Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Politics Featured

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒްކުރިތާ 73 އަހަރު ފަހުން އަނެއްކާވެސް މަރުގެ ހުކުމް ތަންފީޒްކުރާ ވާހަކަ

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒްކުރިތާ 73 އަހަރު ފަހުން އަނެއްކާވެސް މަރުގެ ހުކުމް ތަންފީޒްކުރާ ވާހަކަ
ފޮޓޯ: މަޖިލިސްއިދާރާ
ތަފްޞީލް

މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލު ގާނޫނަކަށްވާ ހިސާބުން ފެށިގެން މީހުން ފްރޭމްކޮށް މަރުގެ އަދަބު ދޭ ހިސާބަށް ގޮސްފާނެތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިއަދު ވިދާޅުވެއްޖެއެވެ.


ވެރިކަންކުރާ ޕީއެންސީ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ކުޑޫ ވިދާޅުވީ، މިސްކިތް މިސްކިތް އިމާރާތްކުރުމުން ފެށިގެން ހައްޖު ކޯޓާއާ ހިސާބަށް އޮޅުވައިލުން އެބައޮތް ކަމަށެވެ. އެހެންކަމުން "ދަން ޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ"ކަމީ އެންމެން ދަންނާނެ ހަގީގަތެއް ކަމަށް ކުޑޫ ވިދާޅުވިއެވެ.


"ވަރަށް އިންސާފުވެރި ޝަރީއަތެއް ކޮށްގެން ނޫނިއްޔާ މީހެއްގެ ފުރާނަ ނަގައިލައިގެން ނުވާނެ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތައް ހުރިކަން މިއީ އަޅުގަނޑުމެން އެންމެން ދެބަސްނުވާނެ ހަގީގަތެއް، ކަންބޮޑުވުމަކީ މި ބިލު ގާނޫނަކަށް ވުމުން މީހުން ފްރޭމްކޮށްގެން މީހަކު މަރާ ހިސާބަށް ގޮއްސާނެތޯ، މިއީ އަޅުގަނޑުގެ އެންމެ ބޮޑު އެއް ކަންބޮޑުވުން،" ކުޑޫ ވިދާޅުވިއެވެ.


މި ބިލުގައި ވަނީ، ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ދަށު ކޯޓަކުން ހުކުމްކޮށްފިނަމަ އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގިގޮތް މަތީ ކޯޓަކުން ބަލަން ވާނެ ކަމަށެވެ.


މަރުގެ އަދަބު ކަނޑައަޅަންވާނީ ގާނޫނަކުން ގާއިމުކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަޑުއެހުމެއްގައި ހާމަކަމާއެކު ޝަރީއަތްކުރުމަށްފަހު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވަނީ، ކުށްވެރިޔާގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ އަދަބު ކަނޑައެޅުމުގެ ކުރިން ޝަރީއަތް ހިނގިގޮތް ބަލަންޖެހޭ ގޮތަށް ލާޒިމްކޮށްފައެވެ.


މި ބިލުގައި ވަނީ، ކުށްވެރިޔާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭނެ ކަމަށް ވެސް ބުނެފައެވެ.


ބިލުގައި އޮތް ގޮތުން، މަރުގެ އަދަބު ކަނޑައެޅޭނީ މަރައިލި މީހާގެ ހުރިހާ ވާރިސުން އެކަމަށް ކޯޓުގައި އެއްބަސްވާނަމައެވެ.


މީގެ އިތުރުން، މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރެވޭ ހާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި، ކުށްވެރިޔާ ބަލިވެ އިނދެއްޖެނަމަ، އޭނާ ވިހައި ގަދަވެ، ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން، ނުވަތަ އަދަބު މުރާޖައާކުރަން ކުށްވެރިޔާގެ ފަރާތުން ހުށަހަޅައިފައިވާ ނަމަ ކޯޓުން ގޮތެއް ކަނޑައަޅަންދެން، ނުވަތަ މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަންދެން، ނުވަތަ ކުށްވެރިޔާގެ ނަފުސާނީ އަދި ޖިސްމާނީ ސިއްހަތު އެކަށީގެންވާ މިންވަރަށް ވުރެ ދަށްވެފައިވާ ނަމަ ރަނގަޅުވަންދެން މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނެއެވެ.


މަރުގެ އަދަބު ތަންފީޒުކުރުމުގެ 72 ގަޑިއިރުކުރިން އެކަށް ކުށްވެރިޔާއަށާއި އޭނާގެ އާއިލާއަށާއި ގާނޫނީ ވަކީލަށާއި ކަރެކްޝަންސްއަށާއި މަރައިލި މީހާގެ ވާރިސުންނަށް އަންގަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.


ބިލުގައިވާ ގޮތުން، މަރުގެ އަދަބު ތަންފީޒުކުރެވޭނީ ދަންޖައްސައިގެންނެވެ.


މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭގޮތުން ފަހަކަށްއައިސް ބައެއް ވެރިކަމުގައި ގަވާޢިދުހަދައި މަރުގެ ހުކުމް ތަންފީޒުކުރާނެ ވާހަކަ ބާރުލާފައި ދައްކައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ތައްޔާރުވެ އެކަމާބެހޭ ބައެއް ސާމާނުވެސް ހޯދިއެވެ. އަދި މަރުގެ އަދަބުދޭނެ ގޮތްވެސް ކަނޑައެޅިއެވެ. ނަމަވެސް މިފަދަ ބޮޑެތި ވާހަކަތައް ދެކެވެނީ ސިޔާސީގޮތުން ރައްޔިތުންގެ ރުހުން ހޯދުމުގެ ބޭނުނުގައެވެ. މަރުގެ ހުކުމް ބައެއްގެ މައްޗަށް ތަންފީޒްކުރާނަމަ 1988 ނޮވެންބަރ 3 ގައި ދިވެހިންގެ 19 މީހުންޝަހީދުވެގެން ދިޔައިރު ބާޣީންނަށް މަރުގެ ހުކުމް ތަންފީޒް ކުރީސްހެވެ.


ދިވެހިރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. 


އޭގެ ފަހުން ރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ބައެއް މީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވީ ނަމަވެސް، 1953 ވަނަ އަހަރަށްފަހު އެއްވެސް މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެއެވެ.


Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all