ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުންވަކިކުރި އަޒުމިރަލްދާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވެން ނެތްކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި

Advertisement
ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުންވަކިކުރި އަޒުމިރަލްދާގެ މައްޗަށް ޖިނާއީ ދައުވާއެއް  ކުރެވެން ނެތްކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި
ތަފްޞީލް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ފުލުހުން ބެލި މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުން، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ފައިލްކޮށްފިއެވެ. އަސްލެއްނެތް މި ތުހުމަތުގައި އަޒްމިރަލްދާގެ ފަނޑިޔާރުކަން ވަނީ ގެއްލިފައެވެ.


އެނގިފައިވާ ގޮތުގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލައިގެ ތަހުގީގު ފައިލް ދިރާސާކުރުމަށްފަހު، މި މައްސަލާގައި ތުހުމަތުކުރެވޭ ފަދަ ޖިނާއީ ދައުވާއެއް ކުރެވިދާނެ އެއްވެސް އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.  އަދި މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕީޖީ އޮފީހުން ނިންމާފައިވާތީ، މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ފުލުހުން ވެސް މިހާރު ވަނީ އެ މައްސަލަ ނިންމާލައިފައެވެ.


 ސަރުކާރުގެ މަސްލަހަތު އޮތް މުހިންމު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 27 ވަނަ ދުވަހު ތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް އޭސީސީން ޖޭއެސްސީއަށް އެންގިއެވެ. މި ތިން ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒު ޢަލީ ޒާހިރު އަދި ޙުސްނުއްސުޢޫދު އެވެ. 


މި މައްސަލާގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ ވަކިކުރި މައްސަލަ، ރާއްޖެއާއި ބައިނަލްއަޤްވާމީ ޤާނޫނީ އިދާރާތަކުން ވެސް އޭރު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި ޖުޑީސަލްސަރވިސް ކޮމިޝަނުގެ މެޖޯރިޓީ އޮންނަނީ ސަރުކާރު ހިންގާ ޕީއެންސީ އަތުގައެވެ. 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް