Saudi Arabia
30 stories tagged Saudi Arabia
މައްކާއަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލެއް ސައުދީ ވައިގެ ދިފާޢީ ބާރުތަކުން ވައްޓާލައިފި
ސައުދީ ޢަރަބިއްޔާގެ މުޤައްދަސް މައްކާގެ ސަރަޙައްދަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ފޮނުވާލި ބެލިސްޓިކް ދެ މިސައިލެއް، ސައުދީ ވައިގެ ދިފާޢީ ނިޒާމުން ވައިގެ ތެރޭގައި ގޮއްވާލައި ނާކާމިޔާބު ކޮށްލައިފިއެވެ. ގޮއްވާލި މިސައިލްތަކުގެ ބައިތައް ވެއްޓިފައިވަނީ މަސްޖިދުލް ޙަރާމާ 21 އަދި 35 ކިލޯމީޓަރު ދުރުގައިވާ ހިސާބުތަކަށެވެ.
Dhaalu
Nov 12, 2026
ހައްޖަށް ދާން މިހާރު ނަން ނޯޓުކުރިޔަސް ޖާގަ ލިބެނީ 17 އަހަރު ފަހުން 2043 ގައި: ހައްޖު ކޯޕަރޭޝަން
ރާއްޖެއިން ހައްޖަށް ދިއުމަށް މިހާރު ނަން ނޯޓުކުރާ މީހުންނަށް ޖާގަ ލިބޭނީ މީގެ 17 އަހަރު ފަހުން، 2043 ވަނަ އަހަރު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
Ismail
Nov 11, 2026
ހޮރުމުޒް ކަނޑުއޮޅީގައި އޮއިލް ޓޭންކަރަކަށް ހަމަލާދިނުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ!
މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެ، އިސްތިރާތީޖީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އޮއިލް ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަރަށް ބޮޑަށް މައްޗަށް އުފުލިއްޖެއެވެ.
Ismail
Oct 31, 2026
ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ރިފައިނަރީއަށް ހަމަލާ ދިންކަމަށް ހޫޘީންގެ ދަޢުވާ؛ ދުނިޔޭގެ ތެޔޮ އަގު މައްޗަށް
ސަޢޫދީ ޢަރަބިއްޔާގެ ރާސް ތަނޫރާ ތެޔޮ ރިފައިނަރީއަށް ހަމަލާ ދިންކަމަށް ޔަމަނުގެ ހޫޘީން ދަޢުވާކުރުމާއެކު، ދުނިޔޭގެ ތެޔޮ އަގު މައްޗަށް ގޮސް، ބްރެންޓް ތެޔޮގެ ބާރެލެއްގެ އަގު ޑޮލަރު 115.90 އަށް އަރާފައިވެއެވެ. މި ހަމަލާ ސަޢޫދީ ސަރުކާރުން ރަސްމީކޮށް ތަސްދީޤުކޮށްފައެއް ނުވެއެވެ.
Dhaalu
Oct 28, 2026
ސައޫދީގެ ދިފާއުގައި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިޞްރުގެ މަޖިލީހުން ފާސްކޮށްފި!
ޔަމަނުގެ ހޫތީ ޖަމާއަތުން ސައޫދީ އަރަބިއްޔާއަށް ދެމުންދާ ޑްރޯން އަދި މިސައިލް ހަމަލާތައް އިތުރަށް ވަރުގަދަކުރުމާ ގުޅިގެން، ސައޫދީ އަރަބިއްޔާގެ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރިހަމަ ހުއްދަ މިޞްރުގެ ގާނޫނުހަދާ މަޖިލީހުން ރަސްމީކޮށް ދީފިއެވެ.
Ismail
Oct 27, 2026
ދެ ހަފްތާގެ ބަންދަކަށްފަހު ރިޔާޟް އެއާޕޯޓް ބައެއް އޮޕަރޭޝަންތަކަށް ހުޅުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް މިސައިލް ޙަމަލާއެއް!
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދިޔަ ނުރައްކާތެރި ޑްރޯން އަދި މިސައިލް ޙަމަލާތަކާ ގުޅިގެން ދެ ހަފްތާއަށްވުރެ ދިގު މުއްދަތަކަށް ބަންދުކޮށްފައި އޮތް ސަޢޫދީ ޢަރަބިއްޔާގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓް (KKIA) ބައެއް އޮޕަރޭޝަންތަކަށް އަލުން ހުޅުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް އެއާޕޯޓަށް އަމާޒުކޮށް އާ ޙަމަލާތަކެއް ދީފިއެވެ
Ismail
Oct 26, 2026
ހައުސް އޮފް ސައުދު، ދިހަވަނަބައި؛ މިއަދުގެ ސަޢޫދީ ޢަރަބިއްޔާ: ވިޝަން 2030 އަދި ކުރިއަށް އޮތް މަގު
1727 ވަނަ އަހަރު ދިރްޢިއްޔާގައި މުޙައްމަދު ބިން ސަޢުދު ފެއްޓެވި ވެރިކަމުން ފެށިގެން، މިއަދުގެ ޒަމާނީ ސަޢޫދީ ޢަރަބިއްޔާއާ ހަމައަށް އާލް ސަޢުދު ޢާއިލާއިން ވަނީ ދިގު ސިޔާސީ ހަޔާތެއް ކަނޑައްތުކޮށްފައެވެ. 1818 ވަނަ އަހަރު ފުރަތަމަ ދައުލަތް ވެއްޓި، 1824 ވަނަ އަހަރު ދެވަނަ ދައުލަތް ގާއިމްވިއެވެ. 1891 ވަނަ އަހަރު އެ ދައުލަތްވެސް ވެއްޓި، 1902 ވަނަ އަހަރު ޢަބްދުލްޢަޒީޒު ރިޔާދު އަލުން ފަތަޙަކުރެއްވިއެވެ. 1932 ވަނަ އަހަރު ޒަމާނީ ސަޢޫދީ ޢަރަބިއްޔާ ގާއިމްވިއެވެ.
Silent Pen
Oct 26, 2026
ހައުސް އޮފް ސައުދު، ނުވަވަނަބައި؛ ރަސްގެފާނު ޢަބްދުލްޢަޒީޒުން ޒަމާނީ ސަޢޫދީ ޢަރަބިއްޔާއާ ހަމައަށް | 1953–2026
1953 ވަނަ އަހަރު ނޮވެމްބަރު 9 ވަނަ ދުވަހު، ޒަމާނީ ސަޢޫދީ ޢަރަބިއްޔާގެ ބާނީ، ރަސްގެފާނު ޢަބްދުލްޢަޒީޒު ބިން ޢަބްދުއްރަޙްމާން އާލް ސަޢުދު އަވަހާރަވިއެވެ. އެއާއެކު ސަޢޫދީ ތާރީޚުގެ މުހިންމު އެއް މަރުޙަލާއެއް ނިމި، އާ މަރުޙަލާއެއް ފެށުނެވެ. މިއީ އެ ގައުމުގައި ގާއިމްކުރި ރަސްގެފާނުގެ ވެރިކަން ނިމި، އޭނާގެ ދަރިންގެ ވެރިކަން ފެށުނު ދުވަސްކޮޅެވެ.
Silent Pen
Oct 25, 2026
މެދުއަރަބިކަރައިގެ މަސްރަޙު ހޫނުވެ، ރިޔާޟަށް ދިން މިސައިލް ޙަމަލާއެއް ނާކާމިޔާބުކޮށްލައިފި!
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، މުޅި މެދުއަރަބިކަރައިގެ މަސްރަޙު ވަނީ ނުރައްކާތެރި ފިޔަވަޅަކަށް ވާޞިލުވެފައެވެ. އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އައު ޙަމަލާތަކެއް ދީފާނެކަމުގެ ނިޝާންތައް ފެންނަން ފެށުމާއެކު، އީރާނުގެ އިސް މަސްއޫލުވެރިން ވަނީ ރައްދުގައި ޢަރަބި ގަލްފުގެ ކަނޑުއަޑީގެ މުވާޞަލާތީ ކޭބަލްތަކަށާއި، ޑޭޓާ ސެންޓަރުތަކުގެ އިތުރުން މާލީ އިންފްރާސްޓްރަކްޗަރަށް ޙަމަލާދީ ފާލުންނައްޓުވާލާނެކަމުގެ އިންޒާރު ދީފައެވެ.
ismail
Oct 24, 2026
ސުއޫދީގެ ކިންގް ފަހުދު އެއާޕޯޓަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ!
ސުއޫދީ އަރަބިއްޔާގެ އިރުމަތީ މައި ސަރަހައްދުގައި އޮންނަ ދައްމާމުގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި ދެ މީހުން މަރުވެ، އިތުރު އަށް މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
Aminath Raufa
Oct 23, 2026
ހައުސް އޮފް ސައުދު، ހަތްވަނަބައި؛ ތެޔޮ ފެނުމާއި ސައުދީގެ ނަސީބު ބަދަލުވުން | 1938–1980
ތެޔޮ ފެނުމަކީ ސަޢޫދީގެ ނަސީބު ބަދަލުކުރި މުހިއްމު ޙާދިސާއެއް ނަމަވެސް، އެސަބަބަކީ ގައުމު ކުރިއަރާން މެދުވެރިވި ހަމައެކަނި ސަބަބެއް ނޫނެވެ. ތެލުގެ އާމްދަނީ ބޭނުންކުރި ގޮތާއި، ސަރުކާރުގެ ސިޔާސަތުތަކާއި، ބޭރު ޤައުމުތަކާ ހެދުނު ގުޅުންތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ކުރެވުނު ޚަރަދުތަކުގެ ދައުރުވެސް މުހިއްމެވެ.
Silent Pen
Oct 23, 2026
ސަޢޫދީގެ ކިންގް ފަހުދު އެއާޕޯޓަށް ދިން ހަމަލާއެއްގައި މީހަކު މަރުވެ 8 މީހުން ޒަޚަމްވެއްޖެ!
ދައްމާމް / ރިޔާޟް (22 އޮކްޓޯބަރު 2026): ސަޢޫދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުގެ ދައްމާމުގައި އޮންނަ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި މީހަކު މަރުވެ، އިތުރު 8 މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
Ismail
Oct 22, 2026