މިސްރުގެ ހައިވޭއެއްގައި ތެޔޮ ޓޭންކަރެއް ފުރޮޅާލައި ރޯވެ 31 މީހަކު މަރުވެއްޖެ
މިސްރުގެ ވެރިރަށް ގާހިރާގެ ކާރޫބާރޫ ބޮޑު ހައިވޭއެއްގައި ތެޔޮ ޓޭންކަރެއް ފުރޮޅާލައި ރޯވުމުގެ ސަބަބުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 31 މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ފިހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ރޭގެ ވަގުތެއްގައި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ގާހިރާގެ ވަރާގް ނޭބާހުޑް ހައިވޭގައެވެ. ޕްރައިވެޓް ކުންފުންޏަކަށް ނިސްބަތްވާ މި ތެޔޮ ޓޭންކަރު ހައިވޭގައި ދުއްވަމުން ދަނިކޮށް، އޭގެ ކުރިމައްޗަށް ބޮޑު ކޭބަލެއް ވެއްޓުމާ ގުޅިގެން ޑްރައިވަރަށް ޓޭންކަރުގެ ކޮންޓްރޯލް ގެއްލި ފުރޮޅާލީއެވެ. އަދި ޓޭންކަރުގައި އަލިފާން ރޯވުމުގެ ކުރިން، ކައިރިން ދަތުރުކުރަމުންދިޔަ އިތުރު ގިނަ އަދަދެއްގެ ވެހިކަލްތަކެއްގައި ޓޭންކަރު ޖެހި، އެ ވެހިކަލްތަކުގައި ވެސް ވަނީ ހުޅުހިފައި އަނދާފައެވެ.
A massive catastrophe happened at Giza (Egypt) around yesterday evening, due to oil spillage from a fuel tanker. A lot of souls were lost and countless properties were destroyed. May God comfort the families of the lost ones 🙏🏽💔 https://t.co/YiQwWgHSQW
— SAM I.O.F🏷️ (@Samuel_Fasuyan) November 26, 2026
މިސްރުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ޒަހަމްވި 21 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.
