World Featured

ސުޝާންތްގެ މެނޭޖަރ ދިޝާގެ މަރުގެ 7 އަހަރު ފަހުން އަލުން ތަޙްޤީޤް ކުރުމަށް ބޮމްބޭ ހައިޓޯން އަމުރުކޮށްފި

Advertisement
ސުޝާންތްގެ މެނޭޖަރ ދިޝާގެ މަރުގެ 7 އަހަރު ފަހުން އަލުން ތަޙްޤީޤް ކުރުމަށް ބޮމްބޭ ހައިޓޯން އަމުރުކޮށްފި
ތަފްޞީލް

އިންޑިއާގެ މަޝްހޫރު ފިލްމް އެކްޓަރު ސުޝާންތް ސިންގ ރާޖްޕްތް މެނޭޖަރ ދިޝާ ސަލިއަންގެ މަރުގެ މައްސަލަގައި ގޭންގް ރޭޕްއާއި މަރުގެ ތުހުމަތު ހިމަނައިގެން އަލުން ތަޙްޤީޤް ކުރުމަށް ބޮމްބޭ ހައިކޯޓްން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ މައްޗަށް އަމުރު ކޮށްފިއެވެ.

 

ސުޝާންތުގެ ކުރީގެ މެނޭޖަރު ދީޝާ ސަލިއަން 2020 ވަނަ އަހަރު މަރުވި ހާދިސާ ތަހުގީގު ކުރުމަށް ބޮމްބޭ ހައިކޯޓުން ކުރި އަމުރާ ގުޅިގެން، ސީބީއައި އިން ވަނީ ދިޝާ ސަލިއަންގެ ބައްޕަ ސަތީޝް އީޝްވަރު ސަލިއަންގެ ބަޔާން ނެގުމަށްފަހު ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއައިއާރް) އެއް ރަޖިސްޓްރީކޮށްފައެވެ.

 

މި މަސަލަ އާއި އެކު އިންޑިއާގެ މަޝްހޫރު ފިލްމް އެކްޓަރު ސުޝާންތް ސިންގ ރާޖްޕްތް ގެ މަރުގެ މަސައްވެސް އަލުން ތަހްޤީޤް ކުރަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެވެއެވެ. އެއީ ސްޝާން މަރުގެ މައްސަލަ ފެންމަތި ވެފައިވަނީ ދިޝާ މަރުވިތާ ހަފްތާއެއް ފަހުން ކަމަށްވާތީ މި ދެ މަރަކީވެސް އެކަމުގެ ފަހަތުގައި ގިނަ ސިއްރުތަކަކާއި ޝައްކުތަކެއް އެކުލެވޭ ގުޅުން އޮތް ދެމަރުކަމަށް އާއިލާއިން ދެކުމާއި ގިނަ ބަޔަކު އެކަން ޤަބޫލުކާރާތީއެވެ.


ސީބީއައި ގެ ސްޕެޝަލް ކްރައިމް ބްރާންޗުން ސެޕްޓެމްބަރު 13 ގައި ރަޖިސްޓްރީކުރި މި އެފްއައިއާރްގައި އިންޑިއަން ޕީނަލް ކޯޑު (އައިޕީސީ) ގެ ދަށުން، ޖިނާއީ ރޭވުން ރޭވުމާއި، ގޭންގް ރޭޕް، މީހަކު މެރުން، ހެކި ނައްތާލުން، ކުށްވެރިން ސަލާމަތްކުރުމަށް ދޮގު މައުލޫމާތު ދިނުން އަދި ދައުލަތުގެ މުވައްޒަފުންގެ ނަހަމަ އަމަލުތަކާ ގުޅޭ މާއްދާތައް ހިމަނާފައިވެއެވެ.

 

މި އެފްއައިއާރުގައި އިންޑިގޭ ބޮމްބޭގައި ނުފުޒުގަދަ އެތައް ބައެއްގެ ނަންތަ ހިމެނެއެވެ. މީގެ ތެރޭގައި ބޮމްބޭގެ ސިޔާސީ ބައެއް މީހުންގެ ނަމާއި ބައެއް ވިޔަފާރި ވެރިންނާއި ބޮލީވްޑްގެ މަޝްހުރު ބައެއް މީހުންނާއި ފުލުހުންނާއި ޑޮކްޓަރުންގެ ބައެއް ނަންތައް ވަނީ ހިމަނާފައެވެ.


މި މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ، ސެޕްޓެމްބަރު 2 ވަނަ ދުވަހު ބޮމްބޭ ހައިކޯޓުން ސީބީއައި އަށް ކުރި އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގައި ވަނީ ތަހުގީގީ އޮފިސަރަކު އައްޔަންކޮށް، ސަތީޝް ސަލިއަންގެ ބަޔާން ނޯޓުކުރުމަށާއި، އެފް.އައި.އާރް އެއް ރަޖިސްޓްރީކުރުމަށް އަންގާފައެވެ. އަދި ދީޝާގެ މަރާ ގުޅުންހުރި ހުރިހާ ކަމެއް ތަހުގީގު ކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

 

އެފްއައިއާރްގައިވާ ގޮތުން، ސަތީޝް ސަލިއަންގެ ބަޔާން ނަގާފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގި ތަނެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުމްބާއީގެ މަލަޑް ވެސްޓްގައި ހުންނަ ރީޖަންޓް ގެލެކްސީ އެޕާޓްމަންޓުގެ 1202 ނަންބަރު ފްލެޓެވެ. އަދި މި ހާދިސާ ހިނގާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 8 އާއި 9 އާ ދެމެދު އޮތް ރޭގަނޑުގެ ވަގުތެއްގައި ކަމަށް އެފްއައިއާރްގައި ބަޔާންކޮށްފައިވެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Related Articles