ޔަމަނުގެ ހަމަނުޖެހުންތައް އިތުރުވުމުން ފައިދާވާނީ "ހަމައެކަނި" އިސްރާއީލަށް ކަމަށް ތެހެރާނުން ބުނެފި

ޔަމަނުގެ ވެރިރަށް ސަންޢާގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ވައިގެ ބަނދަރަށް ވައިގެ ހަމަލާއެއް ދިން ކަމަށް ޙޫޘީންނާ ގުޅުންހުރި މީޑިއާތަކުން ރިޕޯޓްކުރިތާ މަދު ގަޑިއިރުތަކެއް ފަހުން، ސައޫދީ ޢަރަބިއްޔާގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަލުން ދިން ހަމަލާއެއްގައި މީހަކު މަރުވެ، އިތުރު 11 މީހުން ޒަޚަމްވެއްޖެއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، "ޢަރަބި ބައްރުގައި ހިނގަމުންދާ ކަންކަމާ މެދު ތެހެރާނުން އިންތިހާއަށް ކަންބޮޑުވާ" ކަމަށާއި، މި ހަމަނުޖެހުންތައް އިތުރުވުމުން "ފައިދާވާނީ ހަމައެކަނި އިސްރާއީލުގެ ރަޖީމަށް" ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީ ވަނީ އެމަނިކުފާނުގެ ސައޫދީގެ ޚާރިޖީ ވަޒީރު، ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢޫދާ ފޯނުން ވާހަކަދައްކަވައި، ސައޫދީ ޢަރަބިއްޔާއާއި ޔަމަނުގެ ޙޫޘީންނާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދިނުމަށް ހުށަހަޅުއްވާފައެވެ.