Ad #8Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Technology Featured

ނިޔަފަތްވަރުގެ ޗިޕެއް ސާއިންޓިސްޓުން އުފައްދައިފި: ކެމެރާއާއި ޓެލެސްކޯޕްގެ ފެނުން ރަނގަޅުވުމުގެ އުންމީދެއް

ނިޔަފަތްވަރުގެ ޗިޕެއް ސާއިންޓިސްޓުން އުފައްދައިފި: ކެމެރާއާއި ޓެލެސްކޯޕްގެ ފެނުން ރަނގަޅުވުމުގެ އުންމީދެއް
https://ista.ac.at/en/news/splitting-light-on-a-chip/
ތަފްޞީލް

އެމެރިކާގެ ސްޓެންފޯޑް ޔުނިވަރސިޓީއާއި އޮސްޓްރިއާގެ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (އައިއެސްޓީއޭ) ގެ ސައިންސްވެރިން ގުޅިގެން، އެކި މަޞްދަރުތަކުން އަންނަ މަސްހުނިވެފައިވާ އަލި އަމިއްލައަށް ވަކިވަކި ސާފު އަލިތަކަކަށް ބަހާލުމުގެ ޤާބިލުކަން ލިބިފައިވާ ނިޔަފަތިވަރުގެ އައު ފޮޓޯނިކް ޗިޕެއް އީޖާދުކޮށްފިއެވެ . މަޝްހޫރު ސައިންޓިފިކް ޖާނަލް "ނޭޗަރ ފޮޓޯނިކްސް" ގައި ޝާއިޢުކޮށްފައިވާ މި ދިރާސާއަކީ އޮޕްޓިކަލް ސައިންސަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.


މި ފޮޓޯނިކް އިންޓެގްރޭޓެޑް ސާކިޓް (ޕީއައިސީ) ޗިޕް ފަރުމާކޮށްފައިވަނީ ސިލިކަން ވޭފަރެއްގެ މަތީގައި، "މާޚް-ޒެންޑަރ އިންޓަރފެރޯމީޓަރ" (MZI) ނެޓްވޯކެއް ބޭނުންކޮށްގެންނެވެ. ޗިޕްގެ އެތެރޭގައި ހިމެނޭ އޮޓޮނޮމަސް ކޮންޓްރޯލް އަލްގޮރިޒަމްގެ އެހީގައި، ވަދެގެން އަންނަ އަލީގެ ވޭވްލެންތާއި ފޭސް (phase) އަދި ސްޕޭޝަލް ކޮހީރެންސް ދެނެގަނެ، އެ އަލިތައް ވަގުތުން ދެނެގަނެ ވަކިވަކި ޕޯޓުތަކަށް އޮޓޮމެޓިކުން ބަހާލައެވެ . ދިރާސާކުރާ ޓީމުން ވަނީ އިންފްރާރެޑް ލޭޒަރުގެ ދެ މަޞްދަރަކުންނާއި، އަދި ފަހުން ތިން މަޞްދަރަކުން އަންނަ އެއްވެފައިވާ އަލި މި ޗިޕްގެ ތެރެއިން ވަކިކޮށް، އެއްވެސް ގަޑުބަޑެއް ނެތް ސާފު ވަކިވަކި ރޮނގުތަކެއްގެ ގޮތުގައި ނެރެދީގެން މި ޓެކްނޮލޮޖީ ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައެވެ .


ޢާންމުކޮށް ބޭނުންކުރާ ކެމެރާތަކާއި ސެންސަރުތަކުން އަލި ކެޕްޗަރކުރާއިރު އަލީގެ ފޭސްއާއި އަސްލު މަޢުލޫމާތު ގެއްލި، އަލި މަސްހުނިވެ ފުސްގަނޑެއްގެ ގޮތުގައި ފެންނަ މައްސަލައަށް މި ޗިޕުން ވަނީ ފުރިހަމަ ޙައްލެއް ގެނެސްދީފައެވެ . މި ކުރިއެރުމުގެ ސަބަބުން ސައިންސްގެ އެކި ދާއިރާތަކަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. މިގޮތުން، ޞިއްޙީ އަދި ބަޔޮލޮޖިކަލް މައިކްރޮސްކޯޕްތަކުގައި ބޭނުންކުރުމުން، ސެލްތަކުގެ އެތެރޭގައި އެއްތަނެއްގައި ގާތްގާތުގައި ތިބޭ މޮލިކިއުލްތަކުން އަންނަ އަލި ވަކިކޮށް، ސެލްތަކުގެ އެންމެ ފުންމިނުގެ ތަފްޞީލީ 3ޑީ މަންޒަރުތައް ސާފުކޮށް ބަލާލެވޭނެއެވެ.


މީގެ އިތުރުން ފަލަކީ ޢިލްމު (އެސްޓްރޮނޮމީ) ގެ ދާއިރާއަށްވެސް މި ޓެކްނޮލޮޖީގެ ފައިދާ ވަރަށް ބޮޑަށް ކުރާނެއެވެ . ދުރުގައިވާ ތަރިތަކާއި އޭގެ ވަށައިގެން ދައުރުވާ ޕްލެނެޓްތަކުން އަންނަ އަލި ދުރުމިނުގެ ސަބަބުން ޓެލެސްކޯޕްތަކަށް ފެންނަނީ އެއް އަލިގަނޑެއްގެ ގޮތުގައެވެ . ނަމަވެސް މި ޗިޕް މެދުވެރިކޮށް އެ އަލިތައް ވަކިކޮށްލެވުމުން، ދުރު ތަރިތަކުގެ ވަށައިގެން ދައުރުވާ އެގްޒޯޕްލެނެޓްތައް ހޯދުމަށް ފަސޭހަވެގެންދާނެއެވެ. ސްޓެންފޯޑްގެ ޓީމުން މިހާރު ދަނީ އެމެރިކާގެ ޖައްވީ އިދާރާ، ނާސާ (NASA) އާ ގުޅިގެން ޖައްވީ ޓެލެސްކޯޕްތަކުގައި ބޭނުންކުރާ ކޮރޮނޮގްރާފްތަކުގައި މި ޗިޕް ބޭނުންކުރެވިދާނެ ގޮތްތަކާ މެދު ދިރާސާތައް ކުރަމުންނެވެ .


މި ޓެކްނޮލޮޖީ މިހާރު އޮތީ ލެބޯޓްރީ ޓެސްޓިންގ މަރުޙަލާގައި ކަމަށްވުމުން، ޢާންމު ވިޔަފާރި ކެމެރާތަކުގައާއި ސްމާޓްފޯނުތަކުގައި މި ޗިޕް ބޭނުންކުރަން ފެށޭނެ ވަކި ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ . އެހެންނަމަވެސް، މިއީ އޮޕްޓިކަލް ކޮމިއުނިކޭޝަނާއި، ސެޓެލައިޓް މުވާޞަލާތު އަދި ކުއަންޓަމް އޮޕްޓިކްސްގެ ދާއިރާ މުޅިން އައު ހަރުފަތަކަށް ގެންގޮސްދޭނެ ވަރަށް އުއްމީދީ އީޖާދެއް ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ .


Topics:
Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all