Pakistan
20 stories tagged Pakistan
އިންޑިއާއިން ޕާކިސްތާން ބަލިކޮށް، ސާފް ޗެމްޕިއަންޝިޕްގެ ތާރީޚީ 10 ވަނަ ތަށި އުފުލާލައިފި!
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ވާދަވެރި ޕާކިސްތާން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބަލިކޮށް، އިންޑިއާއިން މި މުބާރާތުގެ ޗެމްޕިއަންކަން 10 ވަނަ ފަހަރަށް ހޯދައިފި އެވެ. މިއީ ވިދިވިގެން މި މުބާރާތުގެ ތަށި އިންޑިއާއިން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.
Ismail
4 days ago
އަންނަ އަހަރުގެ މެދުތެރޭގައި ޕާކިސްތާނަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ނިންމައިފި
ގައުމީ އެއާލައިން، މޯލްޑިވިއަނުން ޕާކިސްތާނަށް ސީދާ ވައިގެ ދަތުރުތައް ފެށުމަށް ނިންމައި، އެކަމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
Ismail
6 days ago
މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފި
މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝްގެ އަމިއްލަ ދަނޑުގައި އެ ޓީމު 1-0 ގެ ނަތީޖާއަކުން ބަލިކޮށް، ޕާކިސްތާނުން ތާރީޚުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
Ismail
Nov 15, 2026
ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ހަމްޒާ ޗޯދުރީއަށް ވަކި ޚާއްޞަ ސަމާލުކަމެއް ނުދޭނެ ކަމަށް ޕާކިސްތާން ކީޕަރު ބުނެފި
އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ޕާކިސްތާން ޓީމު، މުބާރާތް ހޯސްޓްކުރާ ބަންގްލަދޭޝްއާ ދެކޮޅަށް ބަޝުންދަރާ ކިންގްސް އެރީނާގައި ނުކުންނައިރު، މި މެޗުގެ އެންމެ ބޮޑު ފޯކަސްއަކަށްވެފައި ވަނީ ބަންގްލަދޭޝްގެ ތަރި އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ޝެފީލްޑް ޔުނައިޓެޑަށް ކުޅެމުން އަންނަ ހަމްޒާ ޗޯދުރީ އެވެ. ނަމަވެސް، ޕާކިސްތާންގެ ގޯލްކީޕަރު ޔޫސުފް އީޖާޒް ބަޓް ބުނެފައިވަނީ ހަމްޒާއާ މެދު ވަކިން ނުވިސްނާ ކަމަށާއި އޭނާގެ ސަމާލުކަން ހުރީ އޭނާގެ ގާތް އެކުވެރިޔާ އަދި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާންއާ ދެކޮޅަށް ކުޅުމަށް ކަމަށެވެ.
Ismail
Nov 14, 2026
ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނު އަތުން ރާއްޖެ ބަލިވެއްޖެ!
ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ނޭޝަނަލް ސްޓޭޑިއަމްގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް (SAFF Championship) ގްރޫޕް ބީގެ ފުރަތަމަ މެޗުގައި، ޕާކިސްތާނު އަތުން 3-0 ގެ ނަތީޖާއަކުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
Ismail
Nov 9, 2026
ސާފް ޗެމްޕިއަންޝިޕް 2026: މުހިންމު ކުޅުންތެރިން މަދުވެފައިވާ ޕާކިސްތާނުން ދިވެހިރާއްޖެއާ ދެކޮޅަށް ނުކުންނަނީ ނަތީޖާ ބަދަލުކުރުމުގެ އުއްމީދުގައި
ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ބީގައި، ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމު ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު އެ ޓީމުގެ މުހިންމު ކޭމްޕުން ބައެއް މުހިންމު ކުޅުންތެރިން ފުރަތަމަ މެޗުގައި ފެނިފައެއް ނުވެއެވެ.
Ismail
Nov 8, 2026
ޕާކިސްތާނާއެކު ދިފާއީ ގުޅުން ބަދަހިކުރުމުން ބައިނަލްއަޤްވާމީ ސަމާލުކަން!
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަމައެކަނި ވަކި ބާރަކަށް ނުވަތަ ވަކި ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި، ސަރަޙައްދީ އެހެން ޤައުމުތަކާއެކު ސިއާސީ އަދި ދިފާއީ ގުޅުންތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ބައިނަލްއަޤްވާމީ ސަމާލުކަން ރާއްޖެއަށް ވަނީ ހުއްޓިފައެވެ!
Aminath Raufa
Oct 30, 2026
Maldivian, the national airline of the Maldives aims to establish a direct flight route between Male' and Karachi
ރާއްޖޭގެ ގައުމީ އެއާލައިން، މާލްޑިވިއަން އިން ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕާކިސްތާނުގެ ކަރާޗީ އަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
Shaal
Oct 28, 2026
ތާރީޚީ ދަތުރުފުޅެއް: ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގެން ބޮޑެތި ކަންތައްތަކެއް ހަމަޖައްސަވައިފި!
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ރަސްމީ ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން މުޅިން އައު ހަރުފަތަކަށް ގެންގޮސްދިން މުހިންމު ބޮޑުބަދަލެކެވެ. އޮކްޓޯބަރު 20 އިން 22 އަށް ކުރެއްވި މި ދަތުރުފުޅަކީ ވޭތުވެދިޔަ 11 އަހަރު ތެރޭގައި ދިވެހި ވެރިއަކު ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާއި، ޗީފް އޮފް އާމްޑް ފޯސެސް ފީލްޑް މާޝަލް އާސިމް މުނިރު ހިމެނޭހެން އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދިފާއީ އަދި ދެ ޤައުމުގެ ގުޅުން ވަނީ އިތުރަށް ބަދހިކުރައްވާފެވެ.
Ishraan
Oct 24, 2026
ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުޢިއްޒު އެނބުރި ރާއްޖެ ވަޑައިގެންފި!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެކަމަނާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
Ismail
Oct 24, 2026
ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް ޑރ. މުޢިއްޒު
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން އިތުރު ހަރުފަތަކަށް އަރައި، ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިގެންގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕާކިސްތާނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި މަތީ ފެންވަރުގެ މަޝްވަރާތަކަށްފަހުގައެވެ.
Abdulla
Oct 21, 2026
21 ބަޑީގެ ސަލާމަކާއި ކުލަގަދަ މަރުޙަބާ ކިއުމެއްގައި ރައީސް މުޢިއްޒު ޕާކިސްތާނަށް: ދެ ގައުމުގެ ގުޅުމަށް އާ ބާބެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިސްލާމްއާބާދަށް ވަޑައިގަތުމުން، އެ ގައުމުން ވަނީ އާދަޔާޚިލާފު ކުލަގަދަ ރަސްމިއްޔާތަކާއި އެކު އިސްތިގުބާލެއް އަދާކޮށްފައެވެ. މިއީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
Abdulla
Oct 21, 2026