Politics Featured

ރާއްޖޭގައި މިހިނގަނީ އިޤްތިޞާދީ ކާރިސާއަށްވުރެ މާ ފުން ސިޔާސީ ކާރިސާއެއް - ޒަރިޔަންދު

Advertisement
ރާއްޖޭގައި މިހިނގަނީ އިޤްތިޞާދީ ކާރިސާއަށްވުރެ މާ ފުން ސިޔާސީ ކާރިސާއެއް - ޒަރިޔަންދު
Photo: Social Media
ތަފްޞީލް

ދިވެހިރާއްޖެ މިހާރު ކުރިމަތިލަމުން މިދަނީ ހަމައެކަނި އިޤްތިޞާދީ ކާރިސާއަކާ ނޫންކަމަށާއި އިޤްތިޞާދީ ދަތިތަކުގެ ސަބަބުން ފާޅުވަމުން މިދަނީ މާ ފުން ސިޔާސީ ކާރިސާއެއް ކަމަށް މާލީ ހިސާބުތައް ދިރާސާ ކުރުމުގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ. 


ޒަރިޔަންދު ސޯޝަމް މީޑިއާގައި ކުރި ޕޯސްގައި ފާހަކަ ކުރައްވާ ގޮތުގައި ސިޔާސީ ކާރިސާގެ ތެރޭގައި "ޖަވާބުދާރީވުން ކުޑަވުމާއި، ހަމަޖެހުމެއް ނެތް ސިޔާސަތުތަކާއި، ހާމަކަން ކުޑަ ގޮތެއްގައި ނިންމުންތައް ނިންމުމުގެ އިތުރުން ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ދިއުން" ފަދަ އެތައް ކަމެއް ވަނީ ފާހަގަ ކުރައްވާފައެވެ.


ފައިނޭންސް ހިސާބު ބެލެހެއްޓުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފުޓްބޯޅައިގެ މައިދާނުގައިވެސް މަޝްހޫރުކަން ހޯއްދަވާފައިވާ ކީޕަރު ޒަރިޔަންދުގެ ޕޯސްޓްގައި ފާހަގަ ކޮށްފައިވާ ކަންކަން ހަމައެކަނި އިޤްތިޞާދީ ފިޔަވަޅުތަކަކުން ހައްލުކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމާއި ޒިންމާދާރު ވެރިކަމެއް ޤާއިމުކުރުން ކަން ވަނީ ފާހަގަ ކުރައްވާފައެވެ. 


އިސްމާޢިލް ޒަރިޔަންދަކީ ރާއްޖޭގައި ހިނގާ މާލީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކަންބޮޑުވުމާއި ޚިޔާލު ލިޔުއްވަމުން ގެންދަވާ ފަރާތެކެވެ. 

Topics:
Share this article: Facebook Twitter WhatsApp
Related Articles