ހުޅުމާލޭ ސަހަރާގައި އަނެއްކާވެސް މީހުން ވަޅުލުން މެދުކަނޑާލައިފި
މާލޭ ސަރަހައްދަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން، ހުޅުމާލެ ސަހަރާއިން ފެން ނުހިނދޭތީ، މިވަގުތަށް މީހުން ވަޅުލުން މެދުކަނޑާލައިފިކަމަށް މާލޭ ސިޓީކައުންސިލުން ހާމަކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، ހުޅުމާލެ ސަހަރާގައި ވަޅުލުން މެދުކަނޑާލީ ކަށްވަޅު ކޮނުމުން ހަ އިންޗިއާއި ހަތް އިންޗިއާއި ދެމެދަށް ފެން އަރައެވެ.
އެހެންވެ، މައްޔިތުން ވަޅުލުން އާސަހަރާއަށް ބަދަލުކޮށްފައިވާކަން އެކައުންސިލުން ހާމަކުރިއެވެ.
ވިއްސާރަ ދުވަސްވަރަށް ހުޅުމާލެ ސަހަރާގައި ފެން ނުހިނދިގެން، މީގެ ކުރިން ވެސް ވަޅު ނުލެވޭ ފަހަރު އާދެއެވެ. އެގޮތުން، މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅު ވެސް އެހެން ދިމާވެ، މީހުން ވަޅުލުން އާ ސަހަރާއަށް ބަދަލުކުރިއެވެ.
މާލޭގެ އާސަހަރާ މިސްކިތް ތަރައްގީކުރުމަށް އެ ތަން ބަންދުކޮށްފައި އޮތް ދުވަސްވަރު، މާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލެ އާސަހަރާގައެވެ.
މިއަދު ހެނދުނު ވަނީ މާލެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވިއެވެ.
