President

32 stories tagged President
ރައީސް މުއިއްޒު އަންނަ ޑިސެމްބަރު މަހު ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ
ރައީސް މުއިއްޒު އަންނަ ޑިސެމްބަރު މަހު ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
Ismail 1 days ago
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ހުޅުމާލޭގައި؛ 113 ބޭފުޅަކަށް ޤައުމީ އިނާމު އަރުވަނީ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ހުޅުމާލޭގައި؛ 113 ބޭފުޅަކަށް ޤައުމީ އިނާމު އަރުވަނީ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، މިރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
Yusuf Izaan 3 days ago
ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ނުގެނައި ނަމަ ޤައުމު ބިރުވެރި ހާލަތަކަށް ދާނެ: ރައީސް މުއިއްޒު
ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ނުގެނައި ނަމަ ޤައުމު ބިރުވެރި ހާލަތަކަށް ދާނެ: ރައީސް މުއިއްޒު
ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން (ދުންފަތުގެ ބާވަތްތައް މަނާކުރާ އުމުރުފުރާ) ތައާރަފު ނުކުރިނަމަ، ދިވެހިރާއްޖެ އޮންނާނީ ވަރަށް ބިރުވެރި ހާލަތަކަށް ގޮސްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Ismail 4 days ago
2027 ވަނަ އަހަރު ނިމުމުގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ މަދުވެގެން 70 އިންސައްތަ ނިންމާނަން: ރައީސް މުޢިއްޒު
2027 ވަނަ އަހަރު ނިމުމުގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ މަދުވެގެން 70 އިންސައްތަ ނިންމާނަން: ރައީސް މުޢިއްޒު
އަންނަ 2027 ވަނަ އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ނިންމައި، ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ އަހަރު ކަމަށާއި، މިހާރު ސޮއިކޮށްފައިވާ އަދި ފަށާފައިވާ މަޝްރޫޢުތަކުގެ މަދުވެގެން 70 އިންސައްތަ އަންނަ އަހަރުގެ ނިޔަލަށް ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
Ismail 4 days ago
ސަރުކާރު ސްކޮލާޝިޕްގައި ކިޔަވައި ނިމިގެން ރާއްޖެ ނާންނަ ދަރިވަރުންގެ އަތުން ހަރަދު އަނބުރާ ހޯދާ ގޮތަށް އުސޫލު ބަދަލުކޮށްފި
ސަރުކާރު ސްކޮލާޝިޕްގައި ކިޔަވައި ނިމިގެން ރާއްޖެ ނާންނަ ދަރިވަރުންގެ އަތުން ހަރަދު އަނބުރާ ހޯދާ ގޮތަށް އުސޫލު ބަދަލުކޮށްފި
ސަރުކާރުގެ ސްކޮލާޝިޕް ފުރުސަތުތަކުގައި ރާއްޖެއިން ބޭރަށް ގޮސް ކިޔެވުމަށްފަހު، ގައުމަށް ހިދުމަތް ކުރުމަށް އެނބުރި ނާންނަ ދަރިވަރުންގެ ކިޔެވުމަށް ދައުލަތުން ކުރި ހަރަދު އަނބުރާ ދައްކަންޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Ismail 4 days ago
ރައީސް މުއިއްޒުގެ ނަންފުޅު ފާހަގަނުކުރައްވައި، ޕީއެންސީގެ އަސާސްތައް އިސްކޮށް ވައުދުތައް ފުއްދުން އަވަސްކުރުމަށް ޣައްސާން އިލްތިމާސްކުރައްވައިފި
ރައީސް މުއިއްޒުގެ ނަންފުޅު ފާހަގަނުކުރައްވައި، ޕީއެންސީގެ އަސާސްތައް އިސްކޮށް ވައުދުތައް ފުއްދުން އަވަސްކުރުމަށް ޣައްސާން އިލްތިމާސްކުރައްވައިފި
ޕީއެންސީގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ފާހަގަނުކުރައްވައި، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވިކުރުމަށާއި ޕާޓީގެ އަސާސްތައް އިސްކުރުމަށް ޕީއެންސީގެ ލީޑަރޝިޕަށް ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިލްތިމާސް ކުރައްވައިފި އެވެ.
Ismail 4 days ago
ރާއްޖޭގައި ކުރިއަށްދާ ހުރިހާ އެއާޕޯޓް މަޝްރޫއުތަކެއް 2028 ގެ މެދުތެރެއަށް ނިންމައި ހުޅުވާނެކަމަށް ރައީސް ވިދާޅުވެއްޖެ.
ރާއްޖޭގައި ކުރިއަށްދާ ހުރިހާ އެއާޕޯޓް މަޝްރޫއުތަކެއް 2028 ގެ މެދުތެރެއަށް ނިންމައި ހުޅުވާނެކަމަށް ރައީސް ވިދާޅުވެއްޖެ.
ސަރުކާރުން އަލަށް ފަށާފައިވާ އެއާޕޯޓް މަޝްރޫއުތަކާއި، ކުރީގެ ސަރުކާރުން ފަށައި ނުނިމި ހުރި ހުރިހާ އެއާޕޯޓްތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމައި، އާންމު ޚިދުމަތަށް ހުޅުވާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
Yusuf Izaan 4 days ago
ސަރުކާރަށް ޝަކުވާއާއި ޚިޔާލު ހުށަހަޅަން 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ވޮއިސް" ޕޯޓަލް ލޯންޗުކޮށްފި
ސަރުކާރަށް ޝަކުވާއާއި ޚިޔާލު ހުށަހަޅަން 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ވޮއިސް" ޕޯޓަލް ލޯންޗުކޮށްފި
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، 24 ގަޑިއިރު ޚިދުމަތް ލިބޭ ޚާއްޞަ އޮންލައިން ޕޯޓަލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފްތިތާޙުކޮށްފިއެވެ.
Ismail 5 days ago
ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުން: އަބްދުއްރަހީމް
ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުން: އަބްދުއްރަހީމް
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
Ismail 5 days ago
ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ: ރައީސް ޑރ. މުޢިއްޒު
ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ: ރައީސް ޑރ. މުޢިއްޒު
ފަލަސްތީނުގެ މިނިވަންކަން ކަށަވަރުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
Ismail Nov 15, 2026
މުޖުތަމަޢުގައި އިޙްތިރާމްގެ ރިވެތި އާދަ އާލާކުރުމަށް ފަސް އަހަރުގެ ޤައުމީ މަޝްރޫޢެއް ރައީސް ފައްޓަވައިދެއްވައިފި.
މުޖުތަމަޢުގައި އިޙްތިރާމްގެ ރިވެތި އާދަ އާލާކުރުމަށް ފަސް އަހަރުގެ ޤައުމީ މަޝްރޫޢެއް ރައީސް ފައްޓަވައިދެއްވައިފި.
ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި މާތް އަޚްލާޤީ ސިފަތައް އަލުން ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ "އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
Yusuf Izaan Nov 15, 2026
ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި
ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި
މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރާއްޖެ ވަޑައިގެންފި އެވެ. އެމަނިކުފާނު މާލެ ވަޑައިގެންފައިވަނީ ދަތުރުފުޅުގެ ތެރެއިން ޑުބާއީގައި ޓްރާންސިޓް ކުރެއްވުމަށްފަހުގަ އެވެ.
Ismail Nov 14, 2026