Politics Featured

ޕީއެންސީއަށް ސޮއި ނުކޮށްގެން ރާއްޖެއިން ސައޫދީއަށް ކަނޑައަޅާފައިވާ ސަފީރު މަގާމުން ވަކިކުރަނީ

Advertisement
ޕީއެންސީއަށް ސޮއި ނުކޮށްގެން ރާއްޖެއިން ސައޫދީއަށް ކަނޑައަޅާފައިވާ  ސަފީރު  މަގާމުން  ވަކިކުރަނީ
ތަފްޞީލް

ސައޫދީއަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދުސަރީރު، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް ސޮއި ނުކުރައްވައިގެން އެމަގާމުން ވަކިކުރަން ސަރުކާރުން ނިންމައިފިއެވެ.


ޕީއެންސީއަށް ސޮއި ނުކުރައްވައިގެން އޭނާ މަގާމުން ވަކި ކުރަން ނިންމާފައިވާކަން ފޮރިން މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު ވަނީ ރާއްޖޭގައި ނުކުންނަ ނޫހަކަށް ޔަގީންކޮށްދެއްވާފަ އެވެ.


ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެންމެ ގިނަދުވަސްވީ އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.


އޭގެ އިތުރުން، އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމުގައި ވެސް ސަރީރު ހުންނެވި އެވެ. އަދި އިނގިރޭސިވިލާތާއި ސްރީ ލަންކާގެ ސަފީރުގެ ޑެޕިއުޓީއަކަށް ވެސް އޭނާ ހުންނެވި އެވެ. އަދި ބްރަސަލްސްގައި ހުންނަ ރާއްޖޭގެ މިޝަންގެ ވެރިޔަކަށް ވެސް އޭނާ ހުންނެވި އެވެ. 


އެނގިފައިވާ ގޮތުގައި، ޕީއެންސީއަށް ސޮއި ކުރަން ދިވެހި ހުރިހާ އެމްބެސަޑަރުންނަށް އަދި ޑިޕްލޮމޭޓުންނަށް ސަރުކާރުން ވަނީ އަންގައިފަ އެވެ. މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި އެއްގޮތަކަށް ވެސް ބައިވެރިވެވަޑައިނުގަންނަވާ ބައެއް ހިދުމަތްތެރިން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. 


ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުން ތަކުގައި ތަކުރާރުކޮށް ވިދާޅުވެފައިވަނީ ވަކި ޕާޓީއަކަށް ނިސްބަތްވެގެން މަގާމުތަކުން ވަކި ނުކުރާނެކަމަށާއި އެމަނިކުފާނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަ ކަމަށެވެ. 


ކަންމިހެން ހުރިނަމަވެސް ފެންނަމުންދަނީ މުޅިންތަފާތު މަންޒަރުތަކެކެވެ. ވަޒީފާ ނިވަލަކަށް ހަދައިގެން ވެރިންކަން ހިންގާ ޕާޓީއަށް މެންބަރުން އިތުރުކުރުމެވެ. މިއީ ޒަމާނީ ޑިމޮރޮކްރަސީއެއް ނޫނެވެ. މިހާވަރަށް މީހުން އަޅުވެތިކުރާކަށް ނުވާނެއެވެ. 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް