Israel
46 stories tagged Israel
ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކެއްގައި ހަތަރު މީހުން ޝަހީދުވެއްޖެ
ގާޒާއަށް ކުރަމުންދާ ފިނި މޫސުމުގެ ވިއްސާރައިގައި ފެންބޮޑުވެ އިންސާނީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ މަދުވެގެން ހަތަރު މީހުން ޝަހީދުވެއްޖެއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ މިދިޔަ އަހަރު އަމަލުކުރަން ފެށި އެއްބަސްވުމަށް ބެލުމެއް ނެތިއެވެ.
Ismail
5 hours ago
ރަސްމާލޭގައި ބޭރު މީހުން ވަޒަންވެރިކޮށްފިނަމަ، އެކަމާ ދެކޮޅަށް ހިންގާ ގައުމީ ހަރަކާތާ ގުޅޭނަން: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް
ކުރީ ސަރުކާރުން ދެ ލައްކައަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓާލުމަށްފަހު، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ހުރިހާ ޑޮލަރެއް ރަސްމާލެ ބިން ހިއްކުމަށް ހޭދަކޮށް، އެ ތަނުގައި ބޭރު މީހުން ވަޒަންވެރިކޮށްފިނަމަ އެކަމާ ދެކޮޅަށް ހިންގަމުންދާ ގައުމީ ހަރަކާތާ ގުޅޭނެ ކަމަށް ބޯހިޔާވަހިކަމުގެ ހައްގުގައި ވަކާލާތުކުރާ ޔޫނިއަންތަކުން ބުނެފިއެވެ.
Ismail
4 days ago
އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރާ މާއްދާގެ މާނައާ މެދު ޕީއެންސީއާއި އެމްޑީޕީ މެންބަރުންގެ މެދުގައި މަޖިލީހުގައި ހޫނު ބަހުސެއް
އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް އާ އިމިގްރޭޝަން ބިލުގައި ހިމަނާފައިވާ މާއްދާ، ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ދެ ގޮތަކަށް މާނަކުރެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޫނު ބަހުސެއް ހިނގައިފިއެވެ.
Ismail
4 days ago
އީރާން ހަނގުރާމަ ނިމުމަކަށް ނުގެނެވި އޮތީ އިސްރާއީލުގެ ފިއްތުންތަކާ ހެދި: ޓްރަމްޕް.
އިސްރާއީލުގެ ފިއްތުންތައް ނެތް ނަމަ، އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އަމުރު މިހާރުވެސް ނެރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
Yusuf Izaan
5 days ago
ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ސާޖަނަކާއެކު ހަ މީހުން ޝަހީދުވެއްޖެ
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން މިއަދު ފަތިހު ދިން ވައިގެ ހަމަލާއެއްގައި، އެ ހޮސްޕިޓަލުގެ ސާޖަނަކާއެކު މަދުވެގެން ހަ މީހުން ޝަހީދުވެ، އިތުރު 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
Ismail
Nov 13, 2026
ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން 6 މީހުން ޝަހީދުވެއްޖެ
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު ފަތިހު ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން ހަ މީހުން ޝަހީދުވެ، އިތުރު ގާތްގަނޑަކަށް 30 މީހުން ޒަޚަމްވެއްޖެއެވެ.
Abdulla
Nov 12, 2026
އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ޒުވާން ގޯލްކީޕަރު މަހްމޫދު އަބްދުލްމާލިކް ޝަހީދުވެއްޖެ
ޣައްޒާއަށް އިސްރާއީލު ސިފައިން ދެމުންގެންދާ ވައިގެ ހަމަލާތަކުގެ ތެރެއިން، އަންގާރަ ދުވަހު ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ސަބްރާ އަވަށަށް އަމާޒުވި ހަމަލާއެއްގައި ފަލަސްތީނުގެ އުންމީދީ ޒުވާން ގޯލްކީޕަރު މަހްމޫދު ކަމާލް ފާރިސް އަބްދުލްމާލިކް ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ހާމަކޮށްފިއެވެ.
Ismail
Nov 12, 2026
އެމެރިކާގެ ޒަމާނީ ހަތިޔާރުތައް ޓެސްޓުކުރާ "ލެބޯޓްރީއަކީ" އިސްރާއީލު: އަސްކަރީ ގުޅުމުގެ އާ ތަފްސީލުތަކެއް ހާމަވެއްޖެ!
އެމެރިކާއިން އުފައްދާ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ހަތިޔާރުތަކާއި އާޓިފިޝަލް އިންޓެލިޖެންސް (AI) ސިސްޓަމްތައް ޙަޤީޤީ ހަނގުރާމައިގެ މައިދާނުގައި ޓެސްޓުކޮށް، އޭގެ ނަތީޖާ ބެލުމަށް އޮތް އެންމެ މުހިންމު "ލެބޯޓްރީއަކީ" އިސްރާއީލު ކަމަށް ބައިނަލްއަޤްވާމީ ދިފާޢީ ތަޙުލީލުވެރިންނާއި އިސްރާއީލުގެ މަސްއޫލުވެރިން ހާމަކުރައްވައިފިއެވެ.
Abdulla
Nov 11, 2026
"އީރާނާއެކު އޮތް ކަންތައް އަދި ނުނިމޭ": އިތުރު އަސްކަރީ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި!
އީރާނާއެކު ހިނގަމުންދާ ނުރައްކާތެރި އަސްކަރީ ކުރިމަތިލުންތަކުގައި އިސްރާއީލުން ހާސިލުކުރަން ބޭނުންވާ މައިގަނޑު މަޤްޞަދުތައް އަދި ފުރިހަމަނުވާ ކަމަށާއި، އީރާނުގެ ހަރަކާތްތަކަށް ބަލައި އިތުރު ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އިސްރާއީލުގެ އަސްކަރިއްޔާ ތައްޔާރަށް އޮތްކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް އިންޒާރު ކުރައްވައިފިއެވެ.
Abdulla
Nov 9, 2026
ނަތަންޔާހޫއަށް ނާކާމިޔާބީއެއް: އިސްރާއީލުގެ އާ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އިދިކޮޅު ލީޑަރު އައިސެންކޮޓްއަށް ދީފި
އިސްރާއީލުގެ ސިޔާސީ މަޝްރަހަށް ބޮޑު ބަދަލެއް އައިސް، ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އުފެދިފައިވާ އިދިކޮޅު އިއްތިހާދުގެ ލީޑަރު ގާދީ އައިސެންކޮޓް އަށް އިސްރާއީލުގެ އާ ސަރުކާރު އެކުލަވާލުމުގެ ރަސްމީ ފުރުސަތު (މެންޑޭޓް) ދިނުމަށް ރައީސް އިސާކް ހެރްޒޮގް ނިންމަވައިފިއެވެ.
Abdulla
Nov 8, 2026
އިސްރާއީލުގެ ނިއުކްލިއަރ ސިއްރުތަށް 60 އަހަރު ފަހުން ތިލަވުމުގެ ކޮޅުމަތި ފެށިއްޖެ!
އިސްރާއީލަކީ ނިއުކްލިއަރ ހަތިޔާރު ލިބިފައިވާ ގައުމެއްކަން ބައިނަލްއަގުވާމީ މުޖުތަމައުއަށް އެނގުނު ކަމުގައިވިޔަސް، އެމެރިކާއާއި އިސްރާއީލުން އެކަމަށް އިއުތިރާފުނުވެ ގެންގުޅެމުންދިޔަ 60 އަހަރުވީ "ނިއުކްލިއަރ ސިއްރުވެރިކަމުގެ ސިޔާސަތަށް" (Nuclear Ambiguity) އެމެރިކާގެ ސިޔާސީ މަޝްރަހުގެ ތެރެއިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާން ފަށައިފިއެވެ.
Ajay
Nov 7, 2026
އިސްރާއީލަށް އެމެރިކާއިން ދޭ 4 ބިލިއަން ޑޮލަރުގެ އެހީ މި އަހަރު ނިމުމާއެކު ހުއްޓާލާނެކަމަށް ޓްރަމްޕް އިޢުލާނުކޮށްފި
އެމެރިކާއިން އިސްރާއީލަށް ކޮންމެ އަހަރަކު ދެމުންގެންދާ ހާދަހާ 4 ބިލިއަން ޑޮލަރުގެ އެހީ 2026 ވަނަ އަހަރު ނިމުމާއެކު ހުއްޓާލާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކޮށްފިއެވެ. ނަމަވެސް، މި ނިންމުން ތަންފީޒުކުރާނީ ކިހިނެއްކަން އަދި ސާފުވެފައެއް ނުވެއެވެ.
Dhaalu
Nov 4, 2026