Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ރަސްމާލެ މަޝްރޫޢުގެ ފެންނަ ނުފެންނަ ވޯޓާ މެދު ޤައުމީ މަޖިލީހުގެ ކެންޑިޑޭޓުން ދެކޭ ގޮތް އަންގަން ނަޝީދު އެދިވަޑައިގެންފި

ރަސްމާލެ މަޝްރޫޢުގެ ފެންނަ ނުފެންނަ ވޯޓާ މެދު ޤައުމީ މަޖިލީހުގެ ކެންޑިޑޭޓުން ދެކޭ ގޮތް އަންގަން ނަޝީދު އެދިވަޑައިގެންފި
Photo: Mihaaru
ތަފްޞީލް

ރަސްމާލެ ތަރައްޤީގެ މަޝްރޫޢާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ވިސްނުން ހުރި ގޮތް އެނގެން ބޭނުންވާތީ، އެ ވޯޓަށް ގޮވާލާ ބާއްވާ މުޒާހަރާގައި ބައިވެރިވާ ކެންޑިޑޭޓުން އެކަން އެންގުމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ އެދިވަޑައިގެންފިއެވެ.


ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލުމާ މެދު ޤައުމީ މަޖިލީހުގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ދެކޭ ގޮތް ޕާޓީގެ މެންބަރުންނަށް ސާފުވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

އެހެންކަމުން، އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބާއްވާ މުޒާހަރާގައި ބައިވެރިވާ ކެންޑިޑޭޓުން ޕާޓީގެ އޮފީހަށް މެސެޖުކޮށް އެކަން އެންގުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. އަދި މާލޭގައި ނޫޅުއްވާ ކެންޑިޑޭޓުން ވެސް އެކަން އަންގަވައިދެއްވުމަށް ނަޝީދުގެ ޕޯސްޓުގައި އެދިވަޑައިގެންފައިވެއެވެ.


ދެ ތިން ފެކްޝަނަކަށް ބެހިފައިވާ ކަމަށް ބުނާ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. ރިޕޯޓުގައިވާ ގޮތުން، ނަޝީދު ތާއީދުކުރައްވަނީ އެ ޕާޓީގެ «ބޮޑު ބަދަލު» ފެކްޝަނަށެވެ.


ޔޫއޭއީގެ އީގަލް ހިލްސްއާ ޙަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް މަސައްކަތްކުރާ ތަރައްޤީގެ މަޝްރޫޢަށް ނަޝީދު ތާއީދު ކުރައްވާކަން ވެސް މި ޚަބަރުގައި ފާހަގަކޮށްފައިވެއެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، އެއީ ރައްޔިތުންނަށް ފައިދާވާން އޮތް ރަނގަޅު މަޝްރޫޢެކެވެ. އަދި އެ މަޝްރޫޢާ ދެކޮޅު ހެދުމަކީ ވަކި ވިސްނުމެއްގައި ރައްޔިތުންނަށް ލިބެން އޮތް ފައިދާއަށް ހުރަސްއެޅުން ކަމަށާއި، މި މައްސަލައިގައި ކުރަން އޮތް ކަމަކީ ރައްޔިތުންގެ ޚިޔާލު ހޯދުން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.


ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އެމްޑީޕީން ވަކިން މުޒާހަރާއަށް ނުކުންނައިރު، އެ ޕާޓީގެ މެންބަރުން މިހާރު ވެސް އިދިކޮޅު އެހެން ބައެއް ޕާޓީތަކުގެ އެއްވުންތަކުގައި ބައިވެރިވަމުންދާ ކަމަށް ޚަބަރުގައިވެއެވެ.


މީގެ ކުރިން މި މަހުގެ 1 ވަނަ ދުވަހު އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ، ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކާ ނުލައި ރަސްމާލެ މަޝްރޫޢު ޙަވާލުކޮށްފި ނަމަ ސީދާ ޙަރަކާތަށް ނުކުމެ މުޒާހަރާ ކުރުމަށް ފާސްކޮށްފައެވެ. އެ ޤަރާރުގައި ގޮވާލާފައިވަނީ ޢާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލޭ މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށެވެ. އަދި އިދިކޮޅު ޕާޓީގެ އެ ޑިމާންޑަށް ސަރުކާރުން ޢަމަލުނުކޮށްފި ނަމަ، އެހެން ޕާޓީތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން މުޒާހަރާ ކުރުމަށް ވެސް އެ ޤަރާރުގައި ގޮވާލާފައިވެއެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all