Politics Featured

ރިކަވަރީ ކޮމިސަނެއް ހެދިނަމަވެސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް: މައުރޫފު

Advertisement
ރިކަވަރީ ކޮމިސަނެއް ހެދިނަމަވެސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް: މައުރޫފު
ފޮޓޯ: މަޖިލީހުގެ އިދާރާ
ތަފްޞީލް

ނުހައްގުން މުއްސަނދިކަމާއި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދި ނަމަވެސް، އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) މިއަދު ވިދާޅުވެއްޖެއެވެ.


މައުރޫފް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި، ކުށް ސާބިތުވުމުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލުގެ އިބުތިދާއީ ބަހުސްގައެވެ.


މީގެ ކުރިން ވެސް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނެސް ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ތެރެއިން ވެސް އެފަދަ ވިޔަފާރިތަކުން ހޯދާ ނުހައްގު މުއްސަނދިކަން ނެގޭ ގޮތަށް ގާނޫނުތައް ފާސްކުރިކަން މައުރޫފް ފާހަގަކުރެއްވިއެވެ.


ނަމަވެސް، އެ ހުރިހާ ގާނޫނެއް ފާސްކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ނެންގެވުމުން ގާނޫނުތަކުގެ ބޭނުން ކެނޑޭ ކަމަށް އޭނާ ވިދާޅުވިއެވެ.


މައުރޫފް ވިދާޅުވީ ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ މުހިންމު އަދި އެއްވެސް މެންބަރަކު ދެކޮޅު ނުހަދާނެ ބިލެއް ކަމަށާއި ނަމަވެސް، މަޖިލީހުގެ ބަހުސްތަކުން ފެންނަނީ ހެޔޮ ނިޔަތެއްގައި ނުވަތަ ރަނގަޅު މަގުސަދެއްގައި ބަހުސް ކުރުމުގެ ބަދަލުގައި އެހެން ނިޔަތެއްގައި ވާހަކަ ދައްކަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.


މީގެ އިތުރުން ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ކޮންމެ ރައްޔިތަކަށް ވެސް މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގު ލިބިދީފައިވާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، މީހަކު ކުރި ކުށެއްގެ ބަދަލުގައި އެމީހާގެ މުދާ ދައުލަތަށް ހިފުމަކީ މަނާ ކަމެއް ކަމަށެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles