Latest News
އެންމެ ފަހުގެ ޚަބަރު
654 articles
އުތީމުން ބަނދަރު ކައިރިން ވިޔަފާރިއަށް 3 ބިން ދޫކުރަނީ
އުތީމު ކައުންސިލުން ހާމަކުރާ ގޮތުގައި ރީޓެއިލް ވިޔަފާރި ކުރުމަށާއި ހޯލްސޭލް ވިޔަފާރިއަށް ޚާއްޞަކޮށްގެން ދޫކުރާ މި ތިން ބިމުގެ ތެރޭގައި ހިމެނެނީ 2360 އަކަފުޓްގެ ބިމަކާއި 2130 އަކަފޫޓްގެ ބިމަކާއި އަދި 1915 އަކަފޫޓްގެ ބިމެކެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" ފުރަތަމަ ފަހަރަށް ހއ. އުތީމަށް
ސެޕްޓެންބަރު 26ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން އުތީމަށް ބަނދަރުކުރުމުން، އުތީމު ރައްޔިތުންގެ ފަރާތުން އެ ރަށުގެ ބަނދަރު ސަރަޙައްދުގައި މަރުޙަބާ ކިޔުމުގެ ގޮތުން ޘަޤާފީ ހަރަކާތްތަކާއި ފަރިވަޅެއް ވަނީ އަރުވައިފައެވެ. މި ހަރަކާތްތައް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް ވަނީ އުތީމުގެ ލޮބުވެތި ރައްޔިތުންނާ އެކު ބައްލަވާލައްވާފައެވެ.
އިންޓަރޕޯލްގެ "އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް" އައްޑޫ ކެމްޕަހުގައި ފަށައިފި
މި ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު އެންސީޕީއެލްއީގެ އައްޑޫ ކެމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އަޙްމަދު ޢަބްދުއްރަޙްމާން ވަނީ، މިއީ އެންސީޕީއެލްއީގެ އައްޑޫ ސިޓީ ކެމްޕަހުގައި ކުރިއަށްގެންދެވޭ ބައިނަލްއަގުވާމީ ފުރަތަމަ ތަމްރީނު ޕްރޮގްރާމްކަން ފާހަގަކުރައްވައި، މިއީ އެ ކޮލެޖަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށާއި މި ހާސިލުކުރެވުނީ ވަރަށް ތާރީހީ ލަނޑުދަނޑިއެއް ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހުން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ބަރުދަނުގައި 1.5 ކިލޯ ހިމެނޭ 142 ބްލެޓާއެކު މިމަހުގެ 25 ވަނަ ދުވަހު މި މައްސަލައާ ގުޅިގެން ނޭޕާލު ނިސްބަތްވާ 47 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނަކާ ވަނީ ހައްޔަރު ކޮށްފައެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ރާއްޖެއައި އިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.
ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާތަކެއް ނީލަން ކިޔަނީ
އެކުންފުނި ނީލަން ކިއުމަށް އިއުލާން ކޮށްފައިވާ މުދަލުގެ ތެރޭގައި އޮރޭޝަން ތިއޭޓަރުގެ ފާރުތަކުގައި ޖަހާ ގިނަ ޢަދަދެއްގެ ޕެނަލްތަކަކާއި ދަގަނޑް ފްރޭމްތައް ހިމެނެއެވެ. އަދި ގިނަ ޢަދަދެއްގެ ޕާޓިކަލް ބޯޑާއި 50 ކިލޯގެ 9600 ސިމެންތި ޕްލާސްޓަރ އާއި ކަރުދާސް ތައްޓާއި އެހެނިގެން ސާމާނު ހިމެނެވެ.
ޕާކިސްތާނުގައި ބާއްވާ ޤްރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި
އަންނަ ނޮވެމެބަރު މަހުގެ 23 ން 27 ށް އިސްލާމް އާބާދުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ ފުރުޞަތެއް ކަމުގައިވާތީ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ތެރެއިން ބައިވެރިއަކު ހޮވާނީ އިމްތިހާނެއް ބާއްވައިގެން ކަމަށް ކިރިތި ޤްރުއާނާ ބެހޭ މަރުކައުން މައުލޫމާތު ދެއްވައެވެ.
އޭ.އައި ސައިންޓިސްޓުގެ ބޮޑު އިންޒާރު: އިންސާނުން ނައްތާލަން އޭ.އައި ނިންމަފާނެ!
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތަރައްޤީގެ ބޮޑު ދައުރެއް އަދާކުރި ސައިންޓިސްޓެއް ކަމަށްވާ ޖެފްރީ ހިންޓަން ދަނީ މިފަހަކަށް އައިސް އޭއައި ތަރައްޤީ ވަމުންދާ ބާރު މިނަށް ބަލައި އޭގެއިން ނުކުމެދާނެ ނުރަގަނޅު ނަތީޖާ އަކާއި ދޭތެރޭ ސަމާލުވުމަށް ގޮވައި އިންޒާރު ދެމުންނެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި ހަނގުރާމަ ނިންމުމުގެ ޕްރޮޕޯޒަލަށް ޓްރަމްޕް ދެކޮޅުހަދައިފި
މައްސަލަ ބޮޑުވެފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައި، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ހުށެހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅުހައްދަވައިފިއެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން އާ ޕްރޮރަޑަކްޓެއް ތަޢާރަފް ކުރަނީ
އެސްޓީއޯއިން ހާމަ ކުރައްވާ ގޮތުގައި އެކުންފުނިން، ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އާ ޕްރޮޑަކްޓެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ޕްރޮޑަކްޓް ތައާރަފް ކުރާނީ މި އެގްޒިބިޝަންގެ ދެވަނަ ދުވަހު ކަމަށާއި ޕްރޮޑަކްޓް ބޭނުން ކޮށްގެން ތައްޔާރުކުރާ އައިސްކްރީމްއާއި ފޮނިކާތަކެތި ރަހަ ބެލުމުގެ ފުރުސަތު އެސްޓީއޯ ސްޓޯލުން ލިބޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ސައިކަލެއްގެ މަޑިދަށުން އެއްލަކަ ފަންސާސްހާސް ރުފިޔާ ނެގިމީހާ ހޯދައިފި
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، ފައިސާ ނެގިކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.
ސައިންސްވެރިންނަށް ބިމަށްވުރެ ބޮޑު "ޖަވާހިރު ތަރިއެއް" ފެނިއްޖެ - މިއީ ކުރިން އަހަރެމެންގެ އިރު ފަދަ ތަރިއެއް!
ރޭގަނޑުގެ އުޑުމައްޗަށް ބަލާލަމުން، މީގެ 50 އަލީގެ އަހަރު ދުރުގައިވާ އާދަޔާޚިލާފު ބޮޑު ތަރިއަކާމެދު ވިސްނާލަބަލާށެވެ! މިއީ ދުނިޔޭގައި މިހާތަނަށް ނަގާފައިވާ ހުރިހާ އަލިމަހަކަށްވުރެ ބޮޑު އަދި އެތައް ގުނައެއް އަގުބޮޑު ކްރިސްޓަލް އެކުލެވޭ ތަރިއެކެވެ. މިއީ ސައިންސް ފިކްޝަން ފިލްމެއްގެ ވާހަކައެއްހެން ހީވި ނަމަވެސް، މިއީ ސެންޓޯރަސް ކޮންސްޓެލޭޝަންގައިވާ "ބީޕީއެމް 37093" ނަމަކަށް ކިޔާ ވައިޓް ޑްވޯފް ތަރިއެއްގެ ހަގީގީ ވާހަކައެވެ. ކާބަންއިން މުއްސަނދިވެފައިވާ މި ތަރީގެ އެތެރެއަށް ނިސްބަތްކޮށް، ދަ ބީޓްލްސްގެ މަޝްހޫރު ލަވަ "ލޫސީ އިން ދަ ސްކައި ވިތު ޑައިމަންޑްސް" އިން އިންސްޕަޔަރވެގެން މި ތަރިއަށް ވަނީ "ލޫސީ" ގެ ނަމުން ނަންދީފައެވެ.
ނެތަންޔާހޫގެ އދ. ވާހަކަފުޅަށް ނުރުހުމުގެ ހުސްގޮނޑި ދެއްވީ ކޮން ޤައުމުތަކެއް؟
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ 81 ވަނަ އާއްމު ޖަލްސާގައި ތަޤްރީރު ކުރަން ފަށަންވާއިރަށް ދުނިޔޭގެ ޤައުމުތަކުން ހުސްގޮނޑީގެ ވަރުގަދަ ނުރުހުމުގެ ރައްދެއް ދީ އިޙްތިޖާޒް ކޮށްފިއެވެ. އިޒްރޭލުގެ ބޮޑުވަޒީރު މި ތަޤުރީރު ދިނީ، ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ރައްޔިތުން އިޒްރޭލުގެ ސިޔާސަތު ތަކާއި، އަމަލުތަކާއި އަދި އިޒްރޭލުން ގާޒާގެ ރައްޔިތުންނާއި މެދި ހިންގި ލާއިންސާނީ ޖަރީމާ ތަކާއި މެދު ވަރަށް ބޮޑަށް ނުރުހުން ވެފައިވާ ދަނޑިވަޅެއްގައިއެވެ.