Politics
ސިޔާސީ
އދ. ގައި ހޯދި ތާރީޚީ ކާމިޔާބީ: ފެނުގެ އަޑިއަށް ދިޔަޔަސް ޖަޒީރާ ގައުމުތަކުގެ ސިޔާދަތާއި އިންތައް ކަށަވަރު!
އދ. ގެ އާންމު މަޖިލީހުން އިއްތިފާގުން ފާސްކުރި މި ނިންމުމުގެ ދަށުން، އދ. ގެ ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާގެ ދަށުން ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދުތަކަށް ބަދަލެއް ނާންނާނެކަން ކަށަވަރުވުމުގެ އިތުރުން، ނާޒުކު ގައުމުތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ވަނީ ގޮވާލައިފައެވެ.
levis Oct 13, 2026 0 0
އޮޑިޓް އޮފީހުގެ 133.5 މިލިއަން ރުފިޔާގެ ބަޖެޓަށް މަޖިލީހުގެ މުހިންމު ފާސްވުމެއް!
ހުށަހަޅާފައިވާ މުޅި ފަންޑުގެ ތެރެއިން 43.5 މިލިއަން ރުފިޔާ ޚާއްޞަކޮށްފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ މަޝްރޫޢުތަކަށް އެހީތެރިވުމަށެވެ.
Aminath Oct 13, 2026 0 0
ނެތް ޖަލު އިމާރާތެއް މުގުރާލަން 2.9 މިލިއަން ރުފިޔާ ދޫކުރިކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެ
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ދައުރުގައި މާފުށީ ޖަލުގައި ހައި-ސެކިއުރިޓީ ވިންގެއް އެޅުމަށް 45 މިލިއަން ރުފިޔާގެ މަޝްރޫއެއް ބިޑް ކުރުމަކާ ނުލައި ޕޮލްކޯ (POLCO) އާ ހަވާލުކުރިކަން އޮޑިޓުން ހާމަވެއްޖެއެވެ.
Aminath Oct 13, 2026 0 0
ހަތަރު ރަށެއްގެ ވޯޓަރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އީސީން ހުޅުވާލައިފި؛ ލިސްޓުގައި 4,400 އަށްވުރެ ގިނަ ވޯޓަރުން
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ނޮވެމްބަރު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޮންލައިންކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮކްޓޫބަރު 24 ގެ މެންދުރު 12:00 އާ ހަމައަށް ވޯޓަރުންނަށް ވަނީ ހުޅުވާލައިފައެވެ.
Aminath Oct 13, 2026 2 0
ރަސްމާލެ މަޝްރޫޢު: އީގަލް ހިލްސްގެ އެއްބަސްވުމާއެކު ސިޔާސީ މަޝްރަޙު ހޫނުވެ، ބޮޑެތި ފާޑުކިޔުންތަކެއް
ޔޫއޭއީގެ އަބޫދާބީއަށް ނިސްބަތްވާ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި އީގަލް ހިލްސް އާއެކު ސަރުކާރުން "ރަސްމާލެ" (ފުށިދިއްގަރުފަޅު) ގައި ބޮޑު "ވޯޓަރފްރޮންޓް އެންޑް މެރީނާ" މަޝްރޫޢެއް ހިންގުމަށް 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން، ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ބޮޑެތި ބަހުސްތަކާއި ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.
Aminath Raufa Oct 13, 2026 1 0
ޕީއެންސީއަށް ސޮއި ނުކޮށްގެން ރާއްޖެއިން ސައޫދީއަށް ކަނޑައަޅާފައިވާ ސަފީރު މަގާމުން ވަކިކުރަނީ
ސައޫދީއަށް ކަނޑައަޅާފައިވާ ސަފީރު އަހުމާދު ސަރީރު، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް ސޮއި ނުކުރައްވައިގެން އެމަގާމުން ވަކިކުރަން ނިންމައިފިއެވެ.
Ahmed Naseer Oct 12, 2026 2 0
ޓްރަމްޕް އިޝްތިހާރުކުރަން ދައުލަތުގެ ފައިސާއިން ހިންގި 20 މިލިއަން ޑޮލަރުގެ ކެމްޕޭން ހުއްޓާލުމަށް ފެޑެރަލް ގާޒީއަކު އަމުރުކުރައްވައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝްތިހާރުކުރުމަށް ދައުލަތުގެ ބަޖެޓުން 20 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގަމުންދިޔަ ޓީވީ އިޝްތިހާރު ކެމްޕޭން ވަގުތުން ހުއްޓާލުމަށް ނިއުޔޯކުގެ ފެޑެރަލް ކޯޓަކުން އަމުރުކޮށްފިއެވެ.
Abdulla Oct 12, 2026 0 0
ސައުދީ އަރަބިއްޔާގެ މުހިއްމު އެއާޕޯޓްތަކަށާއި ތެޔޮ ފެސިލިޓީތަކަށް ހޫތީންގެ ހަމަލާތަކުގައި 18 މީހަކު މަރުވެއްޖެ 💥
ރިޔާދުގެ ބައިނަލްއަގްވާމީ އެއާޕޯޓަށް ހޫތީން ދިން އާ ހަމަލާއެއްގައި އާދީއްތަ ދުވަހު ޕާކިސްތާނުގެ ރައްޔިތަކު މަރުވެ 11 މީހަކު ޒަޚަމް ވެއްޖެއެވެ. މިހަމަލާ އައީ އޭގެ ކުރީ ދުވަހުގެ ހަމަލާއެއްގައި 13 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެފައި ވަނިކޮށެވެ.
Ajay Oct 12, 2026 0 0
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
Ajay Oct 10, 2026 0 0
ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުންވަކިކުރި އަޒުމިރަލްދާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވެން ނެތްކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ފުލުހުން ބެލި މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުން، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ފައިލްކޮށްފިއެވެ.
Ahmed Naseer Oct 8, 2026 1 0
ރަސްމާލެގެ ބިމުން ބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ބިމުން 500 ހެކްޓަރު 99 އަހަރަށް ކުއްޔަށް ދިނުމުން ލިބިދާނެ ފައިދާތަކާއި އަދި ގެއްލުންތައް.
HJay Oct 8, 2026 2 0
ރިކަވަރީ ކޮމިސަނެއް ހެދިނަމަވެސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް: މައުރޫފު
ނުހައްގުން މުއްސަނދިކަމާއި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދި ނަމަވެސް، އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) މިއަދު ވިދާޅުވެއްޖެއެވެ.
Ahmed Naseer Oct 6, 2026 0 0