދުބާއީ ބޯޓުގައި ހިނގި ނުރައްކާތެރި ހާދިސާ! ޙަމަލާދިން ކޯ-ޕައިލަޓާ ބެހޭ އާ މަޢުލޫމާތުތަކެއް
ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީ FZ1073 އުޅަނދުގެ ކެޕްޓަން، އިންޑިއާގެ ސްމިތު މައްޗާރަށް ދިން ޙަމަލާއާ ގުޅޭގޮތުން އާ މަޢުލޫމާތުތަކެއް ވަނީ ހާމަވެފައެވެ.
Ihjas
3 days ago
ފްލައިދިބާއީ ހަމަލާއާ ގުޅިގެން ދިވެއްސަކު ހައްޔަރުކުރިކަން ރަސްމީކޮށް އަދި އެނގިފައެއްނެތް
ފްލައިދިބާއީ (Flydubai) ގެ ފްލައިޓް FZ1073 ގައި ކޮކްޕިޓް ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން، ދިވެހި އެއްވެސް ރައްޔިތެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ އެފަދަ ހައްޔަރުކުރުމެއް ހިންގާފައިވާކަމަށް ބައިނަލްއަޤްވާމީ އެއްވެސް އިދާރާއަކުން ބުނެފައި ނުވާކަން ކަށަވަރުވެއްޖެއެވެ.
Abdulla
4 days ago
ފްލައިދިބާއީ ފްލައިޓުގައި ހިނގި ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއްކަން ޔޫއޭއީއިން ކަށަވަރުކޮށްދީފި
ފްލައިދިބާއީ (Flydubai) ގެ ފްލައިޓް FZ1073 ގައި ކޮކްޕިޓް ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއަކީ ގަސްދުގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއްކަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ތަހުގީގީ އިދާރާތަކުން ކަށަވަރުކޮށްދީފިއެވެ.
Jameel
4 days ago
ފްލައިދުބާއީ ބޯޓުގެ ކޯ-ޕައިލެޓަކީ ކާކު؟ އަދި އޭނާއާ ބެހޭގޮތުން އެނގެނީ ކޮން ކަންތައްތަކެއް؟
ދުބާއިން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީ (Flydubai) ފްލައިޓް FZ1073 ގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދީ، ބޯޓު ވައްޓާލަން މަސައްކަތްކުރި ކޯ-ޕައިލެޓަކީ އުމުރުން 29 އަހަރުގެ ހަމާމް އަލް-ހައްމާމީ (Hamam Al-Hammami) އެވެ. އޭނާއަކީ އޯމާންގެ ބައްޕައަކާއި ސޫރިޔާގެ މަންމައަކަށް އުފަން އޯމާންގެ ރައްޔިތެކެވެ.
Abdulla
4 days ago
ފްލައިދުބާއީ ހާދިސާގެ ކެޕްޓަން ބޯޓު ސަލާމަތްކުރި ގޮތުގެ ތަފްސީލު ކިޔައިދީފި
ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީ ފްލައިޓް FZ1073 ގެ ކޮކްޕިޓް ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާގައި، ޒަޚަމްވެފައި ހުރެގެންވެސް ބޯޓާއި ފަސިންޖަރުން ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ ތަފްސީލު އެ ފްލައިޓުގެ ކެޕްޓަން ސްމިޓް މަޗާރު ކިޔައިދީފިއެވެ.
Abdulla
5 days ago
ފްލައިދުބާއީ ހާދިސާ: ރަސްމީ ތަހުގީގު ނުނިމެނީސް ނަތަންޔާހޫ ސިޔާސީ ފައިދާ ނަގަން އުޅުއްވި ކަމުގެ ތުހުމަތު
ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް FZ1073 ގައި ހިނގި ނުރައްކާތެރި ސެކިއުރިޓީ ހާދިސާއާ ގުޅިގެން ރަސްމީ ތަހުގީގުތައް ނުނިމެނީސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ހާދިސާ ސިޔާސީ މަންފާއަކަށް ބޭނުންކުރެއްވި ކަމުގެ ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.
Abdulla
5 days ago
ފުލައި ދުބާއީ ބޯޓްގެ ހާދިސާ ގައި އީރާނުގެ އަތެއް އޮތްތޯ ބަލާނަން. ނަތަންޔާހޫ
އިސްރާއީލަށް ދަތުރުކުރި ފްލައިދުބާއީ (flydubai) ބޯޓެއް ވައްޓާލަން އުޅުނު ކޯ-ޕައިލަޓްގެ މައްސަލައިގެ "އަސްލު" ހޯދުމަށް އިސްރާއީލުން މަސައްކަތް ކުރާނެ ކަމަށާއި، އަދި މި ހާދިސާގެ ތަހުގީގުގައި އިސްރާއީލުން "ވެސް" ބައިވެރިވުން އެކަށީގެންވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. ފޮކްސް ނިއުސް (Fox News) ގެ ހޯސްޓް ޝޯން ހެނިޓީގެ "ހެނިޓީ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ، "މި ހަމަލާދިން މީހާގެ އަސްލާއި، އޭނާއަށް އެހީތެރިވި ބަޔަކު ތިބިތޯ އަދި މިކަމުގެ ފަހަތުގައި އީރާން އޮތްތޯ އަހަރެމެން ހޯދާނަން. އަހަރެން ގަބޫލުކުރަނީ ވަރަށް އަވަހަށް މިކަން އަހަރެމެންނަށް އެނގިގެންދާނެ" ކަމަށެވެ. އަދި އީރާނުގެ ބައިވެރިވުމެއް އޮތްކަން ސީދާ ކަށަވަރުކުރަން އަދި މާ އަވަސް ކަމަށް ވިދާޅުވަމުން، އިސްރާއީލުގެ މަސްއޫލުވެރިން ވަނީ މި ހާދިސާގެ ތަހުގީގު ވަރަށް ކައިރިން ބަލަމުންދާ ކަމަށް ބުނެފައެވެ.
Ajay
6 days ago
🚨 ފަސިންޖަރެއްގެ ހެދުމުގައި ލޭ — ފޮޓޯ ލީކްވެއްޖެ! ފްލައިދުބާއީގެ މި ފްލައިޓުގައި އަސްލު ހިނގީ ކޮންކަމެއް؟ ހައިޖެކް އެލާޓެއް ނޫނީ އެހެން ކަމެއްތަ؟ ސިއްރު އިތުރަށް ބޮޑުވެއްޖެ... ފްލައިދުބާއީ އިން ހަގީގަތް ފޮރުވަނީތަ؟
ކޮކްޕިޓް ތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިނގާ، ހަޅޭއްލަވާ އަޑު އިވުނުކަމަށް ފަސިންޖަރުން ބުނެފައިވެއެވެ. ބައެއް ފަސިންޖަރުންނަށް ލޭ ފެނިފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު، މި ހާދިސާގެ ތެރޭގައި އެއް ޕައިލެޓަކަށް އަނިޔާވެފައިވާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. މިއީ ފަސިންޖަރުންނާއި މީޑިއާތަކުން ހާމަކުރަމުންދާ މަޢުލޫމާތުތަކަކަށް ވާއިރު، މިއީ އަދި ތަޙުޤީޤުކުރެވެމުންދާ ކަންކަމެވެ.
Ihjas
Sep 30, 2026