Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

އީރާން ހަނގުރާމަ ނިމުމަކަށް ނުގެނެވި އޮތީ އިސްރާއީލުގެ ފިއްތުންތަކާ ހެދި: ޓްރަމްޕް.

އީރާން ހަނގުރާމަ ނިމުމަކަށް ނުގެނެވި އޮތީ އިސްރާއީލުގެ ފިއްތުންތަކާ ހެދި: ޓްރަމްޕް.
photo:people.com
ތަފްޞީލް

އެމެރިކާގެ "ސާލެމް ނިއުސް ޗެނެލް" ގެ ކޮމެންޓޭޓަރު ސްޓީވަން ސްމިތަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ވެސް އަދި މިހާތަނަށް އެ ހަނގުރާމަ ދިގުދެމިގެން ގޮސްފައިވަނީ ވެސް އިސްރާއީލުގެ ބާރުއެޅުމާއި އެދުމުގެ މަތިންނެވެ. މީގެ އިތުރުން، މެދުއިރުމަތީގައި އެމެރިކާގެ ޙިމާޔަތް ހޯދާ އެހެން ބައެއް ޤައުމުތަކުން ވެސް އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ބާރުއަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.


ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާއިން ޤައުމަކަށް ނުދޭހާ ވަރުގަދަ ހަމަލާތަކެއް އޭނާގެ ކޮމާންޑުގެ ދަށުން އީރާނަށް ދީފައިވާ ކަމަށާއި، އޭގެ ސަބަބުން އީރާނުގެ ވަޔާއި ކަނޑާއި އެއްގަމުގެ ލަޝްކަރުތައް އެއްކޮށް ފުނޑުފުނޑުވެ އަސްކަރިއްޔާ އިނދަޖެހިފައިވާ ކަމަށް ޓްރަމްޕް ފަޚުރުވެރިކަމާއެކު ވިދާޅުވިއެވެ. ނަމަވެސް، މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި އޭނާއަށާއި އޭނާގެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނުކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.


އެމެރިކާގެ އާންމުންގެ ވިސްނުން އިސްރާއީލާ ދެކޮޅަށް ބަދަލުވަމުން ދިޔަ ނަމަވެސް، ޓްރަމްޕް ވަނީ އޭނާއަކީ އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ ރައީސް ކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުގެ 99 އިންސައްތަ ރައްޔިތުން އޭނާއަށް ތާއީދުކުރާ ކަމަށާއި، އެ ޤައުމުގެ ވެރިކަމަށް ކުރިމަތިލައިފި ނަމަ 99 އިންސައްތަ ވޯޓުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


އީރާނުގެ އަސްކަރީ ބާރު މުޅިން ނެތިގޮސްފައިވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މައިދާނުން ފެންނަ މަންޒަރުތަކާއި ރިޕޯޓުތަކުން ދައްކަނީ ތަފާތު ޙަޤީޤަތެކެވެ. އެގޮތުން:

. އީރާނުން ދީފާނެ އަވަހާރަކޮށްލުމުގެ ހަމަލާއަކަށް ބިރުން ޓްރަމްޕް ކާބޯތަކެތި އަޅާ ކޮންޓެއިނަރެއްގައި ފިއްލެވި ކަމަށާއި، އޭނާގެ މާލީ ވަޒީރު ވެސް މިދިޔަ ހަފްތާގައި އަސްކަރީ ބޭހަކަށް ގެންގޮސް ޙިމާޔަތް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

. ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީ ގެއްލުންދީފައިވާއިރު، އެމެރިކާގެ ކޮންމެ ހަމަލާއަކަށް އީރާނުން ދަނީ ވަގުތުން ރައްދުދެމުންނެވެ. އަދި އީރާނުގެ ހުއްދަނެތި ހޮރުމޯޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަނީ ހަމަލާދެމުންނެވެ.

. އެމެރިކާގެ މަނަވަރުތައް ގަލްފަށް ވަންނަން ނުކެރި، އީރާނާ 700 ކިލޯމީޓަރު ދުރުގައި އޮތްއިރު، މަތިންދާބޯޓު އުފުލާ ދެ މަނަވަރާއި އިތުރު މަނަވަރުތައް މިހާރު ދަނީ ޢަރަބި ކަނޑަށް ދަތުރުކުރަމުންނެވެ.


މި ކަންކަމަށް ބަލައި، އީރާނުގެ އަސްކަރިއްޔާ ފުނޑާލެވިފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ދަޢުވާގެ ތެދުދޮގާ މެދު މުޙައްލިލުން ދަނީ ސުވާލު އުފައްދަމުންނެވެ.


އަނެއްކޮޅުން، "ވޯލްސްޓްރީޓް ޖޯނަލް" އާއި "ނިއުޔޯކަރ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނަށް އަލުން ހަމަލާތައް ފެށުމަށް ބާރުއެޅުމުގެ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓްރަމްޕަށް ގުޅުއްވައެވެ. އަދި އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދުގެ ވެރިޔާ ރަމޮން ގޮފްމަން ވެސް މިދިޔަ ހަފްތާގައި އެމެރިކާއަށް ވަޑައިގެން، ޑްރޯން ބޭނުންކޮށްގެން އެމެރިކާގެ އިސް މަސްއޫލުވެރިން އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމުގެ ޖާސޫސީ މަޢުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ އޮފިޝަލުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ހަނގުރާމަ އިތުރަށް ވަރުގަދަކުރުމަށް ބާރުއަޅުއްވާފައިވެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all