Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
World Featured

ނިއުޔޯކްގެ ބްރޫކްލިންގައި އިމާރާތެއް ވެއްޓި ދެ މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ

ނިއުޔޯކްގެ ބްރޫކްލިންގައި އިމާރާތެއް ވެއްޓި ދެ މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ
Photo: tntworld
ތަފްޞީލް

އެމެރިކާގެ ނިއުޔޯކް ސިޓީގެ ބްރޫކްލިންގެ ފްލެޓްބުޝް ސަރަހައްދުގައި ހުރި ތިން ބުރީގެ އިމާރާތެއް ބުދަ ދުވަހުގެ ހަވީރު ވެއްޓި، މަދުވެގެން ދެ މީހުން މަރުވެ އަދި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.


އިމާރާތް ވެއްޓުނު ހާދިސާގެ ރިޕޯޓް ފަޔާ ފައިޓަރުންނަށް ލިބި، ސަލާމަތީ މަސައްކަތްތައް ފަށާފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00 ހާއިރުއެވެ. ވެއްޓިފައިވަނީ ތިރީގައި ވިޔަފާރިތަކާއި މަތީގައި މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުރި އިމާރާތެކެވެ. އެ އިމާރާތް ވެއްޓިފައިވަނީ އޭގެ އިންވެގެން އޮތް ބިމެއްގައި އާ އިމާރާތެއް އެޅުމަށްޓަކައި ކޮންނަމުން ދިޔަ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއަށެވެ. އިމާރާތް ވެއްޓުމާއެކު ގާތަކާއި ލަކުޑިތަކުން އެ ކޮންސްޓްރަކްޝަން ވަޅުގަނޑު ވަނީ ފުރިފައެވެ.


ނިއުޔޯކްގެ މޭޔަރު ޒޮހްރާން މަމްދާނީ އާއި ފަޔާ ޑިޕާޓްމަންޓްގެ އޮފިޝަލުން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި، މި ހާދިސާގައި ދެ މީހުން މަރުވެފައިވާއިރު، ހަތަރު މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މީގެ އިތުރުން 12 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެ މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އަނިޔާވި މީހުންގެ ތެރޭގައި ހަތް ކުޑަކުދިންވެސް ހިމެނޭއިރު، ސަލާމަތީ މަސައްކަތުގައި އުޅުނު ފަޔާ ފައިޓަރަކަށްވެސް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ.


އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމަށް ފަޔާ ފައިޓަރުން ދަނީ އަތުން ގާތައް ނަގައި، ކީސް ފަދަ އާލާތްތައް ބޭނުންކޮށްގެން ކޮންނަމުންނެވެ. އަދި ވެއްޓިފައިވާ ގާތަކުގެ ދަށުގައި އިތުރު ބަޔަކު ތާށިވެފައި ތިބިތޯ ބެލުމަށް ޑްރޯންވެސް ދަނީ ބޭނުންކުރަމުންނެވެ. ހަވީރުގެ ވަގުތެއްގައި ގާތަކުގެ ތެރެއިން ވަޅުގަނޑެއް ކޮނެގެން ދިރިހުއްޓާ މީހަކު ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ގާތަކުގެ ދަށުގައި އަދި ކިހާ ބަޔަކު ތާށިވެފައި ތިބި ކަމެއް އޮފިޝަލުންނަށް ކަށަވަރެއް ނުވެއެވެ.


އެފްޑީއެންވައިގެ ކޮމިޝަނަރު ލިލިއަން ބޮންސިގްނޯރޭ ވިދާޅުވި ގޮތުގައި، ސަލާމަތީ ޓީމުތަކުން ކުރަމުންދަނީ ނުހަނު ނުރައްކާތެރި އަދި ބުރަ މަސައްކަތެކެވެ. އަދި މި އިމާރާތް ވެއްޓެން މެދުވެރިވި ސީދާ ސަބަބު ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all