ސްޕޭސްއެކްސްގެ ބިޔަ ސްޓާޝިޕް ރޮކެޓުގެ މަތީބައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ހިފައިފި.
މި ރޮކެޓު އަނބުރާ ދުނިޔެއަށް އައިސް، އޭގެ ލޯންޗު ޓަވަރު ކައިރީގައި ވައިގެ ތެރޭގައި ހުއްޓިލުމާއެކު، "ޗޮޕްސްޓިކްސް" ގެ ނަމުން ނަންދީފައިވާ ޓަވަރުގެ މެކޭނިކަލް އަތްތަކުން ވަނީ ރޮކެޓު ހިފަހައްޓާފައެވެ.

ހުކުރު ދުވަހު ރޮކެޓު އުދުއްސާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އޭގެ ތިރީބައި ވެސް ހަމަ މިގޮތަށް އަތުލުމަށް ކުރި މަސައްކަތް ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް، ރޮކެޓުގެ ދެބައި ވެސް އިތުބާރާއެކު އަނބުރާ ހޯދުމަކީ، ތަކުރާރުކޮށް ދަތުރުތައް ކުރުމަށާއި ޚަރަދު ބޮޑުތަނުން ކުޑަކުރުމަށް ސްޕޭސްއެކްސްއަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.
ޓެކްސަސްގެ ބޮކާ ޗީކާގައި ހުންނަ ސްޓާބޭސް ލޯންޗްޕެޑަށް ރޮކެޓު އެނބުރި އައުމާއެކު، އެ މަންޒަރު ބަލަން ތިބި ސްޕޭސްއެކްސްގެ މުވައްޒަފުން ވަނީ އުފަލުން ހަޅޭއްލަވައި އަތްތިލަބަޑި ޖަހާފައެވެ.
މިއީ ސްޓާޝިޕްގެ 15 ވަނަ ޓެސްޓް ދަތުރެވެ. އަދި މިއީ ރޮކެޓުގެ ދެބައި އެއްކޮށް އަނބުރާ ހޯދުމަށް އަމާޒުހިފައިގެން ކުރި ފުރަތަމަ ދަތުރުވެސް މެއެވެ. ސްޕޭސްއެކްސްގެ އަމާޒަކީ ސްޓާޝިޕްގެ މަތީބަޔާއި ތިރީބަޔަކީ ވެސް އެއްކޮށް އަލުން ބޭނުންކުރެވޭ (ރީޔޫސަބަލް) އުޅަނދަކަށް ހެދުމެވެ.

