World Featured

ފްލައިދުބާއީ ބޯޓުގައި ހިނގި ނުރައްކާތެރި ހާދިސާ! ޙަމަލާދިން ކޯ-ޕައިލަޓާ ބެހޭ އާ މަޢުލޫމާތުތަކެއް

Advertisement
ފްލައިދުބާއީ  ބޯޓުގައި ހިނގި ނުރައްކާތެރި ހާދިސާ! ޙަމަލާދިން ކޯ-ޕައިލަޓާ ބެހޭ އާ މަޢުލޫމާތުތަކެއް
ތަފްޞީލް

ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީ FZ1073 އުޅަނދުގެ ކެޕްޓަން، އިންޑިއާގެ ސްމިތު މައްޗާރަށް ދިން ޙަމަލާއާ ގުޅޭގޮތުން އާ މަޢުލޫމާތުތަކެއް ވަނީ ހާމަވެފައެވެ.


މި ހާދިސާގައި ތުހުމަތުކުރެވޭ އުމުރުން 29 އަހަރުގެ އުމާންގެ ކޯ-ޕައިލަޓް ހަމާމް އަލް-ހައްމާމީއާ ގުޅޭގޮތުން ކުރެވޭ ތަޙުޤީޤުތައް ވަނީ ވަރުގަދަކޮށްފައެވެ. ބައިނަލްއަޤްވާމީ މީޑިއާތަކާއި ތަޙުޤީޤީ އޮފިޝަލުންނާ ހަވާލާދީ މައުލޫމާތު ލިބޭގޮތުގައި، އޭނާ ކުރިން އުމާން އެއަރގައި ތަމްރީނުވަމުންދިޔަ ކޯ-ޕައިލަޓެއްގެ ގޮތުގައި މަސައްކަތްކުރިއިރު، ސެކިއުރިޓީއާ ގުޅޭ ކަންބޮޑުވުންތަކެއް އުފެދިފައިވާކަމަށް ބުނެފައިވެއެވެ.


ކުރީގެ ސެކިއުރިޓީ ތާރީޚާ ގުޅޭ ތަޙުޤީޤު

ހަމާމް އަލް-ހައްމާމީ ހައްދުފަހަނައެޅި ފިކުރުގެ މައުލޫމާތުތަކާ ގުޅުންހުރި ކަމަށް ބުނެ، އުމާންގައި އޭނާއަށް މަތިންދާބޯޓު ދުއްވުން މަނާކޮށްފައިވާކަމަށް އޮމާންގެ ޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އޭގެ ފަހުން އޭނާ މަސައްކަތްކުރީ ފްލައިދުބާއީގައެވެ.


ބޯޓުތެރޭގައި ހިނގީ ކޮންކަމެއް؟

ސެޕްޓެމްބަރު 30 ވަނަ ދުވަހު FZ1073 އުޅަނދު ތެލް އަވީވަށް ދަތުރުކުރަމުންދަނިކޮށް، ކޯ-ޕައިލަޓް ވަނީ ކެޕްޓަން ސްމިތު މައްޗާރަށް ޙަމަލާދީފައެވެ.

އަނިޔާވެފައިވާ ހާލަތުގައިވެސް ކެޕްޓަނަށް ކޮކްޕިޓް ދޮރު ހުޅުވާލެވުމުން، ދަތުރުވެރިންނާއި ކްރޫއިން އެތެރެއަށް ވަދެ ޙަމަލާދިން މީހާ ކޮންޓްރޯލްކުރިއެވެ. އޭގެފަހުން ބޯޓު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ކުއްލި ހާލަތުގައި (އެމަރޖެންސީގައި) ޖައްސާފައެވެ.


ތަޙުޤީޤު އަދިވެސް ކުރިއަށްދަނީ

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދަނީ ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުންނެވެ. ޙަމަލާދިނުމުގެ މަޤްޞަދަކީ ކޮބައިކަމާއި، ކޯ-ޕައިލަޓް އަމަލުކުރީ އެކަނިތޯ ނުވަތަ އެހެން ބަޔަކާ ގުޅުންއޮތްތޯ ބެލުމުގެ ތަޙުޤީޤުދަނީ ހިނގަމުންނެވެ. އިސްރާއީލު ހިމެނޭގޮތަށް އެހެން ޤައުމުތަކުންވެސް މި ތަޙުޤީޤުގައި ބައިވެރިވާނެކަމަށް ބުނެފައިވެއެވެ.


މި ހާދިސާއާ މެދު ތިޔަބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯ؟


ލައިކް | ޝެއަރ | ފޮލޯ

#Flydubai #FZ1073 #SmitMachchhar #HamamAlHammami #Dubai #TelAviv #SaudiA

Topics:
Share this article: Facebook Twitter WhatsApp
Related Articles